Jump to content

ޞާލިޙުގެފާނު

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން

ސިލްސިލާ މަޒުމޫނުތަކުގެ ތެރެއިން

އިސްލާމް


ޢަޤީދާ

  ތައުހީދް
މުޙައްމަދުގެފާނު  ރަސޫލުންނާއި ނަބީން

ރުކުންތައް

ޝަހާދަތް  ނަމާދު
ރޯދަ  ޒަކާތް  ޙައްޖު

އަސްލުތައް އަދި ޝަރީޢާ

ޤުރުއާން  ސުންނަތް  ޙަދީޘް
ފިޤުހު  ޝަރީޢާ  ކަލާމް  ތަޞައްވުފް

ތާރީޚް އަދި ލީޑަރުން

ޘަޤާފަތް އަދިމުޖުތަމަޢު

ކިޔެވުން  ހައިވާނުން  ފަންނުވެރިކަން
ކަލަންޑަރު  ކުޑަކުދިން
ޤައުމުތައް  ޢީދު
މިސްކިތް  ފަލްސަފާ
ޢުލޫމް  އަންހެނުން
ސިޔާސަތު  ދަޢުވާ

އިސްލާމި ނެރު
 v  d  e 

ޞާލިޙުގެފާނަކީ ﷲ ގެ ރަސޫލެކެވެ. ޢަރަބިކަރައިގައި ވަޒަންވެރިވެ، ދިރިއުޅުނު ޘަމޫދުބާގައިގެ މީހުންނަކީ ވަރަށް ބިޔަ ހަށިގަނޑުތަކެއްގެވެރި ޢުމުރުދިގު ބަޔެކެވެ. ކަދުރު ރުއްތަކާ، ފެންއާރުތަކާ، ބަގީޗާތަކުގެ ނިޢުމަތްލިބި އެނިޢުމަތްތަކުގެމައްޗަށް ބޮޑާވެގަތްބަޔެކެވެ. އެމީހުން ގެދޮރު ބިނާކޮށް އުޅުނީ ފަރުބަދަކަނޑައި ބިންވަޅު ނަގައިގެންނެވެ. ބޮޑެތި ގަދަފަދަ ގަނޑުވަރުތައް ފަދައިންނެވެ.


މިފަދަ ނިޢުމަތާ، އުފާވެރިކަމާ، ދިގު ޢުުމުރުގައިވެސް ﷲއަށް އުރެދި، ޝިރުކުކޮށް އުޅުމުގެ ސަބަބުން، ﷲގެ މަގަށް ގޮވާލައްވައި، ޙައްޤު ފާޅުކޮށްދެއްވުމަށްޓަކައި އެޤައުމުގެ މީހުންގެ ތެރެއިން ޞާލިޙްޢަލައިހިއްސަލާމް ﷲ އިޚްތިޔާރުކުރެއްވިއެވެ. އަދި އެބައިމީހުގެގާތަށް ރަސޫލުކަމާއިގެން އެކަލޭގެފާނު ފޮނުއްވިއެވެ.


ޞާލިޙްގެފާނު ތެދުމަގަށް ގޮވާލައްވާ، ﷲ ފިޔަވައި އެހެން ފަރާތަކަށް އަޅުކަންނުކުރުމަށް ޤައުމުގެ މީހުންނަށް ނަޞޭޙަތްދެއްވާ، އާޚުރަތްދުވަސް ހަނދުމަކޮށްދެއްވާ އުޅުއްވަން ފެއްޓެވުމުން ޤައުމުގެ ގިނަބަޔަކު ދުށީ އެކަލޭގެފާނަކީ މޮޔައެއްކަމަށެވެ. އަދި ސިޙުރުޖެހިފައިވާ ބޭކަލެއްކަމަށެވެ. އެކަލޭގެފާނަށް އީމާންވީ މަދުބަޔެކެވެ. އީމާންނުވެތިބި މީސްތަކުން އެކަލޭގެފާނުގެ އަރިއަހުން އެދުނީ މުޢުޖިޒާތެއްގެގޮތުގައި، ހިލަ ފަރުބައެއްގެތެރެއިން ޖަމަލެއް ނެރުއްވައިދެއްވުމަށެވެ.


ޞާލިޙްގެފާނު ﷲގެ ޙަޟްރަތުގައި ދުޢާދެންނެވުމުން އެފަދައިން ޖަމަލެއް ނެރެދެއްވައެވެ. އަދި އެޖަމަލަށް އަނިޔާވެރިނުވުމަށް ޞާލިޙްގެފާނު އަންގަވައެވެ. ނަމަވެސް ޤައުމުގެމީހުންގެ ބޮޑާކަން ޙައްދުފަހަނައަޅައި، އެޖަމަލާއިމެދުވެސް އަނިޔާވެރިވެ، އެންމެފަހުން ޖަމަލު މަރާލައެވެ. ﷲއަށް އީމާންވާކަށް އެމީހުން ބޭނުމެއްނުވެއެވެ.


އެހިސާބުން 3 ދުވަހުގެ މުހުލަތަކަށްފަހު، ﷲގެ ކޯފާގެގޮތުގައި ގަދަފަދަ އަޑެއް އެމީހުންގެމައްޗަށް ފޮނުއްވައެވެ. އެގަދައަޑުގެ ގުގުމުމާއިއެކު، އެއްކަލަ ބިޔަހަށިތަކުގެވެރީން، އެމީހުންގެ ގަދަފަދަ ގެތަކުގައިތިއްބާ، ފުރާނަ ހަށީން ލުހި، މަރުވެފައިވާ މުޅަ މަސްތަކަށް ބަދަލުވެދެއެވެ. މި ގަދަފަދަ ކޯފާއިން ސަލާމަތްވީ ޞާލިޙްގެފާނާއި، އެކަލޭގެފާނަށް އީމާންވީ މީސްކޮޅު އެކަންޏެވެ. ފޮޓޯއިން ތިޔަ ފެނިވަޑައިގަންވަނީ، ޘަމޫދުބާގައިގެމީހުން ބިނާކޮށްފައިވާ ގަދަފަދަ ގެތަކުގެ ތެރެއިން މިއަދަށްވެސް ފެންނަންހުރި ބައެއް ތަންތަނެވެ. އެ ގަދަފަދަ ގެތަކާއި، އެމީހުންގެ ހަށިތަކުގައިހުރި ގަދަ ބާރަކީ، ﷲގެ ޢަޒާބުން ރައްކާތެރިވުމުގައި އެއްވެސް އެހީތެރިކަމެއްދެވުނު ވާޞިޠާއަކަށްނުވިއެވެ.

Lua error in މޮޑިއުލް:Navbox at line 15: table index is nil.