ޝިރުކު

ވިކިޕީޑިއާ އިންވިކިޕީޑިއާ

ޝިރުކަކީ އާ އެހެން ފަރާތަކާ ބައިވެރިކުރުން ނުވަތަ އެއްފަދަކުރުމެވެ. ތައުޙީދާ ފުށުއަރާ ކޮންމެ ކަމަކީ ޝިރުކެކެވެ.

ޝިރުކު ބެހޭ ބައިތައް[އުނިއިތުރު ގެންނަވާ]

އަލްޢައްލާމާ ޢަބްދުއްރަޙްމާން ބިން ނާޞިރް އައްސިޢްދީ ވިދާޅުވިއެވެ. ޝިރުކުގެ ވަނީ ދެ ވައްތަރެކެވެ.[1]

  1. ރުބޫބިއްޔަތުގައި (ﷲގެ ރައްބުވަންތަކަމުގައި) ކުރެވޭ ޝިރުކެވެ: އެއީ: ބައެއް މަޚްލޫގުތައް ޚަލްޤުކުރެއްވުމުގައި، ނުވަތަ ޙަލްޤުތަކުންގެ ކަންކަން (ހިންގަވައި) ތަދުބީރުކުރެއްވުމުގައި ﷲ އަށް ބައިވެރިޔަކު ވާކަމަށް އަޅާ އިޢުތިޤާދުކޮށް ޤަބޫލުކުރުމެވެ.
  2. ﷲ އަށް އަޅުކަންކުރުމުގައި ކުރެވޭ ޝިރުކު. އަދި އެ ދެ ބަޔަކަށް ބެހެއެވެ. އެއީ ބޮޑު ޝިރުކާއި ކުޑަ ޝިރުކެވެ.
    • ބޮޑު ޝިރުކަކީ: އަޅުކަމުގެ ބާވަތްތަކުނެ އެއްވެސް ބާވަތެއްގެ އަޅުކަމެއް ﷲ ނޫން ފަރާތަކަށް ކުރުމެވެ. މިސާލަމަށް ﷲ ނޫން ފަރާތަކަށް ދުޢާކުރުމާއި ﷲ ނޫން ފަރާތެއްގެ ކިބައިން ހެޔޮކަމަށް އުންމީދުކުރުމާއި (އައްރަޖާއު) ނޫނީ އެހެން ފަރާތެއް ދެކެ ބިރުވެތިވުމާއި. ފަހެ މިއީ އެފަދަ ޢަމަލެއް ކުރާ މީހާ ދީނުން ބޭރުވެ ނަރަކައިގައި އަބަދަށް އޭނާ އޮންނަން މެދުވެރިކުރުވާ ޢަމަލެކެވެ.
    • އަދި ކުޑަ ޝިރުކަކީ: ﷲ ނޫން ފަރާތަކަށް ސީދާ އަޅުކަންކުރުމުގެ ދަރަޖަށް ނުދާ ނަމަވެސް އެކަންކަމަށް މަގުފަހި ކޮށްދެނިވި މަގުތަކާއި ވަސީލަތްތަކެވެ. މިސާލަކަށް ﷲ ނޫން ފަރާތެއް ގަންދީ ހުވައިކުރުމާއި، الرياء ނުވަތަ ދެއްކުންތެރިކަމާއި މި ފަދަ ކަންކަމެވެ.

ރެފަރެންސް[އުނިއިތުރު ގެންނަވާ]

  1. އައްސިޢުދީ، ޢަބްދުއްރަޙްމާން ބިން ނާޞިރް. سؤال وجواب في أهم المهمات