ތާނަ އަލިފުބާގެ ތަރުތީބު

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ

ތާނައިގެ އަލިފުބާ (Alphabet) ގެ އަކުރުތައް ބެހިގެންވަނީ ދެ ގިސްމަކަށެވެ. ފުރަތަމައީ ގަބުޅިތާނަ އެވެ. ދެވަނައީ ތިކިޖެހި ތާނައެވެ. ގަބުޅި ތާނައިގެ 26 އަކުރު ބެހެނީ 5 ބަޔަކަށެވެ.

  1. އަރަބި ވިޔައިން ހެދުނު ނުވަ އަކުރު
  2. ދިވެހި ވިޔައިން ހެދުނު ނުވަ އަކުރު
  3. ވިޔަ އަކުރު ނުދެވޭ މައް އަކުރު
  4. ބޭރުން ވެއްދި އަކުރު
  5. ބަދަލުވާ އަކުރު


ސިލްސިލާ ލިޔުންތަކުގެ ބައި

އަދަބިއްޔާތު
Adabiyyaat.jpg
ދިވެހި އަދަބީ ތާރީހް

ޅަފަތުގެ ދައުރު

އެދުރު އުމަރު މާފަތް ކަލޭގެފާނު
ބަނޑޭރި ހަސަން މަނިކުފާނު

ފިރުކެންފެށި ދައުރު

ނައިބު ތުއްތު/ޖަމާލުއްދީން
ހުތް އަލީ ދީދީ
ހުސެއިން ޞަލާހުއްދީން

ހިނގައި ގަނެވުނުދައުރު

މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު
ބޮޑުފެންވަޅުގޭ ސީދީ
އިބްރާހިމް ޝިހާބް
މުޙައްމަދު ޖަމީލުދީދީ
އަހުމަދު ކާމިލް ދީދީ
މުހައްމަދު އިސްމާއިލް ދީދީ
އަބްދުއްﷲ ޖަލާލުއްދީން
ހުސެއިން ޞަލާހުއްދީން

އަރަބި ވިޔައިން ހެދުނު ނުވަ އަކުރު

ހ ށ ނ ރ ބ ޅ ކ އ ވ

ދިވެހި ވިޔައިން ހެދުނު ނުވަ އަކުރު

މ ފ ދ ތ ލ ގ ޱ ސ ޑ

ވިޔަ އަކުރު ނުދެވޭ މައް އަކުރު

ޝ

ބޭރުން ވެއްދި އަކުރު

ޒ

ބަދަލުވާ އަކުރު

ޓ، ޏ، ޔ، ޕ، ޖ، ޗ

މިއަކުރު ތަކުގެ ތަރުތީބަކީ ބަދަލުވެވޭ އަކުރުގެ ތަރުތީބެވެ. އެއީ - (ށ، ނ، އ، ފ، ދ، ތ)

ޓ (ށ - ބަށި، ބައްޓެއް)، ޏ (ނ - އުނި، އުންޏެއް)، ޔ (އ - މުއި، މުޔެއް)، ޕ (ފ - ކަފި، ކަތްޕެއް)، ޖ (ދ - ބަނދި، ބަންޖެއް)، ޗ (ތ - ފަތި، ފައްޗެއް)

ބަދަލުވާ އަކުރުތައް ހެދިފައިވަނީ ބަދަލުވާއަކުރުގެ އަސްލުންނެވެ.

  1. ޓަވިޔަނީގެ އަޞްލަކީ ށަވިޔަންޏެވެ. ޓަވިޔަނި ހެއްދުނީ ށަވިޔަނީގެ ފައިކޮޅު ލަނބާލައިގެންނެވެ. އެހެން ނަމަވެސް ޒަމާން ބަދަލުވެ ޓަވިޔަނީގެ މަތީ ބައިގެ ސިފަ މިހާރު އެ ވަނީ ތާނައިގެ ފަސްވަނަ އަކުރު ކަމުގައިވާ ބ ގެ ސިފައަށް ބަދަލުވެފައެވެ. އެހެނަސް އަޞްލަކީ ށަވިޔަންޏެވެ. ބާއެއް ނޫނެވެ.
  2. ޏަވިޔަނީގެ އަޞްލަކީ ނޫނެވެ. ޏަވިޔަނި ހެއްދުނީ ނޫނުގެ ފައިކޮޅު ލަނބާލައިގެންނެވެ.
  3. ޔާ ހެއްދުނީ އަލިފުގެ ފަހަތު ފައިކަށީގައި ގޮށެއް ލައިގެންނެވެ.
  4. ޕަވިޔަނި ހެއްދުނީ ފާފުގެ ތިރީގައި ތިކިފުޅެއް ޖަހައިގެންނެވެ.
  5. ޖަވިޔަނި ހެއްދުނީ ދާލުގެ ފައިކޮޅު ލަނބާލައިގެންނެވެ.
  6. ޗަވިޔަނި ހެއްދިފައިވަނީ ތާގެ މައްޗަށް ދަނޑިކޮޅެއް ލައިގެންނެވެ.