ހުސެއިން ފިކުރީ

ވިކިޕީޑިއާ އިންވިކިޕީޑިއާ
ހުސެއިން ފިކުރީ

ހުސެއިން ފިކުރީ ( އުފަންވީ 7 ޑިސެމްބަރ 1937 ) އަކީ ދިވެހިރާއްޖޭގެ ތައުލީމީ ދާއިރާއަށާއި، ޚާއްޞަކޮށް ދިވެހި ބަހަށް، އަދި ގާނޫނީ ޙަޔާތަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ. އުމުރުން 70 އަހަރުގައި ހުސެއިން ފިކުރީ ދުނިޔެ ދޫކުރެއްވީ 30 މެއި 2008 ގައެވެ. އެއީ އާލާސްކަންފުޅާ ގިނަ ދުވަސްތަކެއް އުޅުއްވުމަށްފަހު ގައެވެ. ދުނިޔެ ދޫކުރެއްވީ މ.ދަނާރު ގައެވެ.

އަމިއްލަ ދިރިއުޅުން[އުނިއިތުރު ގެންނަވާ]

ހުސައިން ފިކުރީގެ އަނބިކަނބަލުންނަކީ މ.ގަހާ ސަލީމާ ނުވަތަ ގަހާ ސަލީމާ އެވެ. އެދެމަފިރިންނަށް 7 ބޭފުޅުން ލިބިވަޑައިގެންނެވި އެވެ. އެއީ 4 ފިރިހެން ބޭފުޅުންނާއި، 3އަންހެން ބޭފުޅުންނެވެ. ފިކުރީގެ ބޭފުޅުންގެ ތެރެއިން ގަހާ އަހުމަދު ސަޢީދު އަދި ގަހާ ޙަސަން ނާޝިދު އަކީ ފިކުރީގެ ޚާއްޞަ ރޮނގުކަމުގައިވާ ތަޢުލީމީ ދާއިރާގައި ވަރަށް ފާހަގަ ކުރެވުނު ދެމުދައްރިސުން އަދި ދެޕްރިންސިޕަލުންނެވެ.

އުފަންދަރިން[އުނިއިތުރު ގެންނަވާ]

ސިލްސިލާ ލިޔުންތަކުގެ ބައި

އަދަބިއްޔާތު

ދިވެހި އަދަބީ ތާރީހް

ޅަފަތުގެ ދައުރު

އެދުރު އުމަރު މާފަތް ކަލޭގެފާނު
ބަނޑޭރި ހަސަން މަނިކުފާނު

ފިރުކެންފެށި ދައުރު

ނައިބު ތުއްތު/ޖަމާލުއްދީން
ހުތް އަލީ ދީދީ
ހުސެއިން ޞަލާހުއްދީން

ހިނގައި ގަނެވުނުދައުރު

މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު
ބޮޑުފެންވަޅުގޭ ސީދީ
އިބްރާހިމް ޝިހާބް
މުޙައްމަދު ޖަމީލުދީދީ
އަހުމަދު ކާމިލް ދީދީ
މުހައްމަދު އިސްމާއިލް ދީދީ
އަބްދުއްﷲ ޖަލާލުއްދީން
ހުސެއިން ޞަލާހުއްދީން

  • އަހުމަދު ސަޢީދު
  • މުޙައްމަދު ސަޢީދު
  • ޙަސަން ނާޝިދު
  • ޢަލީ ޝާހިދު
  • އާމިނަތު ފިކްރީ
  • ސަލްމާ ފިކުރީ
  • އައިޝަތު ފިކްރީ

ސަރުކާރުގެ ޚިދުމަތުގައި[އުނިއިތުރު ގެންނަވާ]

ހުސެއިން ފިކުރީ އަކީ ސަރުކާރުގެ ޚިދުމަތުގައި 40 އަހަރާއި 6 މަސް ދުވަސް ހޭދަކުރައްވައި ދެޕެންޝަން ޙާޞިލް ކުރައްވާފައިވާ ބޭފުޅެކެވެ. ސަރުކާރުގައި އެންމެ ގިނަ ދުވަހު ހޭދަކުރައްވާފައިވަނީ މަޖީދިއްޔާ ސުކޫލްގެ ދިވެހި މުދައްރިސެއްގެ ގޮތުގައެވެ. އެގޮތުން ދިވެހި ބަސް ކިޔަވައި ދެއްވުމުގައި 1979 ވަނަ އަހަރުން ފެށިގެން 1995 ވަނަ އަހަރާއި ހަމައަށް 16 އަހަރާއި 11 މަސް ދުވަހު ދެމިހުންނެވި އެވެ.

ސަރުކާރުގެ ޚިދުމަތުގައި ދެން އެންމެ ފާހަގަ ކޮށްލެވެނީ ފ.އަތޮޅުގެ މެންބަރެއްގެ ހައިސިއްޔަތުން ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖުލީހުގައި ރާއްޖޭގެ ގާނޫނީ ދާއިރާއަށް ކޮށްދެއްވާފައިވާ މަސައްކަތެވެ. ފިކުރީ އުފަންވެ ވަޑައިގަތީ ފ.ނިލަންދޫ އަށެވެ. އޭނާވަނީ 1970ން 1990 އަށް 3 ފަހަރެއްގެ މަތިން 15 އަހަރު ދުވަހު 5 އަތޮޅުގެ މެންބަރުކަން ކުރައްވާފައެވެ. ހުސައިން ފިކުރީ ވަނީ ބަޔާންކުރެވުނު މަގާމްތަކުގެ އިތުރުން ސަރުކާރުގެ ތަފާތު މަގާމްތައް ފުރުއްވާފައެވެ. ސަރުކާރުގެ ޚިދުމަތުން ފިކުރީ ވަކިވެވަޑައިގަތީ 1 އެޕްރީލް 1996 ގައެވެ.

އަދާކުރެއްވި ވަޒީފާތައް[އުނިއިތުރު ގެންނަވާ]

  • ކާތިބުކަން - ވުޒާރަތުލް މާލިއްޔާ
  • މުދައްރިސްކަން - ފަރީދިއްޔާ ސުކޫލް
  • ދިވެހި މުދައްރިސްކަން - މަޖީދިއްޔާ ސުކޫލް
  • މެނޭޖަރުކަން - ފ.އަތޮޅު ފިހާރަ
  • ސެކެޓްރީކަން - ސ.އަތޮޅު ބޮޑު އިސްޓޯރ
  • ސެކެޓްރީކަން -ރެޖިސްޓްރޭޝަން ޑިވިޝަން
  • ސެކެޓްރީކަން - ހޯމް މިނިސްޓްރީ

ދުނިޔެދޫކުރެއްވުން[އުނިއިތުރު ގެންނަވާ]

އުމުރުން 70 އަހަރުގައި ހުސެއިން ފިކުރީ ދުނިޔެ ދޫކުރެއްވީ 30 މެއި 2008 ގައެވެ. އެއީ އާލާސްކަންފުޅާ ގިނަ ދުވަސްތަކެއް އުޅުއްވުމަށްފަހު ގައެވެ. ދުނިޔެ ދޫކުރެއްވީ މ.ދަނާރު ގައެވެ.