Jump to content

އަކްރަމް ޢަބުދުލް ޣަނީ

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން
އަކުރަމް ޢަބުދުލް ޣަނީ

އަކުރަމް ޢަބުދުލް ޣަނީ( އުފަންވީ މާރޗް 19، 1987) އަކީ ދިވެހި ރާއްޖޭގެ ފުޓްބޯޅަ ކުޅުންތެރި އެކެވެ. އަކްރަމް އަބްދުލްޣަނީ އަކީ މިހާރު ރާއްޖޭގެ އެންމެމޮޅު ކުޅުންތެރިންގެ ސަފުގައި ހިފަހައްޓަމުން އަންނަ ނުވަތަ އެސަފުން ޖާގަހޯދަމުން އަންނަ ކުޅުންތެރިޔެކެވެ. ނިއުރޭޑިއަންޓަށް މިހާރު ކުޅެމުން އަންނަ އަކްރަމަކީ ސްކޫލް ދައުރުގައި ފުޓްބޯޅައިގައި މާބޮޑަށް ފާހަގަ ކުރެވިފައިވާ ކުޅުންތެރިޔެއް ނޫނެވެ. ސްކޫލް ދައުރުގައި މާރަނގަޅު ކުޅުމެއް ނުދެއްކުނު ނަމަވެސް ސްކޫލް ދައުރަށްފަހު ކުލަބު ފެންވަރުގައި ލިބުނު ފުރުޞަތުގެ ބޭނުން އެދަނީ ވަރަށް ރަނގަޅަށް ހިފަމުންނެވެ.


ތައުލީމީ ދައުރު

[އުނިއިތުރު ގެންނަވާ]

ދިވެހި ފުޓްބޯޅައިގައި އެއްޓީމެއްގެ ޖާޒީން ފެންނަ ހަމައެކަނި ތިންބެއިން ކަމުގައިވާ އަސްއަދު އަބްދުލްޣަނީ އާއި އަންވަރު އަބްދުލްޣަނީގެ ކޮއްކޮ ކަމުގައިވާ އަކްރަމްވަނީ ސްކޫލް ދައުރުގައި 3 ސްކޫލަކުން ތައުލީމް ޙާސިލްކޮށްފައެވެ. އެއީ ނ. މާފަރު ސްކޫލާއި މަޖީދިއްޔާ ސްކޫލާއި ދަރުމަވަންތަ ސްކޫލެވެ. އެއްބަނޑު އެއްބަފާ 13 ބެއިން ހިމެނޭ އާއިލާގައި ހިމެނޭ އަކްރަމް ގްރޭޑް 1 ން ފެށިގެން 8 ށް ކިޔެވީ މާފަރު ސްކޫލުންނެވެ.

އެއަށްފަހު މާލެ އައިސް އަކްރަމްވަނީ މަޖީދިއްޔާ ސްކޫލަށެވެ. މަޖީދިއްޔާއިން އޭނާއައަށް ފުރުސަތު ލިބުނީ ރަށުންވެސް ނިންމި ގްރޭޑުންނެވެ. ގްރޭޑް 8 ންނެވެ. އެހެންކަމުން 2001 ވަނަ އަހަރު ގްރޭޑް 8 ފުރިހަމަކޮށް ގްރޭޑް 9 ށް ބަދަލުވިއެވެ. ނަމަވެސް ޖެހިގެން އައި އަހަރު އަކްރަމް ކިޔަވަމުން ގެންދިޔައީ މަޖީދިއްޔާގެ ފުރާޅުގެ ދަށަކުންނޫނެވެ. ދަރަމަވަންތަ ސްކޫލުންނެވެ. އެހެންކަމުން ގްރޭޑް 9 އާއި 10 އޭނާ ނިންމާފައިވަނީ ދަރުމަވަންތަ ސްކޫލުންނެވެ. އެއަށްފަހު 2003 ވަނަ އަހަރަކީ އަކްރަމްގެ ތައުލީމީ ޙަޔާތް ނިންމާލި އަހަރެވެ. އެއަހަރު ޖީސީއީ އޯލެވެލް ހަދާފައިވާ އަކްރަމް އޯލެވެލްގައި 5 މާއްދާއިން ފާސްވެފައި ވެއެވެ.


