Jump to content

އަބޭ ޑިއޯލް

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން
އަބޭ ޑިއޯލް

އަބޭ ޑިއޯލް ( އުފަންވެފައިވަނީ މާރޗް 15، 1976 ، އިންޑިޔާގައި ) އަކީ ހިންދީ ފިލްމީ ތަރިއެކެވެ. އަބޭ ޑިއޯލްގެ ބައްޕަ އަކީ ހިންދީ ފިލްމީ ތަރި ދަރުމެންދުރާ ޑިއޯލްގެ ކޮއްކޮ އަޖިތު ޑިއޯލް އެވެ. އެހެންކަމުން ސަނީ ޑިއޯލް، ބޮބީ ޑިއޯލް، އީޝާ ޑިއޯލް އަދި އަހާނާ ޑިއޯލް އަކީ އަބޭ ޑިއޯލްގެ ދެބެންގެ ދެދަރި ފަރާތް ތަކެވެ.


ފިލްމީ ހަޔާތް

[އުނިއިތުރު ގެންނަވާ]

އަބޭ ޑިއޯލް ފިލްމީ ދާއިރާއަށް ނިކުމެފައިވަނީ 2005 ވަނަ އަހަރު ބޮޑުބޭބެ ދަރުމެންދުރާ ޑިއޯލް ޕްރޮޑިއުސްކޮށްފައިވާ ފިލްމް ސޯޗާ ނަތާ އިންނެވެ. މިފިލްމްގައި އަބޭގެ ބައިވެރިޔަކީ އައިޝާ ޓަކިއާ އެވެ. އަބޭ ޑިއޯލް މިހާތަނަށް ކުޅެފައިވަނީ އެންމެ 5 ފިލްމެވެ. އޭގެ ތެރެއިން ބޮކްސް އޮފީހުން އެކަށޭނަ ކާމިޔާބެއް ލިބިފައިވަނީ ވެސް އެންމެ ދެފިލްމަކަށެވެ. އެއީ ހަނީ މޫން ޓްރެވަލްސް ޕްރައިވެޓް ލިމިޓެޑް، އަދި މަނޯރާމާ ސިކްސް ފީޓް އަންޑަރ އަށެވެ. އަބޭގެ ދެން އެންމެ ކުރިން ނިކުންނަން އިން ފިލްމަކީ މެރީޑިއަން އެވެ. ބުނެވޭގޮތުގައި އަބޭ ޑިއޯލް ކުޅެފައިވާ ހުރިހާ ފިލްމެއް ވެސް ޑައިރެކްޓްކޮށްފައިވަނީ ފިލްމީ ދާއިރާއަށް މުޅިން އާ ޑައިރެކްޓަރުންނެވެ.


ކުޅެފައިވާ ފިލްމްތައް

[އުނިއިތުރު ގެންނަވާ]
އަހަރުނަންރޯލްއެހެން ނޯޓް
2010AishaFilming
2009Road MovieCompleted. Special screening at at the Winter Garden Theater in Toronto on 18 September 2009 during Toronto International Film Festival.
2009މެރީޑިއަންVijayIn production
2009ދޭވް ޑީDev
2008އޯ ލަކީ! ލަކީ އޯLucky
2007މެނޯރާމާ ސިކްސް ފީޓް އަންޑަރSatyaveer
2007އޭކް ކާލިސް ކީ ލާސްޓް ލޯކަލްNilesh
2007ހަނީ މޫން ޕްރައިވެޓް ލިމިޓެޑްAspi
2006އަހިސްތާ އަހިސްތާAnkush
2005ސޯޗާ ނަތާViren