ޢަލީގެފާނު

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ

ސިލްސިލާ މަޒުމޫނުތަކުގެ ތެރެއިން
Allah1.png
އިސްލާމް


ޢަޤީދާ

 • ތައުހީދް
މުޙައްމަދުގެފާނު • ރަސޫލުންނާއި ނަބީން

ރުކުންތައް

ޝަހާދަތް • ނަމާދު
ރޯދަ • ޒަކާތް • ޙައްޖު

އަސްލުތައް އަދި ޝަރީޢާ

ޤުރުއާން • ސުންނަތް • ހަދީޘް
ފިޤުހު • ޝަރީޢާ • ކަލާމް • ތަޞައްވުފް

ތާރީޚް އަދި ލީޑަރުން

ޘަޤާފަތް އަދިމުޖުތަމަޢު

ކިޔެވުން • ހައިވާނުން • ފަންނުވެރިކަން
ކަލަންޑަރު • ކުޑަކުދިން
ޤައުމުތައް • ޢީދު
މިސްކިތް • ފަލްސަފާ
ޢުލޫމް • އަންހެނުން
ސިޔާސަތު • ދަޢުވާ

އިސްލާމި ނެރު
 v  d  e 

ނަސަބުފުޅު

ފުރިހަމަ ނަންފުޅަކީ ޢަލީ ބިން އަބީ ޠާލިބު ބިން ޢަބުދުލް މުއްޠަލިބު ބިން ހާޝިމް ބިން ޢަބުދު މަނާފް ބިން ގުޞައްޔު ބިން ކިލާބު ބިން މުއްރާ ބިން ކަޢުބު ބިން ލުއައްޔު (އަލްޤުރަޝީ އަލްހާޝިމީ ) އެވެ. އާންމުކޮށް ކިޔައި އުޅޭ ނަމަކީ ޢަލީ އަބުލް ޙަސަން އެވެ. ޢަލީގެފާނުގެ މަންމާފުޅަކީ ފާޠިމާ ބިންތި އަސަދު ބިން ހާޝިމް ބިން ޢަބުދު މަނާފް އެވެ. މިއީ މުސްލިމުންގެ 4 ވަނަ ޚަލީފާ އެވެ.

ޢަލީގެފާނަކީ ކީރިތި ރަސޫލާގެ ބޮޑުބޭބެގެ ދަރިކަލެކެވެ. އަދި ކީރިތި ރަސޫލާގެ ދަރިކަނބަލުން ފާތިމަތުގެ ފާނުގެ ފިރިކަލުންވެސް މެއެވެ.

ޙަސަން އަދި ޙުސައިނުގެފާނުގެ ބައްޕާފުޅެވެ. ސުވަރުގެ ވަންނާނެ ކަމަށް ކީރިތި ރަސޫލާ ޚަބަރުދެއްވާފައިވާ 10 ބޭފުޅުންގެ ތެރޭގައި ޢަލީގެ ފާނު ވެސް ހިމެނި ވަޑައިގަންނަވައެވެ.

އިސްލާމްވެ ވަޑައިގަތުން

ޢަލީގެފާނު އުޅެބޮޑުފުޅުވީ ކީރިތި ރަސޫލާގެ އަރިހުގައެވެ. މިގޮތުން ރަސޫލު ކަމާއިގެން ފޮނުއްވުމުގެ ކުރިން ކީރިތި ރަސޫލާ ނަމާދަށް ހުންނަވަނިކޮށް ޢަލީގެ ފާނުއަށް ފެނިވަޑައިގެންނެވި އެވެ. ޢަލީގެ ފާނު އެކަމާއި ކީރިތި ރަސޫލާ އާއި ސުވާލު ކުރެއްވި އެވެ. އެހިނދު ރަސޫލާ އިސްލާމްދީނާއި ބެހޭ މައުލޫމާތު ދެއްވައި އިސްލާމްވުމަށް ގޮވާލެއްވިއެވެ. އަދި ޢަލީގފާނު އިސްލާމްވެ ވަޑައިގަތުމަށް ފަހު އެކަން ބައްޕާފުޅު އަބީ ޠާލިބު އަށް ސިއްރު ކުރެއްވި އެވެ. ޚަދީޖަތުގެފާނަށް ފަހު ދެން އިސްލާމް ވީ ޢަލީގެ ފާނު ކަމުގައި ބުނެވެއެވެ. އަބޫބަކުރުގެފާނު އިސްލާމްވީ ޢަލީގެ ފާނު ގެ ކުރިން ނޫނީ ފަހުން ކަމާއި މެދު ވަނީ ޚިލާފު އުފެދިފައެވެ. ޢަލީގެފާނު އިސްލާމްވެ ވަޑައިގަތް އުމުރާ މެދު ވެސް ޚިލާފު އުފެދިފައިވެއެވެ. ގިނަ ބަޔަކު ބުނަނީ އޭރު ޢަލީގެ ފާނުގެ އުމުރަކީ 8 ކަމުގައެވެ. އަނެއްބަޔަކު 10 އަހަރު ކަމުގައި ބުނެއެވެ. އެހެން ކަމުން ޢަލީގެ ފާނަކީ އެންމެ ފުރަތަމަ އިސްލާމްވި ކުޑަކުއްޖާ ކަމުގައި ވަނީ ވެފައެވެ.