ފުޓްބޯޅައިގެ ހަޔާތް ފެށުން

[އުނިއިތުރު ގެންނަވާ]

ސްކޫލްގައި އުޅުނުއިރު ދަރުމަވަންތަ ސްކޫލްގެ 19 އަހަރުން ދަށުގެ ޓީމަށް ކުޅެފައި ވެއެވެ. ނަމަވެސް އޭނާ ސިފަކުރާ ގޮތުގައި އޭނާގެ ފުޓްބޯޅައިގެ ބިންގާ އެޅިގެން ދިޔައީ 2005 ވަނަ އަހަރުއެވެ. ރާއްޖޭގެ އެންމެބޮޑު އެއްކުލަބު ކަމުގައިވާ ކުލަބު ވެލެންސިއާއަށް ކުޅެން ފުރުސަތު ލިބުނު އަހަރަކީ އެއީ ކަމަށްވާތީއެވެ. ނަމަވެސް 2004 ވަނަ އަހަރު ރާއްޖޭގެ 19 އަހަރުން ދަށުގެ ގައުމީޓީމުގެ ސްކޮޑުން އަކްރަމަށް ފުރުސަތު ލިބިފައިވެއެވެ.

19 އަހަރުން ދަށުގެ ގައުމީޓީމުގައި އުޅެނިކޮށް ހަންގޭރީގެ ކޯޗް ލާސްލޯކިސްއަށް އަކްރަމްގެ ކުޅުން ފެނިގެން ވެލެންސިއާގެ ޕްރެކްޓިހަށް އޭނާ ގެންދިޔައެވެ. އޭރު ވެލެންސިއާގެ ކޯޗަކަށް ހުރީ ކިސްއެވެ. އަކްރަމްގެ ފުރަތަމަ ކުލަބަކަށްވެސް ވެފައިވަނީ ވެލެންސިއާއެވެ. އެހެންކަމުން ފުޓްބޯޅައަކީ ކޮންއެއްޗެއްކަން އަކްރަމަށް އެންމެ ފުރަތަމަ ކިޔައިދިން އެދުރަކީ ކިސް ކަން އޭނާވެސް ފާހަގަ ކުރެއެވެ. ބަރުދަނުގައި 50 ކިލޯ ހުންނަ އިސްކޮޅުން ދިގު އަކްރަމަކީ 2006 ވަނަ އަހަރު އެފްއޭއެމުން ހޮވާފައިވާ 21 އަހަރުން ދަށުގެ އެންމެމޮޅު ކުޅުންތެރިޔާގެ ޝަރަފްވެސް ލިބިފައިވާ ކުޅުންތެރިޔާއެވެ.


އަކްރަމްގެ އުންމީދަކީ ރާއްޖޭގެ އެންމެމޮޅު ކުޅުންތެރިޔަކީ އޭނާކަމަށް ގިބަޔަކު ބުނުމުގެ އިތުރުން އެކަން އަންގައިދޭ އެވޯޑެއްވެސް ހޯދުމެވެ. އަބަދުވެސް ނަމޫނާ ކުޅުންތެރިޔެއްގެ ގޮތުގައި އަކްރަމް ދެކެނީ ގައުމީޓީމުގެ ކެޕްޓަން އަދި ނިއުރޭޑިއަންޓްގެ ކެޕްޓަނުގެ އިތުރުން އެއްބަނޑު އެއްބަފާ ބޭބެ ކަމުގައިވާ އަސްއަދު އަބްދުލްޣަނީއެވެ. ނިއުގެ އަރިމަތިން މިހާރުވެސް ހުނަރުވެރި ކުޅުމެއް ދައްކަމުން އަންނަ އަކްރަމްގެ އުންމީދަކީ ފުޓްބޯޅައިން ރަނގަޅު މަންޒިލަކަށް ދިއުމެވެ. މިކަމުގައި ބޭނުންވަނީ ހިތްވަރެވެ. ކެރުމެވެ. ފަރުވާތެރިކަމެވެ. އަކްރަމަށް މަންޒިލަށް ދެވޭނީ އާރުންނެވެ.


ކުޅެފައިވާ ކްލަބްތައް

[އުނިއިތުރު ގެންނަވާ]

އިތުރު ފާލަންތައް

[އުނިއިތުރު ގެންނަވާ]