Jump to content

މުސްލިމް ނަބީން

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން

ސިލްސިލާ މަޒުމޫނުތަކުގެ ތެރެއިން

އިސްލާމް


ޢަޤީދާ

 • ތައުހީދް
މުޙައްމަދުގެފާނު • ރަސޫލުންނާއި ނަބީން

ރުކުންތައް

ޝަހާދަތް • ނަމާދު
ރޯދަ • ޒަކާތް • ޙައްޖު

އަސްލުތައް އަދި ޝަރީޢާ

ޤުރުއާން • ސުންނަތް • ޙަދީޘް
ފިޤުހު • ޝަރީޢާ • ކަލާމް • ތަޞައްވުފް

ތާރީޚް އަދި ލީޑަރުން

ޘަޤާފަތް އަދިމުޖުތަމަޢު

ކިޔެވުން • ހައިވާނުން • ފަންނުވެރިކަން
ކަލަންޑަރު • ކުޑަކުދިން
ޤައުމުތައް • ޢީދު
މިސްކިތް • ފަލްސަފާ
ޢުލޫމް • އަންހެނުން
ސިޔާސަތު • ދަޢުވާ

އިސްލާމި ނެރު
 v  d  e 

މުސްލިމް ނަބީން ނަކީ ނަބީ ބޭކަލުންގެ ގޮތުގައި މުސްލިމުން ޤަބޫލުކުރާ އިންސާނުންނެވެ. އިސްލާމީ ޢަޤީދާގައިވާ ގޮތުގެ މަތީން ކޮންމެ ޤައުމަކަށް ނަބީން ފޮނުއްވިއެވެ.

އިސްލާމީ ޢަޤީދާގައި ރަސޫލުންނަށް އީމާން ވުން

[އުނިއިތުރު ގެންނަވާ]

މާތް ރަސޫލުބޭކަލުންނަކީ އިންސާނުންގެ ތެރެއިން އެބޭބޭކަލުންގެ މައްޗަށް ވަޙީ ބާވައިލެއްވި އަދި އެވަޙީ ބަސްފުޅުތައް މީސްތަކުންނަށް ފޯރުކޮށްދެއްވުމަށް އަމްރުކުރެއްވިގެންވާ ބޭކަލުންނެވެ.

އެންމެ ފުރަތަމަ ރަސޫލަކީ ނޫޙު ގެފާނެވެ. އަދި، އެބޭކަލުންގެ ތެރެއިން އެންމެ ފަހުގެ ރަސޫލަކީ މުޙައްމަދު ގެފާނެވެ.

اللهُ ވަޙީކުރެއްވިއެވެ.

﴿إِنَّآ أَوۡحَيۡنَآ إِلَيۡكَ كَمَآ أَوۡحَيۡنَآ إِلَىٰ نُوحٖ وَٱلنَّبِيِّ‍ۧنَ مِنۢ بَعۡدِهِۦۚ﴾ سُورَةُ المَائ‍ِدَةِ: 48

މާނައީ: ނޫޙުގެފާނަށާއި، އެކަލޭގެފާނުގެ ފަހުން ތިއްބެވި ނަބީބޭކަލުންނަށް، ތިމަންރަސްކަލާނގެ ވަޙީ އިއްވެވި ފަދައިން، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކަލޭގެފާނަށްވެސް ވަޙީ އިއްވެވީމެވެ.

އަދި މުޙައްމަދު ﷺ އާއި ބެހޭގޮތުން الله تعالى ވަޙީކުރެއްވިއެވެ.

﴿مَّا كَانَ مُحَمَّدٌ أَبَآ أَحَدٖ مِّن رِّجَالِكُمۡ وَلَٰكِن رَّسُولَ ٱللَّهِ وَخَاتَمَ ٱلنَّبِيِّ‍ۧنَۗ﴾ سُوْرَةُ النِّسَاءِ:163

މާނައީ: ތިޔަބައިމީހުންގެ ބޮޑެތި ފިރިހެނުންގެ ތެރެއިން އެކެއްގެވެސް ބަފައިކަލަކުކަމުގައި މުޙައްމަދުގެފާނު ނުވެތެވެ. އެހެނެއްކަމަކު، (އެކަލޭގެފާނީ) اللهُ ގެ ރަސޫލާއެވެ. އަދި، ނަބީކަން ޚަތުމުކުރެއްވި ކަލޭގެފާނުވެސްމެއެވެ.

