މަރިޔަމް އައްޒާ

ވިކިޕީޑިއާ އިންވިކިޕީޑިއާ
އައްޒަ

މަރިޔަމް ޢައްޒާ އަކީ ދިވެހި ފިލްމީ ތަރިއެކެވެ. މިއީ ޔާރާ ގުރޫޕް ނުވަތަ އާއިލާ އިން ފިލްމީ ދާއިރާއިން ނިކުމެފައިވާ އެންމެ ހަގުތަރިއެކެވެ. އައްޒާ އަކީ މަޝްހޫރު ފިލްމީ ތަރި އާމިނަތު ރަޝީދާގެ ދެވަނަ އަންހެން ދަރިފުޅެވެ. އަދި ފިލްމީ ބަތަލާ ޢައިޝަތު ރިޝްމީ ގެ ކޮއްކޮ އެވެ.

ފިލްމީ ދާއިރާއަށް ނިކުތުން[އުނިއިތުރު ގެންނަވާ]

އުމުރުން 19 އަހަރުގެ މަރިޔަމް އައްޒާ ފުރަތަމަ ބޮޑު ރޯލަކުން ފެނިގެންދިޔައީ ޔާރާ ޕްރޮޑަކްޝަންގެ ފުރަތަމަ ފިލްމް ހުކުރު ވިލޭރޭ އިންނެވެ. ނަމަވެސް އެފިލްމްގެ ކުރިން އައްޒަ ވަނީ ތަފާތު ވީޑިއޯ ލަވަތަކުގައި ހަރަކާތްތެރި ވެފައެވެ. ހުކުރު ވިލޭރޭގެ ކުރިން ސްލޭމް އިން އުފައްދާފައިވާ ފިލްމް ސާހިބާ ގެ މަންޒަރެއް އައްޒަ ކުޅެދީފައި ވެއެވެ. ހުކުރު ވިލޭރޭ އޮލިމްޕަހުގައި އެޅުވުމަށްފަހު ވަނީ 15 އެޕިސޯޑްގެ ޑްރާމާ ސިލްސިލާ އަކަށް ބަދަލުކޮށްގެން ޓީވީއިން ދައްކާފައެވެ.

އައްޒަ ބުނާގޮތުގައި ފިލްމް ކުޅުމަށްވުރެ އޭނާ ބޮޑަށް އަހައްމިއްޔަތުކަން ދެނީ ލަވަ ކުޅުމަށެވެ. މިހާތަނަށް 25 ވީޑިއޯ ލަވަ އައްޒަ ކުޅެދީފައި ވެއެވެ. އޭގެ ތެރެއިން ގިނަ ލަވަތަކަކީ ނަށާފައި ހުންނަ ލަވަތަކެވެ. މީގެ އިތުރުން އައްޒަވަނީ މިއަދު ކްރިސްޓަލް އެވޯޑް ގެ ދެހަފްލާގައި ވެސް ނަށާދީފައެވެ. މިހާތަނަށް އެންމެ ހިތްހަމަޖެހިގެން އައްޒަ ކުޅެފައިވަނީ ސީޒަން އާއި އެކު ކުޅެފައިވާ ފެންނަ ހިނދު ކޮންމެ ތާކުން މިލަވައެވެ.

އައްޒަ ބުނާގޮތުން ފިލްމީ ދާއިރާގެ ކޮންމެ ކަހަލަ ރޯލެއްވެސް ކުޅެވިދާނެ އެވެ. ނަމަވެސް އެންމެ ކުޅެން އުދަގުލީ ރޯންޖެހޭ ފަދަ ރޯލްތައް ކަމަށެވެ. އަދި ފިލްމީ ދާއިރާއިން ކޮންމެވެސް ކަމަށް އައްޒަ ވަރަށް މޮޅޭ ބުނާ ދުވަސް އެއީ އެންމެ އުފާވާނެ ދުވަސް ކަމަށާއި، އަދި މިދާއިރާއިން ލިބުނު ކާމިޔާބީ އަކީ ބެލުން ތެރިންގެ ސަޕޯޓް ކަމަށެވެ.