ބޮބީ ޑިއޯލް

ވިކިޕީޑިއާ އިންވިކިޕީޑިއާ
ބޮބީ ޑިއޯލް

ބޮބީ ޑިއޯލް ( އުފަންވެފައިވަނީ ޖެނުއަރީ 27، 1967 އިންޑިޔާގެ ބޮމްބޭ ) އަކީ ހިންދީ ފިލްމީ ތަރިއެކެވެ. މިއީ ފިލްމީ ތަރި ދަރުމެންދުރާ ޑިއޯލް ގެ ހަގު ފިރިހެންދަރި ފުޅެވެ. އަދި ފިލްމީ ތަރި ސަނީ ޑިއޯލް އެއްބަނޑު އެއްބަފާ ކޮއްކޮ އެވެ. އަދި އީޝާ ޑިއޯލް އާއި އަހާނާ ޑިއޯލް ގެ އެއްބަފާ ބޭބެ ވެސް މެއެވެ. ފިލްމީ ތަރި އަބޭ ޑިއޯލް އަކީ ބޮބީގެ ދެބެންގެ ދެދަރި ކޮއްކޮ އެކެވެ. ބޮބީ ޑިއޯލް އުފަންވިއިރު ދީފައިވާ ނަމަކީ ވިޖޭ ސިންގ ޑިއޯލް އެވެ. ބޮބީ ޑިއޯލްގެ މަންމަ އަކީ ޕްރަކާޝް ކޯރު އެވެ. ހެމާ މާލިނީ އަކީ ބޮބީ ޑިއޯލް ގެ ދޮންމަންމަ އެވެ.


އަމިއްލަ ދިރިއުޅުން[އުނިއިތުރު ގެންނަވާ]

ބޮބީ ޑިއޯލް ގެ އަންހެނުންނަކީ ތަންޔާ އަހޫޖާ އެވެ. ތަންޔާ އަދި ބޮބީ އަށް ދެފިރިހެންކުދިން ލިބިފައިވެއެވެ. ފުރަތަމަ ދަރިފުޅު ލިބުނީ 2001 ގައެވެ. ދެވަނަ ދަރިފުޅު ލިބުނީ 2004 ގައެވެ. ފުރަތަމަ ދަރިފުޅަށް އަރްޔަމަން ކިޔާފައިވާއިރު ދެވަނަ ދަރިފުޅަށް ކިޔާފައިވަނީ ދަރަމް އެވެ.


ފިލްމީ ޙަޔާތް[އުނިއިތުރު ގެންނަވާ]

ބޮބީ ޑިއޯލް އެންމެ ފުރަތަމަ ފެނިގެން ދިޔައީ އުމުރުން 10 އަހަރުގައި 1977 ގައި ނިކުތް ދަރަމް ވީރު އިންނެވެ. އެފިލްމްގައި ކުޅެފައިވަނީ ބައްޕަ ދަރުމެންދުރާ ޑިއޯލް ކުޑަ ކުއްޖެއްގެ ގޮތުގައި ފެންނަ ބައެވެ. ބޮބީ ވަނީ މިހާތަނަށް 35 އަށްވުރެ ގިނަ ފިލްމްގައި ހަރަކާތްތެރި ވެފައި ވެއެވެ. ބައްޕަ ދަރުމެންދުރާ ޑިއޯލް ޕްރޮޑިއުސްކޮށް މަޝްހޫރު ޑައިރެކްޓަރ ރާޖު ކުމާރު ސަންތޯޝީ ޑައިރެކްޓްކުރި ފިލްމް ބަރުސާތު އިން ފުރަތަމަ ފަހަރަށް ފިލްމީ ތަރި ޓްވިންކަލް ކަންނާ އާއެކު ލީޑް ރޯލް އަކުން ބޮބީ ޑިއޯލް ފެނިގެން ދިޔައީ 1995 ވަނަ އަހަރު އެވެ. އެއަަހަރު ސިނަމާ ތަކުގައި އެންމެ ރަގަޅަށް ހިނގި ފިލްމް ތަކުގެ ތެރޭގައި އެފިލްމް ހިމެނިގެން ދިޔައެވެ. އަދި އޭގެ ސަބަބުން ފިލްމް ފެއަރ އެވޯޑްގެ ބެސްޓް ޑެބިއުޓް ގެ މަގާމް ލިބިގެން ދިޔައެވެ.

1999 ވަނަ އަހަރު ބޮބީ ޑިއޯލް ވަނީ ބޭބެ ސަނީ ޑިއޯލް ޑައިރެކްޓްކޮށްފައިވާ 'ދިއްލަގީ ކުޅެފައެވެ. މިފިލްމްގައި ހަރަކާތްތެރިވެފައިވަނީ ސަނީ ޑިއޯލްގެ އިތުރުން ބޮބީ ޑިއޯލް އަދި އުރުމިލާ މަޓޮދުކަރު އެވެ.

ބޮބީ ޑިއޯލް ކުޅެފައިވާ ފާހަގަ ކޮށްލެވޭ ފިލްމް ތަކުގެ ތެރޭގައި ބަރުސާތު، ގުޕްތު، ސޯލްޖަރ، އަޖުނަބީ، އާޝިގް، ހަމްރާޒް، ބަރުދާސްތު، ޖުރުމް، ދޯސްތީ، ބަރުސާތު، ހަމްކޯ ތުމްސޭ ޕިޔާރުހޭ، އަޕްނޭ، ނަގާބު ފަދަ ފިލްމްތައް ހިމެނެއެވެ. ބޮބީ ޑިއޯލްގެ އަންނަން ހުރި ފިލްމް ތަކުގެ ތެރޭގައި އޭކް ދަޕަވަރ އޮފް ވަން، ހީރޯސް، އަދި މާސްޓާރސް ފަދަ ފިލްމްތައް ހިމެނެއެވެ.

2007 ވަނަ އަހަރު ނިކުތް ފިލްމް އަޕްނޭ ގައި ސަނީ ޑިއޯލް އަދި ބޮބީ ޑިއޯލް އަދި ބައްޕަ ދަރުމެންދުރާ ޑިއޯލް އެކުގައި ފެނިގެން ގޮސްފައިވެއެވެ. މިއީ އެއް ފިލްމަކުން މި 3 ބަފައިން ފެނިގެންދިޔަ ފުރަތަމަ ފިލްމް ވެސް މެއެވެ.

ލިބިފައިވާ އެވޯޑްތައް[އުނިއިތުރު ގެންނަވާ]

  • 1995 - ބެސްޓް ޑެބިއުޓް އެވޯޑް - ފިލްމް ފެއަރ އެވޯޑް - ބަރުސާތު