އާމިނަތު ރަޝީދާ

ވިކިޕީޑިއާ އިންވިކިޕީޑިއާ
ގާނިއަރ މިއަދު ކްރިސްޓަލް އެވޯޑް ގެ އެންމެ މޮޅު ވިލަން: އައިންތު

އާމިނަތު ރަޝީދާ އަކީ ދިވެހި ފިލްމީ ތަރިއެކެވެ. އޭނާ އަކީ ދިވެހި ފިލްމާއި ލަވަ އުފައްދާ ސްޓޫޑިއޯ ޔާރާ ޕްރޮޑަކްޝަން ގެ ވެރި ފަރާތެވެ. އާމިނަތު ރަޝީދާ އަކީ ފިލްމީ ތަރި ޢައިޝަތު ރިޝްމީ، އަދި ފިލްމީ ބަތަލާ މަރިޔަމް އައްޒާ ގެ މަންމައެވެ. ޔާރާ ޕްރޮޑަކްޝަން އަކީ އައިންތު އާއި އޭނާގެ އާއިލާގެ މެންބަރުން އިސްވެ ތިބެގެން ހިންގަމުން އަންނަ ފިލްމާއި މިއުޒިކު، އަލްބަމް ނެރޭ ކުންފުންޏެކެވެ.

ފިލްމީ ދާއިރާއަށް ނިކުތުން[އުނިއިތުރު ގެންނަވާ]

ދިވެހި ފިލްމީ ދާއިރާއަށް އައިމިނަތު ރަޝީދާ ނިކުތީ ގާތްގަނޑަކަށް 1991 ހިސާބުގައެވެ. އެދުވަސްވަރު ނިކުތް ދިވެހި ފުރަތަމަ ޑްރާމާ ސިލްސިލާ ހިތި ތަޖުރިބާ ގައި އައިންތު މުހިއްމު ރޯލެއް ކުޅެފައި ވެއެވެ. އޭގެ ފަހުން އެތަކެއް ޓީވީ ޑްރާމާ، ޑްރާމާ ސިލްސިލާ، ކުރު ފިލްމް އަދި ދިގު ފިލްމް ތަކުން ފެނިގެން ގޮސްފައި ވެއެވެ. އައިންތުގެ އާއިލާގެ ފިލްމް ކުންފުނިން ޔާރާ އިން ދަނީ ޔާރާގެ ނަމުގައި ވީޑިއޯ ސީޑީ ނެރުމުގެ މަސައްކަތް ހިންގަމުންނެވެ. އެގޮތުން މިހާތަނަށް ޔާރާ ސިލްސިލާގެ ދަށުން 4 ވީސީޑީ ނެރެފައި ވެއެވެ.

ކުޅުނު ފިލްމްތައް[އުނިއިތުރު ގެންނަވާ]

  • ހުކުރު ވިލޭރޭ
  • ޝަޒާ

ކުޅުނު ޑްރާމާ ސިލްސިލާތައް[އުނިއިތުރު ގެންނަވާ]

  • ހިތި ތަޖުރިބާ
  • އިންތިޒާރު
  • މަންޒިލް
  • ކައްތިރި
  • ވައިރޯޅިއަށްވެސް ސިއްރުން
  • ތިޔޭ މިހިތުގެ ވިންދަކީ
  • ވަގުތު ފާއިތު ނުވަނީސް
  • މަންޒިލަކީ ތީޔޭ މަގޭ
  • ހުކުރު ވިލޭރޭ

އެވޯޑްތައް[އުނިއިތުރު ގެންނަވާ]

  • ޑްރާމާސިލްސިލާތަކުގެ ބައިން އެންމެ މޮޅު ވިލަން : އާމިނަތު ރަޝީދާ - ވަގުތު ފާއިތުނުވަނީސް - ގާނިއަރމިއަދު ކްރިސްޓަލް އެވޯޑް 2008

އަދިވެސް ބައްލަވާ ލައްވާ[އުނިއިތުރު ގެންނަވާ]

އިތުރު ފާލަންތައް[އުނިއިތުރު ގެންނަވާ]