ރަސޫލުބޭކަލުންނަކީ ހެއްދެވިފައިވާ އިންސާނުންނެވެ. އެ ބޭފުޅުންނަށް ރުބޫބިއްޔަތުންނާއި އަދި އުލޫހިއްޔަތުން އެއްވެސް މިންވަރެއް ލިބިގެން ނުވެއެވެ. މުޙައްމަދުގެފާނަކީ ހުރިހައި ރަސޫލުބޭކަލުންގެ ސާހިބެވެ. އަދި اللهُ ގެ ޙަޟްރަތުގައި ޖާހުގެ ގޮތުން އެންމެ މަތިވެރި ސާހިބާއެވެ. އެކަލޭގެފާނާ ބެހޭގޮތުން اللهُ ވަޙީކުރެއްވިއެވެ.

﴿قُل لَّا أَمْلِكُ لِنَفْسِي نَفْعًا وَلَا ضَرًّا إِلَّا مَا شَاءَ اللَّهُ ۚ وَلَوْ كُنتُ أَعْلَمُ الْغَيْبَ لَاسْتَكْثَرْتُ مِنَ الْخَيْرِ وَمَا مَسَّنِيَ السُّوءُ ۚإِنْ أَنَا إِلَّا نَذِيرٌ وَبَشِيرٌ لِّقَوْمٍ يُؤْمِنُونَ﴾

މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ! اللهُ تَعَالَىٰ އިރާދަކުރެއްވި ކަމެއް މެނުވީ ތިމަންކަލޭގެފާނުގެ އަމިއްލަ ނަފްސަށް މަންފާއެއް، ނުވަތަ ގެއްލުމެއް ލިބިގަތުމުގެ ބާރު، ތިމަންކަލޭގެފާނަށް މިލްކުވެގެނެއް ނުވެތެވެ. އަދި ތިމަންކަލޭގެފާނަށް ޣައިބު އެނގިވަޑައިގަންނަވާ ކަމުގައި ވީނަމަ، ތިމަންކަލޭގެފާނު ހެޔޮކަންތައް ގިނަކުރެއްވީމުހެވެ. އަދި ނުބައިކަމެއް ތިމަންކަލޭގެފާނުންގައި ނުބީހުނީހެވެ. ބިރުވެރިކަމުގެ ޚަބަރުދެއްވާ ބޭކަލަކު ކަމުގައްޔާއި، އީމާންވާ ބަޔަކަށް އުފާވެރިކަމުގެ ޚަބަރުދެއްވާ ބޭކަލަކު ކަމުގައި މެނުވީ، ތިމަންކަލޭގެފާނު ނުވަމެވެ.”

ހަމަކަށަވަރުން އެންމެ މަތިވެރި މަޤާމުތަކުގައި اللهُ އެބޭކަލުން ޞިފަކުރައްވާފައި ވަނީ، އެކަލާނގެ އަޅުންގެ ގޮތުގައެވެ. އަދި އެބޭކަލުންނަށް ޘަނާއާއި ތަޢްރީފު ކުރެއްވުމުގެގޮތުން اللهُ ވަޙީކުރެއްވި ބަސްފުޅުތަކުގައި ވެއެވެ. ފަހެ، ނޫޙުގެފާނާ ބެހޭގޮތުން اللهُ ވަޙީކުރެއްވިއެވެ.

﴿إِنَّهُۥ كَانَ عَبۡدٗا شَكُورٗا﴾ މާނައީ:

“ހަމަކަށަވަރުން، ޝުކްރުވެރިވާ އަޅަކުކަމުގައި އެކަލޭގެފާނު ވިއެވެ.”

އަދި މުޙައްމަދު ﷺ އާ ބެހޭގޮތުން اللهُ تَعَالَىٰ ވަޙީކުރެއްވިއެވެ.

