ރެވި

ވިކިޕީޑިއާ އިންވިކިޕީޑިއާ
ރެވި

ރެވި(އިނގިރޭސި ބަހުން: Mustards)އަކީ ގަހެއްގެއަޅާ އޮއްޓަރެކެވެ. ރެވި އަކީ ވަރަށް ތޫނު ރަހައެއް ހުންނަ ކުދި އޮށެކެވެ. ރެވި ގަހަށްވެސް މިހެން ކިޔައެވެ. މިގަހުގެ އޮށާއި ފަތްކެއުމަށާއި ބޭހަށް ބޭނުންކުރެއެވެ. ރެވި އަކީ އާންމު ގޮތެއްގައި ހަވާދުގެ ބާވަތެއްގެ ގޮތުގައި ބޭނުން ކުރާ އެއްޗެކެވެ. ރެވި އޮށުން ތެޔޮވެސް ހާނައިގެން ދިވެހި ބޭހުގެ ގޮތުގައި ބޭނުންކޮށް އުޅެއެވެ. ރެވީގެ ތަފާތު ކުލަތައް ހުރެއެވެ. ފާހަގަ ކުރެވޭ ކުލަ ތަކުގެ ތެރޭގައި ރީނދޫ ރެވި، ކަޅު ރެވި އަދި މުށި ރެވި ހިމެނެއެވެ.

ރެވި އާއިލާގައި ހިމެނޭ އެހެން ބާވަތްތަކުގެ ތެރޭގައި ބޮނޑި ކޮޕީ، އަދި ކޮލި ފްލާވަރު ފަދަ ބާވަތްތައް ހިމެނެއެވެ.