ބައިލް
ބައިލް (އިނގިރޭސި ބަހުން: Bile)އަކީ ފުރަމޭގައި ހުންނަ ހެޕަޓަސައިޓް(އިނގިރޭސި ބަހުން: Hepatocyte) ތަކުން އުފައްދައި ބޭރުކުރާ އަލްކަލައިން(އިނގިރޭސި ބަހުން: Alkaline) ތަބީޢަތުގައި ހުންނަ ފެހި ނުވަތަ ރީނދޫ ނުވަތަ ރަން ރީނދޫ ކުލައިގައި ހުންނަ ހިތި ދިޔައެކެވެ. ދެކެއުން ދޭތެރޭގައި ބައިލް ހުންނަނީ ޗިސްމޭގައި ރައްކާކޮށް ގުދަން ކުރެވިފައެވެ. ކާވަގުތުގައި ނުވަތަ ކެއުމުން ބައިލް ކުޑަ ގޮހޮރުގެ ފުރަތަމަ ބައި ޑުއަޑީނަމްގެ ތެރެއަށް ބިލިއަރީ ނިޒާމްގެ ތެރެއިން ވާޞިލްވެއެވެ. އެއީ ހަޖަމުކުރުމުގެ މަސައްކަތަށް އެހީތެރިވެ ދިނުމަށްޓަކައެވެ.
ބައިލް އެކުލިވެގެންވާ ބައިތައް
[އުނިއިތުރު ގެންނަވާ]- ކޮލެސްޓިރޯލް
- ލެސިތިން: މިއީ ފޮސްފަލިޕިޑް އެކެވެ.
- ބައިލް ޕިގްމެންޓް ތައް
- ބައިލް ސޯލްޓް ތައް
- ބައިކާބޮނޭޓް
ބައިލްގެ ތަބީޢަތަކީ އަލްކަލައިން އެވެ. ބައިލްގެ ޕީއެޗް ހުންނަނީ 8.6-7.8 އާއި ދެމެދުގައެވެ. ބައިލް 97 އިންސައްތަ އަކީ ފެނެވެ. ބައިލްގައި ހިމެނޭ އޯގަނިކް މާއްދާތަކުގެ ތެރޭގައި ބައިލް ސޯލްޓް، ބައިލް ޕިގްމެންޓް، ކޮލެސްޓިރޯލް، ފެޓީ އެސިޑް، ލެސިތިން، އަދި ފެޓް ހިމެނެއެވެ. މީގެ އިތުރުން އަލްކަލައިން ފޮސްފަޓޭސް ވެސް ހުރެއެވެ. މީގެ އިތުރުން ތަފާތު މަޢުދަންތައް ވެސް ހުރެއެވެ. އޭގެތެރޭގައި ސޯޑިއަމް، ޕޮޓޭސިއަމް، ކެލްސިއަމް، ކްލޮރައިޑް، އަދި ބައިކާބޮނޭޓް ހިމެނެއެވެ.
ބައިލް އުފެއްދުން
[އުނިއިތުރު ގެންނަވާ]ބައިލް އުފައްދަނީ ފުރަމޭގައި ހުންނަ ހެޕަޓަސައިޓް ތަކުންނެވެ. އެއަށްފަހު ބިލިއަރީ ނިޒާމް ގެ އެހީގައި ބައިލް ކުޑަ ގޮހޮރުގެ ފުރަތަމަ ބައި ޑުއަޑީނަމްގެ ތެރެއަށް ވާޞިލް ވެއެވެ. މިމަސައްކަތުގެ ތެރޭގައި ހެޕަޓަސައިޓްގެ ފާރުގައި ހުންނަ އެޕިތީލީއަމް ސެލް ތަކުން ބައިކާބޮނޭޓް އިން މުއްސަދިވެފައިވާ ފެން ދިޔައެއް ބައިލްގެ ތެރެއަށް ފޮނުވާލައެވެ. އަދި މިދިޔަ ބައިލްގެ ތެރެއަށް ގިރުމުން ބައިލްގެ އަލްކަލައިން ހުރި މިންވަރު މަތިވެގެން ދެއެވެ.
