ބޮލުގައި ރިހުން

ވިކިޕީޑިއާ އިންވިކިޕީޑިއާ

ބޮލުގައި ރިހުން ނުވަތަ (އިނގިރޭސި ބަހުން: Headache) އަކީ ކިޔަވާކުދިންނާއި ބޮޑެތި މީހުންގެ މެދުގައި އެންމެ އާޢްމު އެއްޝަކުވާއެވެ.


ވައްތަރުތައް[އުނިއިތުރު ގެންނަވާ]

ބަލިވެ އިނުމާއި ބޮލުގައި ރިހުން[އުނިއިތުރު ގެންނަވާ]

ބޮލުގައި ރިހުން ވޭންހުރި ކަމަކަށް ބައެއް މީހުންނަށްވޭ

ބޮލުގައި ރިހުމަކީ ވެސް ބަލިވެއިނުމަށްފަހު ވިހެއުމާއި، ދޭތެރޭ ކޮންމެ ދުވަސްވަރެއްގައި ވެސް ކުރިމަތިވެދާނެ ކަމެކެވެ. އާންމުގޮތެއްގައި މިއީ އެހާ ސީރިއަސް މައްސަލައެއް ނޫނެވެ. މިއީ ބަލިވެއިނުމާއި ގުޅިގެން ހޯރމޯންތަކަށް އަންނަ ބަދަލަކާއި ގުޅިގެން ކުރިމަތިވާ ކަމެކެވެ. ބަލިވެއިނުމާއި ގުޅިގެން ލޭމައްޗަށް ދިއުން(Preeclampsia)، ނޭފަތު ގައި ހުންނަ ވައިވައްދާ ހުސްތަންތަން(Nasal air sinuses)ގައި އިންފްލެމޭޝަން އުފެދުން، ވަރުބަލިވުން ފަދަ ކަންކަމަކީ ވެސް ބޮލުގައި ރިހުމަށް މެދުވެރިކުރުވާ ސަބަބުތަކެވެ. އެކިމީހުންނަށް ބޮލުގައި ރިހުން ކުރިމަތިވާ މިންވަރާއި، ގިނަމަދުމިން ތަފާތެވެ. އެކަށޭނަވަރަކަށް އަރާމުކުރުން، ބަރާބަރަށް ކެއުމާއި، ފެންބުއިން، ބޮލުގައި ރިހުން ކުޑަކޮށްދެއެވެ.

ހަމަމިހެން އެސްޕިރިން ފަދަ ތަދުކެޑުވުމަށް އުފައްދާފައި ހުންނަ ބޭސްތައް ބޭނުންކޮށްގެން ނުވާނެއެވެ. ބޮލުގައި ރިއްސަން ފެށުމުން ފޮތިގަނޑެއް ތެންމާލުމަށް ފަހު ނިއްކުރިމަތީގައި ބާއްވާށެވެ. މިކަމުގެ ސަބަބުން ބޮލުގައި ރިހުމަށް ލުއިކަމެއް ގެނެސްދޭނެއެވެ. ތާފަނާ ފެނުން ފެންވެރުމާއި، ކަރާއި،ކަދުރާ،މޫނާއި،ބޯ މަސާޖުކުރުމަކީ ވެސް ބޮލުގައި ރިހުން ކުޑަކޮށްދޭނެ ކަންކަމެވެ.

ބޮލުގައި ރިހުން ހުރުމާއިއެކު، މޭނުބައިކުރުން، ލޮލުގެ ކުރިމަތީގައި އެތިކޮޅުތަކެއް އުޅޭހެން ހީވުން، ލޮލުގެ ފެނުންކޮށިވުން މިއިންކަމެއް މެދުވެރި ވެއްޖެނަމަ ޑޮކްޓަރަކާއި މަޝްވަރާކުރުމަކީ އެދެވިގެންވާ ކަމެކެވެ. ބޮލުގައި ރިހުމަށް ބޭހެއް ނެގުމުގެ ކުރިން ޑޮކްޓަރެއްގެ ލަފަޔާ އިރުޝާދު ހޯދުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ.

ދެނެގަތުން[އުނިއިތުރު ގެންނަވާ]

ފަރުވާ[އުނިއިތުރު ގެންނަވާ]