Jump to content

ޖަނަ ގަނަ މަނަ

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން
ފައިލު:Janaganamana-score.png
ޖަނަ ގަނަ މަނަ އިގެ ސަންގީތު ކަރުދާސް.

ޖަނަ ގަޱަ މަނަ (ބެންގާލީ ބަހުން: জন গণ মন ޖޯނޮ ގޯނޮ މޮނޮ — "އެންމެންގެ ވިސްނުން") މިއީ ހިންދުސްތާން ގެ ޤައުމީ ސަލާމެވެ. މި ލިޔެވިފައިވަނީ ބެންގާލީ ބަހުންނެވެ. މިއީ ނޯބެލްގެ އިނާމު ޙާޞިލު ކުރައްވާފައިވާ މަޝްހޫރު އަދީބު ރަބިންދްރަނާތު ޓޭގޯރ ހެއްދެވި ޅެމެއްގެ ފުރަތަމަ ފަސް ބައިތެވެ. ލަވައެއްގެ ގޮތުގައި އެއްމެ ފުރަތަމަ މިޅެން ހުށަހަޅާފައިވަނީ އިންޑިއަން ނޭޝަނަލް ކޮންގްރެސް ގެ ކަލްކަތާ ސެޝަނުގައި ޑިސެމްބަރު 27، 1911 ގައެވެ. ހިންދުސްތާނުގެ ޤައުމީ ސަލާމުގެ ގޮތުގައި "ޖަނަ ގަނަ މަނަ" ދުސްތޫރީ އެސެމްބްލީ އިން ކަނޑައެޅީ ޖެނުއަރީ 24، 1950 ގައެވެ. ފުރިހަމަ ގޮތެއްގައި ޤައުމީ ސަލާމް ހުށަހެޅުމަށް ނަގާ ވަގުތަކީ 52 ސިކުންތެވެ. ފުރަތަމަ ލައިނާއި ފަހު ލައިން އެކަނި ހިމެނޭ ގޮތަށް ހުށަހެޅޭ ޙާލަތްތަކުގައި ނަގާނީ 20 ސިކުންތެވެ.

ބެންގާލީ ބަހުން ލިޔެވިފައިވީ ނަމަވެސް ހިންދުސްތާނުގެ ތަފާތު ސަރަޙައްދު ތަކުގެ ބަސްތަކުގެ ތަފާތު ކަމުން މި ޤައުމީ ސަލާމުގެ ގިރާއަތު އެކި ސަރަޙައްދު ތަކުގައި ތަފާތެވެ.

އިންޑިޔާގެ ތަފާތު ސަރަޙައްދު ތަކުގެ މީހުން ވާހަކަ ދައްކާ ބަސް ތަފާތު ވުމުގެ ސަބަބުން ޤައުމީ ސަލާމް ކިޔަމުން ދާއިރު ފާޅު ނުކުރާ އަޑު ތަކާއި ފާޅު ކުރާ އަޑުތައް އެއް ސަރަޙައްދާއި އަނެއް ސަރަޙައްދާ ތަފާތެވެ.

ތިރީގައި މިވާ ލިޔުމުގައި އެވަނީ އެ ޤައުމީ ސަލާމް ބެންގާލީ ބަހުން، ލެޓިނުން އަދި ކަލްކަތާ ލައިބްރަރީގައި ލިޔެފައި އޮންނަ ލިޔުން ތާނަ އަކުރުން ހުށަހަޅާ ދެވިފައެވެ.





ބެންގާލީ އަކުރުން ބެންގާލީ ލެޓިނުން ކަލްކަތާ ލައިބްރަރީގައިވާ ގޮތަށް ތާނައިން

জন গণ মন অধিনায়ক জয় হে
ভারত ভাগ্য বিধাতা
পঞ্জাব সিন্ধু গুজরাট মরাঠা
দ্রাবিড় উৎ‍‌কল বঙ্গ
বিন্ধ্য হিমাচল যমুনা গঙ্গা
উচ্ছল জলধি তরঙ্গ
তব শুভ নামে জাগে
তব শুভ আশিস মাগে
গাহে তব জয়গাথা
জন গণ মঙ্গল দায়ক জয় হে
ভারত ভাগ্য বিধাতা
জয় হে, জয় হে, জয় হে,
জয় জয় জয়, জয় হে॥

Jôno gôno mono odhinaeoko jôeô he
Bharoto bhaggo bidhata
Pônjabo Shindhu Gujoraţo Môraţha
Drabiŗo Utkôlo Bônggo
Bindho Himachôlo Jomuna Gôngga
Uchchhôlo jôlodhi toronggo
Tôbo shubho name jage
Tôbo shubho ashish mage
Gahe tôbo jôeogatha
Jôno gôno monggolo daeoko jôeô he
Bharoto bhaggo bidhata
Jôeo he, jôeo he, jôeo he,
jôeo jôeo jôeo, jôeo he

ޖަނަ ގަނަ މަނަ އަދިނާޔަކަ ޖަޔަ ހޭ
ބާރަތަ ބާގްޔާ ބިދާތާ
ޕަންޖާބަ ސިންދު ގުޖަރާތަ މަރާތާ
ދްރާބިޅަ އުއްތްކަލަ ބަންގާ
ބިންދްޔަ ހިމާޗަލަ ޖަމުނާ ގަންގާ
އުއްޗަލަ ޖަލަދި ތަރަންގާ
ތަބަ ޝުބަ ނާމޭ ޖާގޭ
ތަބަ ޝުބަ އާޝިޝަ މާގޭ
ގާހޭ ތަބަ ޖަޔަ ގާތާ
ޖަނަ ގަނަ މަނަ މަންގަލަ ދާޔަކަ ޖަޔަ ހޭ
ބާރަތަ ބާގްޔާ ބިދާތާ
ޖަޔަ ހޭ ޖަޔަ ހޭ ޖަޔަ ހޭ
ޖަޔަ ޖަޔަ ޖަޔަ ޖަޔަ ހޭ

ތިބާއީ އެންމެންގެ ވިސްނުންތަކުގެ ވެރިޔާ އެވެ.،
އިންޑިޔާގެ ތަޤްދީރު ބައްޓަން ކުރާ ފަރާތެވެ.
(ތަރުޖަމާ ފުރިހަމަ ނުވޭ!)