އެއަށްފަހު ދެން ބައިލް ވާޞިލްވަނީ ކޮމަން ހެޕަޓިކް ޑަކްޓް ގެ ތެރެއަށެވެ. ކޮމަން ހެޕަޓިކް ޑަކްޓް(އިނގިރޭސި ބަހުން: Common hepatic duct) ފިތް އިން އައިސްފައިވާ ސިސްޓިކް ޑަކްޓް(އިނގިރޭސި ބަހުން: Cystic duct) އާއި ގުޅުމުން ކޮމަން ބައިލް ޑަކްޓް(އިނގިރޭސި ބަހުން: COmmon bile duct) އުފެދެއެވެ. އަދި ކޮމަން ބައިލް ޑަކްޓް ޕެންކްރިއެޓިކް ޑަކްޓް(އިނގިރޭސި ބަހުން: Pancreatic duct) އާއި ގުޅޭ ތަނުގައި އެމްޕިޔުލާ އޮފް ވަޓަރ(އިނގިރޭސި ބަހުން: Ampulla of Vater) އުފެދެއެވެ. މިތަން ހުޅުވިފައި އިންނަނީ ޑުއަޑީނަމް ގެ ޕެޕިލާ(އިނގިރޭސި ބަހުން: DOudenal papilla) އަށެވެ. މިހުޅުވުން ކޮންޓްރޯލް ކުރަނީ ސްފިންކްޓަރ އޮފް އޯޑި(އިނގިރޭސި ބަހުން: Sphincter of ODI) އެވެ. އެހެންކަމުން ބައިލް ކުޑަ ގޮހޮރުގެ ފުރަތަމަ ބައި ޑުއަޑީނަމްގެ ތެރެއަށް ވާޞިލްވަނީ މިބުނި އުޞޫލުން، އެޑަކްޓްތައް ހުރަސްކޮށެވެ.
ބައިލް ކުޑަ ގޮހޮރުގެ ފުރަތަމަ ބައި ޑުއަޑީނަމްގެ ތެރެއަށް ވަނުމުގެ ކުރިން އެތަނުގައިވާ ސްފިންކްޓަރ އޮފް އޯޑި ބަންދުވެފައި އިންނަމަ ކުޑަ ގޮހޮރުގެ ފުރަތަމަ ބައި ޑުއަޑީނަމްގެ ތެރެއަށް ބައިލް ވަނުމުގެ ބަދަލުގައި އަނބުރާ ފިތްގެ ތެރެއަށް ބައިލް ދެއެވެ. އަދި ފިތްގެ ތެރޭގައި ބައިލް ރައްކާކޮށް ގުދަންކުރެވިފައި ވެއެވެ. އަދި އެތަނުގައި ބައިލް ކޮންސެންޓްރޭޓް ވެސް ވެއެވެ.
ކައިމް(އިނގިރޭސި ބަހުން: Chyme) ގެ ގޮތުގައި ކާނާ މައިދާ އިން ޑުއަޑީނަމް އަށް ފޮނުވާލުމުން ފިތް ގެ ތެރޭގައި ރައްކާކޮށްފައި ހުންނަ ބައިލް ވެސް ޑުއަޑީނަމް ގެ ތެރެއަށް ފޮނުވާލައެވެ. އެއީ ޑުއަޑީނަމް ގެ ތެރޭގައި ހިނގާ ހަޖަމުކުރުމުގެ މަސައްކަތުގައި އެހީތެރިވެ، ބައިވެރިވުމަށްޓަކައެވެ.
ފުރަމޭއިން ދުވާލަކު 1200-600 މިލިލީޓަރާއި ދެމެދުގެ މިންވަރަކަށް ބައިލް އުފައްދައެވެ. ބައިލް އުފައްދާ ގިނަ މަދުމިން ބަރޯސާވެފައި އޮންނަނީ އެމީހެއްގެ ހަށިގަނޑުގެ ސައިޒްގެ މައްޗަށެވެ. ބައިލްގެ ތެރެއަށް އަންނަ ލޮނުގެ 95 އިންސައްތަ އިލިއަމް ގެ ތެރެއިން އަނބުރާ ހަށިގަނޑަށް ދަމައެވެ. އަދި ހަށިގަނޑަށް ނެގުނު ލޮނު އަނެއްކާވެސް ބޭނުންކުރެއެވެ. މިލޮނު ބޭނުންކުރެވޭ ގޮތަކީ އިލިއަމް އިން ލޭ ސީދާ ވާޞިލްވާނީ ޕޯޓަލް ވެއިން އަށެވެ. ޕޯޓަލް ވެއިން އިން ފުރަމޭއަށް ލޭ ވާޞިލްވުމުން ހެޕަޓަސައިޓް އިން އެލޮނުތައް ފުރަމޭއަށް ނަގައި، އަނެއްކާވެސް ބައިލްގެ ތެރެއަށް ފޮނުވާލައެވެ.
ބައިލް ދައުރުވުމަށް ބާރުފޯރުވާ ކަންތައްތައް
[އުނިއިތުރު ގެންނަވާ]ބައިލް ދައުރުވުމަށް ބާރުފޯރުވާ ކަންތައްތައް
ފުރަމޭގެ ލޭދައުރުވުން
[އުނިއިތުރު ގެންނަވާ]ފުރަމޭގައި ލޭދައުރުވުން އިތުރުވާ ވަރަކަށް ބައިލް އުފައްދައި ދޫކުރުން އިތުރުވެގެން ދާނެއެވެ. އެކަމަކު މިއިތުރުވުން ހުންނަނީ ވަކި ހުދޫދެއްގެ ތެރޭގައި ހިފެހެއްޓިފައެވެ.
