Jump to content

ޙަސަން ޙަމީދު އަޙުމަދު

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން
ޙަސަން ޙަމީދު އަޙުމަދު
އުފަން ތާރީޚް، 1942
ނިލަންދޫ (ފ. އަތޮޅު) ގައި
ވަޒީފާލިޔުންތެރިއެއް، ޅެންވެރިއެއް،
Religious beliefsއިސްލާމް
Spouse(s)މަރިޔަމް ޙުސައިން

ޙަސަން ހަމީދު އަޙުމަދު އަކީ ސަރުކާރަށް ވަރަށް ގިނަ ދުވަހު ޚިދުމަތް ކޮށްދެއްވައި. ދެޕެންޝަން ޙާޞިލް ކުރައްވާފައިވާ ފަރާތެކެވެ. ޙަސަން ހަމީދު 40 އަހަރަށްވުރެ ގިނަ މުއްދަތެއް ވަންދެން ސަރުކާރަށް ޚިދުމަތް ކުރެއްވި އިރު އޭނާގެ ޚިދުމަތް މުޅިންވެސް ލިބިފައިވާ އޭނާ އުފަން ފ. އަތޮޅު އަދި ފ.ނިލަންދޫ އަށެވެ. އެންމެ އާދައިގެ ވަޒީފާތަކުން ފެށިގެން ރާއްޖެ ތެރޭގެ އަތޮޅެއްގައި ސަރުކާރުގައި މީހަކަށް އަދާކުރެވޭނެ އެންމެ މަތީ ވަޒީފާތައް ވެސް އޭނާވަނީ އަދާކޮށްފައެވެ.

ޙަސަން ޙަމީދު އަޙުމަދު އަކީ ހުރިހާ އެންމެންގެ ރަހުމަތް ތެރިއެކެވެ. ހުރިހާ ޢުމުރު ފުރައެއްގެ މީހުންނާއި ގުޅޭ އެކުވެރި އެކެވެ. ފ.އަތޮޅުގެ ކޮންމެ ރަށެއްގެ މީހެއްގެ ކައިރީގައި އޭނާގެ ނަން ބުންޏަސް އެމީހަކަށް އެއީ ކާކުކަން އެގޭނެ އެވެ. އަދި އެހެން ވާހަކަ އެކެވެ. އޭނާ އަކީ ރަހުމަތްތެރިންނާއި ރައްޓަހިން ގިނަ ފަރާތެކެވެ. ރާއްޖޭގެ ކޮންމެ ހިސާބެއްގައި ވެސް އޭނާގެ ރައްޓަހިން ތިބޭނެ ކަމުގައި އޭނާ ރަގަޅަށް ދަންނަ ފަރާތްތަކުން ބުނެއެވެ. ޙަސަން ޙަމީދު އަހުމަދު އަކީ ފ.ނިލަންދޫ ރައްޔިތުންގެ ބަހުންނަމަ ހަމީދޮންބެ އެވެ. ބޭރު ރަށްރަށުންގެ ރަހުމަތްތެރިންގެ ބަހުންނަމަ ހަމީދުބެ އެވެ.

 
 
އަޙްމަދު ޢަލީ
 
ޙަލީމާ
 
ހުސައިން މަނިކު
 
ހައްވާ ޒާހިރާ
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
ޙަސަން ޙަމީދު
 
 
 
 
 
މަރިޔަމް ޙުސައިން
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
ޢާއިޝަތު ޙަމީދު
 
 
 
 
 
 
 

ސަރުކާރަށް ޚިދުމަތްކުރުން

[އުނިއިތުރު ގެންނަވާ]

