ބޮޑުކަމުދާ ތަކެތި

ވިކިޕީޑިއާ އިންވިކިޕީޑިއާ

ބޮޑުކަމުދާ ތަކެތި އަކީ އިންސާނުންނާއި ޖަނަވާރުން ބޮޑުކަމުދިއުމުގެ ތެރޭގައި ފުރަގަސް ފަރާތު ދޮރު އިން ބޭރުވެގެންދާ ބައެވެ. ބޮޑުކަމުދާ ތަކެތީގެ ތެރޭގައި ހިމެނެނީ ހަޖަމުކުރާ ނިޒާމްގެ ތެރޭގައި ކެއުމަށްފަހު ދައުރުވާ ކާތަކެތިން ހަށިގަނޑަށް ބޭނުންވާ ނެގުމަށްފަހު ބާކީ ހުންނަ ބޭކާރު ބައެވެ.

ކުލަ[އުނިއިތުރު ގެންނަވާ]

އިންސާނުންގެ ބޮޑުކަމުދާ ތަކެތީގެ ކުލަ ހަށިގަނޑުގެ ދުޅަހެޔޮކަން، ކެއުމުގައި ބޭނުންކުރެވޭ އެއްޗަކާއި ގުޅިގެން ބަދަލުވުމަކީ ވެދާނެ ގޮތެކެވެ. މާނައަކީ ވަކިކަހަލަ އެއްޗެއް ކެއުމުން ބޮޑުކަމުދާ ތަކެތީގެ ކުލައަށް ބަދަލު އަތުވެދާނެއެވެ. އަދި ވަކިކަހަލަ ބައްޔެއް ޖެހުމުން ވެސް ބޮޑުކަމުދާ ތަކެތީގެ ކުލަ ބަދަލު ވެދާނެއެވެ. އާންމު ގޮތެއްގައި ބޮޑުކަމުދާ ތަކެތި ހުންނަނީ ކޮންމެވެސް ވަރެއްގެ ހަރުކަމަކާ އެކުގައެވެ.

ބޮޑުކަމުދާ ތަކެތި މުށިކުލައިގައި ހުންނަނީ އޭގައި ބައިލް އަދި ބިލިރޫބިން ހުރުމުންނެވެ. ބިލިރޫބިން އުފެދެނީ މަރުވެފައިވާ ލޭގެ ރަތް ސެލް ތަކުންނެވެ. ތުއްތު ދަރިފުޅު އުފަންވާއިރު ފުރަތަމަ ކޮޅު އަންނަ ބޮޑުކަމުދާ ތަކެތި ހުންނާނީ ފެހި ރީނދޫ ކުލައެއްގައެވެ. މިއީ ހަމައެކަނި ބައިލްގެ ސަބަބުން ބޮޑުކަމުދާ ތަކެތީގައި ހުންނަ ކުލައެކެވެ.

ވަސް[އުނިއިތުރު ގެންނަވާ]

ބޮޑުކަމުދާ ތަކެތިން ދުވާ ވަހަކީ އޭގައި ހިމެނޭ ބެކްޓީރިޔާތަކުގެ ސަބަބުން ދުވާ ވަހެކެވެ. ކުޑަ ގޮހޮރު އަދި ބޮޑު ގޮހޮރުގެ ތެރޭގައި ހުންނަ ބެކްޓީރިޔާ ތަކުން އިންޑޯލްމ ސްކަޓޯލް،ތިއޯލް، އަދި ހައިޑްރަޖަން ސަލްފައިޑް އުފައްދައެވެ. ބޮޑުކަމުދާ ތަކެތީގެ ވަސް، އަދި ފުރަގަސް ފަރާތު ދޮރު އިން ބޭރުކުރާ ވައި އިން ދުވާ ވަހަކީ ވެސް މިމާއްދާތަކުގެ ސަބަބުން ދުވާ ވަހެކެވެ.