ވޭގަސް ނާރު ހީވާގިކުރުން
[އުނިއިތުރު ގެންނަވާ]ވޭގަސް ނާރު(އިނގިރޭސި ބަހުން: Vagus nerve) ހީވާގި ކުރުމުން ބައިލް އުފައްދައި ދޫކުރުން އިތުރުކުރުވައެވެ. މިކަން ކުރިމަތިވަނީ ވޭގަސް ނާރު ހީވާގިކުރުމުން އަސީޓައިލްކޯލީން(އިނގިރޭސި ބަހުން: Acetylcholine) މިނިވަންވެގެންދާތީ އެވެ. މިބުނިގޮތަށް ދިމާވަނީ ދެކަމެއްގެ ސަބަބުންނެވެ. ފުރަތަމަ ކަމަކީ އަސީޓައިލްކޯލީން ވިޓަމިން ޑީ، އުފައްދާތީ އެވެ. ވިޓަމިން ޑީ އަކީ ފުރަމޭ ގެ ލޭދައުރުވުން އިތުރުކުރާ މާއްދާއެކެވެ. ދެވަނަ ކަމަކީ ވޭގަސް ނާރު އަކީ ފިތް ހުސްކުރުމުގައި (ފިތުގައި ހުރިތަކެތި) ހިއްސާވާ ނާރަކަށްވުމެވެ.
ބައިލް ސޯލްޓް
[އުނިއިތުރު ގެންނަވާ]ބައިލްގެ ތެރެއަށް އަންނަ ލޮނުގެ 95 އިންސައްތަ އިލިއަމް ގެ ތެރެއިން އަނބުރާ ހަށިގަނޑަށް ދަމައެވެ. އަދި ހަށިގަނޑަށް ނެގުނު ލޮނު އަނެއްކާވެސް ބޭނުންކުރެއެވެ. މިލޮނު ބޭނުންކުރެވޭ ގޮތަކީ އިލިއަމް އިން ލޭ ސީދާ ވާޞިލްވާނީ ޕޯޓަލް ވެއިން އަށެވެ. ޕޯޓަލް ވެއިން އިން ފުރަމޭއަށް ލޭ ވާޞިލްވުމުން ހެޕަޓަސައިޓް އިން އެލޮނުތައް ފުރަމޭއަށް ނަގައި، އަނެއްކާވެސް ބައިލްގެ ތެރެއަށް ފޮނުވާލައެވެ. ހޯރމޯންތައް ސިކްރީޓިން ބިލިއަރީ ޑަކްޓްތަކުގެ ސެލްތަކުން ފެން އަދި ބައިކާބޮނޭޓް ބޭރުކުރުމަށް ބާރުއަޅައެވެ. ނަތީޖާއެއްގެ ގޮތުން ބައިލް އުފައްދައި ބޭރުކުރުން އިތުރުވެގެން ދެއެވެ.
ފިތުގައި ހުރި ތަކެތި ހުސްކުރުން
[އުނިއިތުރު ގެންނަވާ]ފިތުގައި ހުރި ތަކެތި ޑުއަޑީނަމް ގެ ތެރެއަށް ފޮނުވައި ހުސްކޮށްލުމަކީ ބައިލް އުފައްދައި ދޫކުރުން އިތުރުވެގެންދާ ކަމެކެވެ. މިކަން ކޮންޓްރޯލް ކުރަނީ ތަފާތު ނާރު ތަކާއި، ހޯރމޯންތަކުގެ އެހީގައެވެ.
ބައިލްގެ ވަޒީފާ
[އުނިއިތުރު ގެންނަވާ]- ބައިލް ގައި ހިމެނޭ އަލްކަަލައިން ބައި ޑުއަޑީނަމް ގައި ހިމެނޭ ހައިޑްރޯކްލޮރައިޑް ނިއުޓްރަލައިޒް ކުރުމުގައި ބައިވެރިވެއެވެ. ހައިޑްރޯކްލޮރައިޑް ނިއުޓްރަލައިޒް ކުރުމުގައި ކުޑަ ގޮހޮރު ޖޫސް އަދި ޗިސްމޭ ޖޫސް ވެސް ބައިލް އާއެކު ބައިވެރިވެއެވެ.
- ހުދު ބައިލް ލުބްރިކެންޓް އެއްގެ ގޮތުގައި އަދި ކުޑަ ގޮހޮރު ގައި ބަފަރ އެއްގެ ގޮތުގައިވެސް ހަރަކާތްތެރި ވެއެވެ.
- ބައިލް އަކީ އަންނަނިވި މާއްދާތަކަށް ބޭރުކޮށްދޭ މަގު އެކެވެ.
- ބައިލް ޕިގްމެންޓް
- އަލްކަލައިން ފޮސްފަޓޭސް
- ތަފާތު ވިހަތަކާއި ބެކްޓީރިޔާ ތައް
- ކޮލެސްޓިރޯލް އަދި ލެސިތިން