މިހާރު ޢުމުރުން 70ގެ އަހަރުތައް ގުނަމުންދާ ޙަސަން ޙަމީދު ގެ ޚިދުމަތް ފެށިގެން އައިސްފައިވަނީ ވަރަށް ކުރިންނެވެ. އޭގެ ހެއްކަކީ ސަރުކާރުގައި މެދު ނުކެނޑި 30 އަށްވުރެ ގިނަ އަހަރު ވަންދެން ޚިދުމަތް ކުރައްވާފައި ވާކަމެކެވެ. ދެވަނަ ޕެންޝަން ލިބިލެއްވުމަށް ކައިރިވެފައި ވަނިކޮށް އައި މެދުކެނޑުމަކަށް ފަހު ވެސް ޙަސަން ޙަމީދު ވަނީ ސަރުކާރުގެ ޚިދުމަތު ގައި ދެމިހުރެފައެވެ. އެންމެ ފަހުން އަދާކުރި ވަޒީފާއަކީ ރާއްޖެތެރޭގެ ޚާއްޞަ އެހީތެރިޔާގެ މަގާމެވެ. ޖުމްލަ އެއްކޮށް ގާތްގަނޑަކަށް 40 އަހަރަށްވުރެ ދިގު މުއްދަތަކަށް ސަރުކާރުގައި ޙަސަން ޙަމީދު ވަނީ ޚިދުމަތް ކޮށްފައެވެ. ސަރުކާރުން މެދުކެނޑިފައި ތިބި މީހުންގެ މެދު ކެނޑުނު މުއްދަތު ގުޅުވައި ދިނުމަށް 2007 ވަނައަހަރު ރައީސުލް ޖުމްހޫރިއްޔާ ކަނޑަ އެޅުއްވުމުން ޙަސަން ހަމީދު އަށް ވަނީ ދެޕެންޝަން ވެސް ލިބިފައެވެ. އުމުރުން 65 އަހަރުވެފައިވާތީ ސިވިލް ސާވިސްގެ ގާނޫނަށް ޢަމަލު ކުރަން ފެށުމާއެކު ހަސަން ހަމީދުވަނީ 1 މެއި 2008 ން ފެށިގެން ސަރުކާރުގެ ވަޒީފާއިން ވަކިކުރެވި މުސްކުޅި ކުރެވިފައެވެ.

ޙަސަން ޙަމީދު ފިނިފެންމާގެ ފ.ނިލަންދޫ.


ސަރުކާރުގައި ޙަސަން ޙަމީދު ތަފާތު އެކި ފަންތީގެ ވަޒީފާތައް ފުރުއްވާފައި ވެއެވެ. މިގޮތުން ފުރުއްވާފައި ވަޒީފާ ތަކުގެ ތެރޭގައި ފ.ނިލަންދޫ މިސްކިތުގެ މުދިމްކަން، ފ.ނިލަންދޫ ކުޑަކަތީބުކަން، ކަތީބުކަން، ފ.އަތޮޅު އޮފީހުގެ ސެކެޓްރީކަން، ފ.އަތޮޅު ވެރިޔާކަން، ފ.އަތޮޅު އޮފީހުގެ އެހީތެރިޔާކަން، އަދި މިހާރު އަދާކުރައްވާ ރާއްޖެތެރޭގެ ޚާއްޞަ އެހީތެރިކަން ހިމެނެއެވެ. މީގެ އިތުރުން އަތޮޅުގެ ނިސްބަތުގައި ސަރުކާރު ނޫނަސް ތަފާތު މަގާމްތައް އެކި ދުވަސްވަރު ފުރުއްވާފައި ވެއެވެ. އެގޮތުން ފ.އަތޮޅު ކޮމެޓީގެ މެންބަރު ކަމާއި، އަދި ފ.އަތޮޅު ފިހާރައިގެ މެނޭޖަރުކަން ފަދަ މަގާމްތައް ފާހަގަ ކޮށްެލެވެއެވެ.