﴿تَبَارَكَ ٱلَّذِي نَزَّلَ ٱلۡفُرۡقَانَ عَلَىٰ عَبۡدِهِۦ لِيَكُونَ لِلۡعَٰلَمِينَ نَذِيرًا﴾

މާނައީ: “ޢާލަމްތަކަށް އިންޛާރުކުރައްވާ ބޭކަލަކު ކަމުގައި ވުމަށް، އެކަލާނގެ އަޅާއަށް ޤުރްއާން ބާވައިލެއްވި ކަލާނގެ، މަތިވެރިވެވޮޑިގެންފިއެވެ."

ރަސޫލުބޭކަލުންނަށް އީމާންވުމުގައި އެކުލެވިގެންވަނީ 4 ކަމެކެވެ.

[އުނިއިތުރު ގެންނަވާ]

ފުރަތަމަ: ހަމަކަށަވަރުން އެބޭކަލުންގެ ރިސާލަތަކީ اللهُ ގެ ޙަޟްރަތުން އައިސްފައިވާ ޙައްޤުކަމުގައި އީމާންވުމެވެ. ފަހެ، އެބޭކަލުންގެ ރިސާލަތުން އެންމެ ރިސާލަތަކަށްވެސް ކާފަރުވެއްޖެނަމަ، ފަހެ، ހަމަކަށަވަރުން ހުރިހާ ރިސާލަތުތަކަށް އެމީހަކު ކާފަރުވީއެވެ. اللهُ ވަޙީކުރެއްވި ފަދައިންނެވެ.

﴿كَذَّبَتْ قَوْمُ نُوحٍ الْمُرْسَلِينَ﴾ މާނައީ:"ނޫޙުގެފާނުގެ ޤަޥްމުގެމީހުން ރަސޫލުން ދޮގުކުރޫއެވެ."[سُوْرَةُ الشُّعَرَاءِ:105].

ދެވަނަ: އެބޭކަލުންގެ ތެރެއިން އަހަރުމެންނަށް އެބޭކަލެއްގެ ނަން އެނގޭ ބޭކަލުންނަށް އީމާންވުމެވެ. މިސާލަކަށް: މުޙައްމަދު، އިބްރާހީމް، މޫސާ، ޢީސާ، އަދި ނޫޙު -عَلَيْهِمُ الصَّلَاةُ وَالسَّلَامُ- ފަދަ ބޭކަލުންނެވެ. އަދި މިހުރިހާ ބޭކަލުންނަކީ، ރަސޫލުބޭކަލުންގެތެރެއިންވާ އުލުލްޢަޒްމިގެ ފަސްބޭކަލުންނެވެ. اللهُ تَعَالَىٰ ވަޙީކުރެއްވިއެވެ.

﴿وَإِذْ أَخَذْنَا مِنَ النَّبِيِّينَ مِيثَاقَهُمْ وَمِنكَ وَمِن نُّوحٍ وَإِبْرَاهِيمَ وَمُوسَىٰ وَعِيسَى ابْنِ مَرْيَمَ ۖ وَأَخَذْنَا مِنْهُم مِّيثَاقًا غَلِيظًا﴾

މާނައީ: ނަބީބޭކަލުންގެ ކިބައިންނާއި، ކަލޭގެފާނާއި ނޫޙުގެފާނާއި، އިބްރާހީމްގެފާނާއި، މޫސާގެފާނާއި، މަރްޔަމްގެފާނުގެ ދަރިކަލުން ޢީސާގެފާނުގެ ކިބައިން ތިމަންރަސްކަލާނގެ ކަށަވަރުވެގެންވާ ޢަހްދު ހިއްޕެވިހިނދު ހަނދުމަކުރާށެވެ! އަދި އެބޭކަލުންގެ ކިބައިން ގަދަވެ ކަށަވަރުވެގެންވާ ޢަހްދު، ތިމަންރަސްކަލާނގެ ހިއްޕެވީމެވެ."

އަދި ދަންނާށެވެ! އެބޭކަލެއްގެ ނަން އަހަރުމެންނަށް ނޭނގޭ ބޭކަލުންނަށް ވެސް ޖުމްލަކޮށް އީމާން ވާން ޖެހޭނެއެވެ. اللهُ ވަޙީކުރެއްވިއެވެ.