ހިޖުރަ ކުރެއްވުން

ޖިބްރީލްގެފާނު ވަޑައިގެން ކީރިތި ރަސޫލާ އަށް ހިޖުރައަށް ނިކުމެވަޑައިގަތުމަށް އެންގުވުމުން ކީރިތި ރަސޫލާ ޢަލީގެފާނު ގެންނަވައި، ކީރިތި ރަސޫލާގެ ދާންކޮޅުގައި އެރޭ އަވަހާރަ ލެއްޕެވުމަށް އެންގެވިއެވެ. އަދި މައްކާގެ ބައެއް މީހުންނާ ޙަވާލުކުރަންޖެހޭ އަމާނާތްތައް ޢަލީގެފާނާއި ހަވާލުކުރެއްވިއެވެ. އެއަށްފަހު އަބޫބަކުރުގެފާނު އާއި އެކު ކީރިތި ރަސޫލާ ހިޖުރައަށް ނިކުމެވަޑައިގެންނެވި އެވެ. ރަސޫލާ އެދި ލެއްވި ފަދައިން ޢަލީގެފާނު އެރޭ އަވަހާރަ ލެއްޕެވީ ރަސޫލާގެ ދާންކޮޅުގައެވެ. ރަސޫލާ ނިދިފުޅުން ތެދުވޭތޯ މުޝްރިކުން ހެދުނު ވަންދެން ގެކޮޅު ވަށައިގެން ތިއްބެވި އެވެ.

ޖިހާދު ކުރެއްވުން

ބަދުރު ހަގުރާމަ އަދި އުޙުދު ހަގުރާމައިގައި ވެސް ޢަލީގފާނު ބައިވެރިވެ ވަޑައިގެންނެވިއެވެ. އުޙުދު ހަގުރާމައިގެ ދުވަހު 16 ޙަމަލާ ޢަލީގެ ފާނުގެ ހަށިކޮޅަށް އެރި ކަމުގައި ބުނެވެއެވެ. އެދުވަހު މީސްތަކުން ބިރުން ފިލަން ދުއްވައިގަތުމުން ވެސް ސާބިތުވެ ހަގުރާމައިގެ މައިދާނުގައި ދެމިހުންނެވިއެވެ. ޚަންދަޤު ހަގުރާމައިގައި ބައިވެރިވެ، ޢަމްރޫ ބިން ޢަބުދު އަވަހާރަ ކޮށްލިއެވެ. މިއީ މުސްލިމުންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމުގައި ވެގެން ދިޔައެވެ.

ތަބޫކު ހަގުރާމައިގައި ބައިވެރި ވަޑައެއް ނުގަންނަވައެވެ. އެއީ އެދުވަހު ކީރިތި ރަސޫލާގެ އަމުރުފުޅަށް މަދީނާގެ ވެރިއަކަށް މަދީނާ ބެލެހެއްޓުމަށް އިސްމީހެއްގެ ގޮތުގައި ހުންނެވީތީއެވެ. ޚައިބަރު ހަގުރާމައިގައި ދެދުވަސްވަންދެން މުސްލިމުން ހަގުރާމަކޮށް ފަތަހަ ނުލިބުމުން ކީރިތި ރަސޫލާ ޙަދީޘް ކުރެއްވި އެވެ. މާތްﷲ އާއި ރަސޫލާ ދެކެ ލޯބިވެ ވަޑައިގަންނަވާ، އަދި މާތްﷲ އަދި ރަސޫލާ އެމީހެއް ދެކެ ލޯބިވެ ވަޑައިގަންނަވާ މީހަކަށް، މާދަމާ ތިމަންކަލޭގެ ފާނު ލަޝްކަރުގެ ދިދަ ދެއްވާހުށީމެވެ. އޭނާގެ އަތްމައްޗަށް މާތް ﷲ ފަތަޙަ ދެއްވާނެއެވެ. އެ އަށް ފަހު ޖެހިގެން އައިދުވަހު ލަޝްކަރުގެ ދިދަ ޢަލީގެ ފާނަށް ދެއްވި އެވެ.

