Jump to content

ވައިރަލް ހުން

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން

ވައިރަލް ހުން އިނގިރޭސި ބަހުން: Viral fever) ނުވަތަ ވައިރަލް ފީވަރ އަކީ ވައިރަސްގެ ސަބަބުން ޖެހޭ ބައްޔަކާއި ގުޅިގެން ހުންއައުން ކުރިމަތި ވުމެވެ. ބޭސްވެރިކަމުގެ ދުނިޔޭގައި ވައިރަސް ގެ ސަބަބުން ކުރިމަތިވާ އެއްވެސް ވައްތަރެއްގެ ހުމެއްނަމަ އެކަމަށް ވައިރަލް ފީވަރ އޭ ކިޔައި އުޅެއެވެ.

ވައިރަސްގެ ސަބަބުން ޖެހޭ ބަލިތައް ފެތުރެނީ ވައިރަސް އާއި ތަޣައްޔަރުވެފައި ކާތަކެތި ކެއުން، ބުއިން، ވައިރަސް އާއި ތަޣައްޔަރު ހުރިވެފައި ތަކެތީގައި އަތްލައި ބީހި ހެދުން، ކެއްސައި ކިނބިހި އެޅުމުގެ ތެރޭގައި ވައިރަސް ހަށިގަނޑަށް ވާޞިލްވުން ފަދަ ކަންކަމުންނެވެ.

ވައިރަލް ހުން ޖެހުމުން ފެނިދާނެ އާންމު އަލާމާތްތަކުގެ ތެރޭގައި ، ހުންއައުން، ގައިގައި ރިހުން، މަސްތަކުގައި ރިހުން، ވަރުދެރަވެ، ވަރުބަލިވުން، ނޭފަތުން ފެންއައުން، ނޭފަތްބެދުން، ބޮލުގައި ރިހުން، ލޯރަތްވުން، ހުޅުތަކުގައި ރިހުން، އަދި ބައެއް ފަހަރު ގައިން ބިހިނެގުން ފަދަ ކަންތައްތައް ހިމެނެއެވެ. ބައެއް ފަހަރު ކަރުގައި ހުންނަ ގޮށްތައް ދުޅަވެ، ގޮށްލުން ކުރިމަތި ކުރުވައެވެ.