Jump to content

ސެރެލިއޯން

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން
Republic of Sierra Leone
Sierra Leone
Flag of Sierra Leone
Flag
Coat of Arms of Sierra Leone
Coat of Arms
މޮޓޯ: "Unity, Freedom, Justice"
ގައުމީ ސަލާމް: High We Exalt Thee, Realm of the Free
Location of Sierra Leone
ވެރިރަށް
and largest city
Freetown
ރަސްމީ ބަސްތައްEnglish
National languageKrio (de facto) spoken by 97% of the population[1][2]
ޑިމޮނިމްSierra Leonean
ސަރުކާރުConstitutional republic
• President
Ernest Bai Koroma (APC)
Alhaji Samuel Sam-Sumana (APC)
Abel Nathaniel Bankole Stronge (APC)
Umu Hawa Tejan Jalloh
• from the United Kingdom
April 27, 1961
• Republic declared
April 19, 1971
ސަރަޙައްދު
• Total
71,740 km2 (27,700 sq mi) (119th)
• Water (%)
1.1
އާބާދީ
• July 2009 estimate
6,440,053[2]
• Density
79.4/km2 (205.6/sq mi) (114th1)
ޖީޑީޕީ (ޕީޕީޕީ)2008 estimate
• ޖުމްލަ
$4.268 billion[3]
• ބޮލަކަށް ޖެހެނީ
$725[3]
ޖީޑީޕީ (nominal)2008 estimate
• ޖުމްލަ
$1.953 billion[3]
• ބޮލަކަށް ޖެހެނީ
$331[3]
ޖިނީ (2003)62.9
very high
އެޗްޑީއައި (2007) 0.365
Error: Invalid HDI value (180th)
ފައިސާLeone (SLL)
ޓައިމް ޒޯންޔޫޓީސީ+0 (GMT)
ޑްރައިވިންގ ސައިޑްright
ކޯލް ކޯޑް232
އައިއެސްއޯ 3166 ކޯޑްSL
އިންޓަރނެޓް ޓީއެލްޑީ.sl
1 Rank based on 2007 figures.

ސެރެލިޔޯން އަކީ ނުވަތަ ސިއެރަލިޔޯންއަކީ އެފްރިިކާގެ ހުޅަނގު ބިތަށް ނިސްބަތްވާ ޤައުމެކެވެ.

އަވަސް ކަޅިއަކުން ބަލައިލުމެއް

[އުނިއިތުރު ގެންނަވާ]

ސެރެލިޔޯންގެ ރަސްމީ ބަހަކީ އިނގިރޭސި ބަހާއި ބެންގާލީ ބަހެވެ. ބެންގާލީ ބަސް މި ޤައުމުގެ ރަސްމީ ބަހެެއް ކަމުގައި ހަމަޖައްސާފައިވަނީ ސެރެލިޔޯންގައި ޞުލްޙަ ބެލެހެއްޓުމުގެ ގޮތުން ޙަރަކާތްތެރިވި 5300 ބެންގާލީ ސިފައިންގެ ޝަރަފުގައެވެ. މި ޤައުުމުގެ ޤައުމީ ބަހަކީ ކްރިއޯއެވެ. މިއީ މި ޤައުމުގެ 97% މީހުން ވާހަކަދައްކާ ބަހެވެ. އެހެން ނަމަވެސް މި ބަހަށް ރަސްމީ ބަހެއްގެ ދަރަޖަ ލިބިފައެއް ނުވެއެވެ. އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ސިއެރަލިއޯނިއަންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ފްރީޓައުންއެވެ. މި ޤައުމުގެ ވެރިރަށަކީ ވެސް މިއީއެވެ. މިއީ ދުސްތޫރީ ޖުމްހޫރިއްޔާއެކެވެ. ޤައުމުގެ އާބާދީއަކީ 5 މިލިއަނެވެ. އެހެންކަމާއެކު، މިއީ ދުނިޔޭގައި 108 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 71740 އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ sl. އެވެ. ކޯލިން ކޯޑަކީ +232 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ލިއޯންއެވެ.

މި ޤައުމުގެ ރަސްމީ ނަމަކީ ރިޕަބްލިކް އޮފް ސިއެރަލިޔޯންއެވެ. ސިއެރަލިޔޯންގެ މާނައަކީ ލިއޯން ފަރުބަދައެވެ. މިއީ ލިއޯން ފަރުބަދައަށް ނިސްބަތްކޮށް ކިޔާފައިވާ ކަމެކެވެ.

ސެރެލިޔޯންގެ އުތުރުގައި އޮތީ ގިނީއެވެ. އިރުދެކުނުގައި އޮތީ ލައިބީރިޔާއެވެ. ހުޅަނގު ދެކުނުގައި އޮތީ އެޓްލާންޓިކް މާ ކަނޑެވެ.