﴿وَلَقَدْ أَرْسَلْنَا رُسُلًا مِّن قَبْلِكَ مِنْهُم مَّن قَصَصْنَا عَلَيْكَ وَمِنْهُم مَّن لَّمْ نَقْصُصْ عَلَيْكَ﴾

މާނައީ: ހަމަކަށަވަރުން، ކަލޭގެފާނުގެ ކުރިން ތިމަންރަސްކަލާނގެ ރަސޫލުން ފޮނުއްވީމެވެ. އެ ރަސޫލުންގެ ވާހަކަ ތިމަންރަސްކަލާނގެ، ކަލޭގެފާނަށް ކިޔައިދެއްވާފައިވާ ރަސޫލުން، އޭގެތެރެއިން ވެއެވެ. އަދި އެ ރަސޫލުންގެ ވާހަކަ، ތިމަންރަސްކަލާނގެ ކަލޭގެފާނަށް ކިޔައިދެއްވާފައި ނުވާ ރަސޫލުންވެސް އޭގެތެރެއިންވެއެވެ.

ތިންވަނަ: އެބޭކަލުން ގެނެސްދެއްވި އެންމެހައި ޚަބަރުތަކެއް ތެދުކުރުމެވެ. ހަތަރުވަނަ: އެ ބޭކަލުންގެ ތެރެއިން އަހަރުމެންގެ ގާތަށް ފޮނުއްވި ރަސޫލާ ގެނެސްދެއްވި ޝަރީޢަތަށް ޢަމަލުކުރުމެވެ. އެއީ ރަސޫލުކަން ޚަތުމްކުރެއްވި އަދި އެންމެހާ މީސްތަކުންގެ ގާތަށް ފޮނުއްވުނު ރަސޫލާ މުޙައްމަދު ﷺ އެވެ. اللهُ ވަޙީކުރެއްވިއެވެ.

﴿فَلَا وَرَبِّكَ لَا يُؤۡمِنُونَ حَتَّىٰ يُحَكِّمُوكَ فِيمَا شَجَرَ بَيۡنَهُمۡ ثُمَّ لَا يَجِدُواْ فِيٓ أَنفُسِهِمۡ حَرَجٗا مِّمَّا قَضَيۡتَ وَيُسَلِّمُواْ تَسۡلِيمٗا﴾

މާނައީ: އެހެންނަކުން ނޫނެވެ! ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ގަންދެއްވައި ވަޙީކުރައްވަމެވެ. އެއުރެންގެ މެދުގައި އުފެދިފައިވާ ދެކޮޅުވެރިކަމުގައި، ކަލޭގެފާނު ޙުކްމުވެރިކޮށްފުމަށް ދާންދެން، އެއުރެން އީމާނެއް ނުވާނެތެވެ. އެހިނދު، ކަލޭގެފާނު ނިޔާކުރެއްވި ގޮތާމެދު އެއުރެންގެ ހިތްތަކުގައި، ދަތިކަމެއް ވާކަމުގައި އެއުރެން ނުދެކޭނެތެވެ. އަދި އެއުރެން (އެ ނިޔާއަށް) ފުރިހަމަވެގެންވާ ކިޔަމަންވުމަކުން ކިޔަމަންވާނެތެވެ.

ރަސޫލުންނާއި ނަބީންގެ ފަރަޤު

[އުނިއިތުރު ގެންނަވާ]

މި މަޒުމޫނަކީ މުޅިން ފުރިހަމަ ވެފައިވާ މަޒުމޫނެއް ނޫނެވެ. މި މަޒުމޫނު ފުރިހަމަ ކޮށްދެއްވަން ބޭނުންފުޅު ނަމަ އިނގިރޭސި ވިކިޕީޑިއާ ގައި މި ޢުންވާނުގެ ދަށުން ލިޔެވިފައިވާ މަޒުމޫނު ބައްލަވައިގެން ތަރުޖަމާގެ ނުނިމި އޮތް ބައި ފުރިހަމަކޮށް ދެއްވާށެވެ. ކަނާތްފަރާތުގެ އަރިމަތީގައިވާ ފާލަންތަކުން އިނގިރޭސި ބަހުން އޮތް މަޒުމޫނަށް ވަޑައިގެންނެވޭނެއެވެ.