ރަބިންދްރަނާތު ޓޭގޯރ

ވިކިޕީޑިއާ އިންވިކިޕީޑިއާ
ރަބިންދްރަނާތު ޓޭގޯރ

ރަބިންދްރަނާތު ޓޭގޯރ ކަލްކައްތާ ގައި، 1915 ހާތާގައި.
އުފަންވީ: މެއި 7، 1861
ކަލްކައްތާ، ހިންދުސްތާން
ނިޔައުވީ:އޮގަސްޓު 7، 1941
ކަލްކައްތާ، ހިންދުސްތާން
ވަޒީފާ:ޅެންވެރިއެއް, ފައިލަސޫފެއް, ފަންނުވެރިއެއް, ޑްރާމާ ލިޔުންތެރިއެއް, ރާގު ހަދާ މީހެއް
ޤައުމިއްޔަތު:ހިންދުސްތާނީ
ފުޞޫލު:ފިކްޝަން
އަދަބީ ޙަރަކާތް:ހިންދުސްތާނުގެ މިނިވަންކަމުގެ ޙަރަކާތް
ފުރަތަމަ މަސައްކަތްތައް:މަނަސީ (1890)
ނުފޫޒުވެރިކުރުވީ:ޔަސުނާރީ ކަވަބާޓާ, އެންޑްރޭ ގީޑް, ޕަބްލޯ ނެރޫދާ, ގެބްރިއޭލާ މިސްޓްރާލް, އޮކްޓަވިއޯ ޕާޒް, ކުވެމްޕޫ, ޑީ.އާރު. ބެންޑްރޭ
ސޮއި:

ރަބިންދްރަނާތު ޓޭގޯރ (ބެންގާލީ: রবীন্দ্রনাথ ঠাকুর) (މެއި 7، 1861 - އޮގަސްޓު 7، 1941)، ނުވަތަ ގުރޫދޭވް އަކީ ބެންގާލީ ޅެންވެރިއެކެވެ. ބްރަހްމޯ ސަމާޖް ފައިލަސޫފެކެވެ. ވިޜުއަލް އާޓިސްޓެކެވެ. ޑްރާމާ ލިޔުއްވުންތެރިއެކެވެ. ނާވިލް ލިޔުންތެރިއެކެވެ. ރާގު ހައްދަވާ ބޭފުޅެކެވެ. ރަބިންދްރަނާތު ޓޭގޯރ ގެ މަސައްކަތްތައް ބެންގާލީ އަދަބިއްޔާތު އާއި މިއުޒިކަށް 19 ވަނަ ޤަރުނާއި 20 ޤަރުނުގެ ތެރޭގައި ބޮޑު އިންޤިލާބެއް ގެނައެވެ. ރަބިންދްރަނާތު ޓޭގޯރ އަކީ ހިންދުސްތާން އާއި ބަންގާޅުގެ ސަޤާފީ އައިކަން އެކެވެ. އޭނާއަށް ވަނީ 1913 ވަނަ އަހަރު އަދަބިއްޔާތުގެ ރޮނގުން ނޯބެލް ގެ އިނާމު ލިބިފައެވެ. އަދި މިއީ އޭޝިޔާ މީހަކަށް މި އިނާމު ލިބުނު ފުރަތަމަ ފަރާތް ވެސް މެއެވެ.