އާސާރީ ހެކިތަކުން ފެންނަ ގޮތުގައި ސެރެލިޔޯންގައި މީހުން އާބާދުވެ ދިރިއުޅެމުން ގެންދާތާ 2500 ވަރަކަށް އަހަރުވަނީ ވެފައެވެ. ސެރެލިޔޯންގައި ދަގަނޑު ބޭނުން ކުރަން ފަށާފައިވަނީ މީލާދީން 9 ވަނަ ޤަރުނާ ހަމައިގައި ކަމަށް ތާރީޚު ދިރާސާ ކުރައްވާ ބޭފުޅުން ވިދާޅުވެއެވެ. އައްސޭރި ފަށުގައި ދިރިއުޅޭ ޤަބީލާތަކުގެ މީހުން ދަނޑުވެރިކަމުގެ މަސައްކަތް ވަނީ މީލާދީން 1000 ހާ ތާނގައެވެ. ހުޅަނގު އެފްރިކާގެ ޤައުމުތަކުގެ ތެރެއިން ޔޫރަޕުގެ މީހުންނާ އެންމެ ފުރަތަމަ ގުޅުން އުފެދުނު ޤައުމަކީ ވެސް ސެރެލިޔޯންއެވެ. މީލާދީން 1462 ވަނަ އަހަރުގައި ޕޯޗުގީޒުން ސިއެރަލިޔޯނަށް އައެވެ. ޕޯޗުގީޒުން ވަނީ 1495 ވަނަ އަހަރުގައި ސެރެލިޔޯންގެ ކިއްލާ ބިނާކޮށްފައެވެ. މިއީ ފަހުން ވެގެން ދިޔައީ ވިޔަފާރި އާއި އިޤްތިޞާދުގެ މައި މަރުކަޒަކަށެވެ. ޕޯޗުގީޒުންގެ ފަހުން ޑަޗުންނާއި ފަރަންސޭސީން ސެރެލިޔޯނަށް އައެވެ. މި ހުރިހާ އެންމެން ވެސް ސެރެލިޔޯން މައިގަނޑު ގޮތެއްގައި ބޭނުންކޮށްފައި ވަނީ އަޅުންގެ ވިޔަފާރީގެ ނުގުތާއެއްގެ ގޮތުގައެވެ. މީލާދީން 1562 ގައި އިނގިރޭސީން ސެރެލިޔޯންގެ އަޅުންގެ ވިޔަފާރީގެ ތެރެއަށް ވަނެވެ. ސެރެލިޔޯނަށް އިނގިރޭސީންގެ ކިބައިން މިނިވަންކަން ލިބިފައިވަނީ 27 އެޕްރީލް 1961 ގައެވެ. ސެރެލިޔޯނުން ޖުމްހޫރިއްޔަތެއް އިޢުލާންކޮށްފައި ވަނީ 19 އެޕްރީލް 1971 ގައެވެ. ސެރެލިޔޯންގައި ހިނގަމުން ދިޔަ ހަމަ ނުޖެހުންތައް ނިމުމަކަށް އައުމަށް ފަހުގައި، ސެރެލިޔޯނުން ވަނީ ތަރައްޤީގެ މަގުގައި ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ.

ޑެމޮގްރަފިކްސް

[އުނިއިތުރު ގެންނަވާ]

ސެރެލިޔޯންގެ އާބާދީގައި ހިމެނޭ ގާތްގަނޑަކަށް 6 މިލިޔަނެއް ހައި މީހުންގެ ތެރެއިން އެއް މިލިޔަނެއް ހައި މީހުން ދިރިއުޅެމުން ގެންދަނީ ވެރިރަށް ފްރީޓައުންގައެވެ. ސެރެލިޔޯންގެ އާބާދީގެ 60% މީހުންގެ ދީނަކީ އިސްލާމްދީނެވެ. 10% މީހުންގެ ދީނަކީ ކްރިސްޓިޔަން ދީނެވެ. 30% މީހުންނަކީ އަދިވާސީ ދީންތަކަށް ތަބާވާ މީހުންނެވެ.

އާދަކާދަ އާއި ސަގާފަތަށް ބަލާއިރުގައި ސެރެލިޔޯން އަކީ އަވަށްޓެރި އެހެން ޤައުމުތަކާ ތަފާތު ޤައުމެއް ނޫނެވެ. ބޯދާ އާދަތަކާއި ޤަދީމީ ވައްތަރަށް ކުޅޭ މިއުޒިކަކީ ހުޅަނގު އެފްރިކާގެ އެހެން ޤައުމުތަކެކޭ އެއްފަދައިން ސެރެލިޔޯނުގައި ވެސް ޚާއްޞަ ޤަދަރެއް ދެވިފައިވާ އެއްޗެކެވެ.

އެތައް ދުވަހެއް ވަންދެން ހަނގުރާމައިގެ ތެރޭގައި އޮތުމަށް ފަހުގައި މިއަދު ސެރެލިޔޯންގެ އިޤްތިޞާދަށް ހެޔޮ ބަދަލުތަކެއް އަންނާން ފަށާފައިވާ ކަމަށް މި ދާއިރާގެ ތަޖްރިބާކާރުން ވިދާޅުވެއެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 725 ޑޮލަރެވެ.

  1. Cite error: Invalid <ref> tag; no text was provided for refs named https://eprints.soas.ac.uk/181
  2. 2.0 2.1 Cite error: Invalid <ref> tag; no text was provided for refs named CIA
  3. 3.0 3.1 3.2 3.3 "Sierra Leone". International Monetary Fund. Retrieved 2009-10-01.