Jump to content

ހއ.އަތޮޅު ތަޢުލީމީ މަރުކަޒު

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން
ހއ.އަތޮޅު ތަޢުލީމީ މަރުކަޒު
ނަން

ހއ.އަތޮޅު ތަޢުލީމީ މަރުކަޒު

ޤައުމު

ދިވެހިރާއްޖެ

ރަށް ހއ. ދިއްދޫ
ހިންގަން ފެށީ7 ޖަނަވަރީ 1982
ފެންވަރު

ޕްރައިމަރީ،ސާނަވީ، މަތީ ސާނަވީ

ކުލަފެހި     

ނޫ     

ހުދު     

މޮޓޯއުނގެނޭށެވެ. ޢަމަލު ކުރާށެވެ.
ފޯނު ނަންބަރު 6500014
ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ލޯގޯ

ހއ.އަތޮޅު ތަޢުލީމީ މަރުކަޒަކީ ހއ. ދިއްދޫގައި ހުންނަ ތަޢުލީމީ މުއައްސަސާއެކެވެ. ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ބިންގާ އެޅީ 15 ނޮވެންބަރު 1980 (7 މުޙައްރަމު 1401) ގައެވެ. ބިންގާ އަޅުއްވައިދެއްވީ ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޑރ. މުޙައްމަދު ޒާހިރު ޙުސައިނެވެެ. މި މަރުކަޒު ހުޅުއްވައިދެއްވީ 7 ޖަނަވަރީ 1982 (11 ރަބީޢުލްއައްވަލު 1402) ގައި އޭރުގެ މިނިސްޓަރ އޮފް ޕްރޮވިންޝަލް އެފެއާޒް ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އަލްއުސްތާޛު ޢަބްދުﷲ ޙަމީދެވެ. ހއ. އަތޮޅު ތަޢުލީމީ މަރުކަޒު ބިނާކުރުމަށް ޓަކައި އައިޑީއޭ ވޯލްޑް ބޭންކުން ފަންޑުކުރިއެވެ.

ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ކިޔެވުން ފެށިގެން އައީ 74 ދަރިވަރުންނާ އެކުގައެވެ. ކިޔަވައިދެއްވުމަށް ޓަކައި ދެ ޓީޗަރުން އޭރު އުޅުއްވިއެވެ. ތަޢުލީމީ މަރުކަޒު ހިންގުމާ ޙަވާލުވެވަޑައިގަތީ އެޑްމިނިސްޓްރޭޓަރު އަލްފާޟިލް މުޙައްމަދު ނަޞީރު ޔޫސުފެވެ.

ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ޘާނަވީ ތަޢުލީމަށް ކިޔަވައިދޭން ފެށީ 1993ވަނަ އަހަރުއެވެ. ޘާނަވީ އިމްތިޙާނުގައި އެންމެ ފުރަތަމަ ބައިވެރިވީ 1997ވަނަ އަހަރުގައެވެ. ކިޔަވައިދިނުން އިނގިރޭސި މީޑިއަމަށް ބަދަލުކުރީ 1998ވަނަ އަހަރުގައެވެ. 2008ވަނަ އަހަރު ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގައި މަތީ ޘާނަވީއަށް ކިޔަވައިދޭން ފެށިއެވެ. ނަމަވެސް ދުވަސްތަކެއްގެ މެދުކެނޑުމެއް އައުމަށްފަހު އަލުން މަތީ ޘާނަވީއަށް ކިޔަވައިދޭން ފެށީ 2015ވަނަ އަހަރުގައެވެ.

އިތުރު ފާލަންތައް

[އުނިއިތުރު ގެންނަވާ]

http://haaec.edu.mv/about-us/

https://www.moe.gov.mv/en/schools/439