ރިވާޔަތްތައް

ކީރިތި ރަސޫލާގެ އަރިއަހުން ވަރަށް ގިނަ ޙަދީޘްތައް ޢަލީގެފާނު ރިވާކުރައްވާފައިވެއެވެ. ޢަލީގެފާނުގެ އަރިއަހުން ވަރަށް ގިނަ ބޭފުޅުން ހަދީޘްތައް ރިވާކޮށްފައި ވެއެވެ. އޭގެތެރޭގައި ޙަސަންގެފާނު، ޙުސައިން ގެފާނު، އިބްނު މަސްޢޫދު، އިބްނި ޢުމަރު، އިބްނި ޢައްބާސް، އިބްނި ޒުބައިރު، ޢަބުދުﷲ ބިން ޖަޢުފަރު، އަބޫ މޫސާ އަލްއަޝްޢަރީ، އަބޫ ސަޢީދު އަލްޚުދަރީ، ޞުހައިބު، އަބޫ ރާފިޢު، ޒައިދު ބިން އަރުގަމް، ޖާބިރު ބިން ޢަބުދުﷲ,ބަރާއު ބިން ޢާޒިބު، އަބޫ އިމާމާ، ޖަރީރު ބިން ޢަބުދުﷲ ހިމެނެއެވެ.

ކުރެއްވި މަސައްކަތްތަކާއި، ކުރިމަތިލެއްވި ހާދިސާތައް

ޢުޘްމާން ގެ ފާނު ޝަހީދުވެވަޑައިގަތުމުން މީސްތަކުންގެ ތެރެއިން ވަފުދުތައް ޢަލީގެފާނުގެ އަރިހަށް ގޮސް ޚަލީފާކަމަށް ބައިޢަތު ހިފައި، ޚަލީފާ ކަމަށް އިސްވެވަޑައިގަތުމަށް އެދުނެވެ. ނަމަވެސް ޢަލީގެފާނު ފުރަތަމަ އިދިކޮޅު ހެއްދެވި އެވެ. އަދި ވިދާޅުވިއެވެ. ތިޔަކަން ކަނޑައެޅުން ވަނީ ތިޔަބައިމީހުންގެ އަތްމަތީގައެއް ނޫނެވެ. ބަދުރުގެ އަހުލުވެރިން ކޮބައި ހެއްޔެވެ؟ ޠަލްޙަތު އަދި ޒުބައިރު ކޮބާހެއްޔެވެ؟. އެއަށް ފަހު ބަދުރުގެ އަހުލުވެރިން އައިސް ޢަލީގެ ފާނަށް ބައިޢަތު ހިއްޕެވުމުން ޚަލީފާކަމަށް އިސްވެ ވަޑައިގެންނެވި އެވެ.

އަވަހާރަވެ ވަޑައިގަތުން

ޚަވާރިޖުންގެ ތެރެއިން ތިންމީހަކު، ޢަލީގެފާނު، މުޢާވިޔަތު، އަދި ޢަމްރޫ ބިން ޢާޞް ޤަތުލުކުރަން ރޭވިއެވެ. ނަމަވެސް އޭގެ ތެރެއިން 2 މީހުންނަށް އެމީހުންގެ އަމަލު ކާމިޔާބެއް ނުކުރެވުނެވެ. 3 ވަނަ މީހާ -ޢަބުދުއް ރަޙުމާން ބިން މުލްޖަމް- ޢަލީގެ ފާނު ފަތިސް ނަމާދަށް ވަޑައިގަންނަވަނިކޮށް ބޯމަތީގައި ކަނޑިން ޖަހައި ގަތުލު ކޮށްލީ އެވެ. ޢަލީގެ ފާނު ގަތުލުކޮށްލީ ހިޖުރައިން 40ވަނަ އަހަރުގެ ރަމަޟާން މަހުގެ 17 ވަނަ ދުވަހު އެވެ.އޭރު އުމުރު ފުޅަކީ 58 އަހަރެވެ. އަވަހާރަވި އިރު އުމުރުފުޅުން 63 އަހަރު ކަމުގައި ވެސް ބައެއް ބުނުންތަކުގައި ވެއެވެ.