ފ.އަތޮޅު އޮފީހުގައި ޙަސަން ޙަމީދު ސެކެޓްރީއެއްގެ ގޮތުން މަސައްކަތް ކުރެއްވި ދުވަސްވަރު އެކި ފަހަރު މަތިން އަތޮޅު އޮފީސް ހިންގުމުގެ ބުރަ ޒިންމާ ވެސް އުފުއްލަވާފައި ވެއެވެ. މީގެ އިތުރުން ހަމަ އެމަގާމްގައި ހުންނެވި ދުވަސްވަރު އެކިއެކި ރަށްރަށުގެ ރަށު އޮފީސްތައް ހިންގުމުގައި ވެސް ބައެއް ފަހަރު ހަރަކާތްތެރި ވެފައިވާކަން ފާހަގަ ކުރެވެއެވެ. ދާދި ފަހަކާއި ޖެހެންދެން އިމާމުވެ ހުކުރު ވެސް ކުރައްވާފައި ވެއެވެ.

ވަޒީފާގައި އުޅުއްވި ދުވަސްވަރު ވެސް ޢާއްމު ރައްޔިތުންނަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށް ދެއްވި އެވެ. ޢާއްމު ރައްޔިތުންގެ ތެރެއިން މީހުން ސަރުކާރުގެ ފަރާތްތަކަށް ލިޔަންޖެހޭ ސިޓީ ފަދަ ތަކެތި ލިޔާނޭގޮތް ބުނެދީ ހެއްދެވި އެވެ. އަދި މިނޫނަސް އެކި މީހުންގެ ބޭނުންތައް ފުއްދުމުގައި ވީވަރަކުން އެހީތެރިވެ ދެއްވައި އުޅުއްވި އެވެ.

އަދާކުރެއްވި ވަޒީފާތައް

[އުނިއިތުރު ގެންނަވާ]
  • ފ.ނިލަންދޫ އާސާރީ މިސްކިތުގެ މުދިމްކަން
  • ފ.ނިލަންދޫ ކުޑަ ކަތީބުކަން
  • ފ.ނިލަންދޫ ކަތީބުކަން
  • ފ.އަތޮޅު އޮފީހުގެ ސެކެޓްރީކަން
  • ފ.އަތޮޅުވެރިޔާ ކަން
  • ފ.އަތޮޅުގެ އެޓާނީ ޖެނެރަލްގެ އެހީތެރިކަން
  • ފ.އަތޮޅު އޮފީހުގެ އެހީތެރިޔާކަން
  • ރާއްޖެތެރޭގެ ޚާއްޞަ އެޙީތެރިކަން


  • ފ.އަތޮޅު ކޮމިޓީގެ މެންބަރުކަން
  • ފ.އަތޮޅު ސްޓޯރުގެ މެނޭޖަރުކަން
  • ފ.އަތޮޅު ކޮމިޓީގެ ޚަޒާންދާރު ކަން

ފ.އަތޮޅު ވެރިކަމާއި ނިލަންދޫގެ ވެރިކަން

[އުނިއިތުރު ގެންނަވާ]

ހަސަން ޙަމީދު އެންމެ ގިނަ ދުވަހު ޚިދުމަތް ކުރެއްވީ ވެރިކަމުގެ ދާއިރާގއެވެ. އެގޮތުން ފ.އަތޮޅު ވެރިކަން، އަދި ފ.ނިލަންދޫގެ ވެރިކަމުގެ ދާއިރާގައި ގިނަ ދުވަސް ތަކެއް ވޭތިކުރައްވާފައި ވެއެވެ. ފ.އަތޮޅު އަތޮޅުވެރިޔާގެ މަގާމް ޙަސަން ހަމީދު އަށް ލިބިލެއްވީ 3 ޖޫން 1973 ގައެވެ. ޖުމްލަ 4 މަހާއި 14 ދުވަހު ފ.އަތޮޅު ވެރިކަން ޙަސަން ޙަމީދު ކޮށްފައިވެއެވެ. ނިލަންދޫގެ ވެރިކަމުގެ ދާއިރާއަށް ބަލާއިރު ފުރަތަމަ ފަހަރަށް ކުޑަކަތީބުކަން ލިބުނީ 8 އޮކްޓޯބަރ 1967 ގައެވެ. އަދި ކުޑަކަތީބު ކަމުން ކަތީބު ކަމަށް 30 މެއި 1970 ގައި ބަދަލު ކުރެއްވި އެވެ. ތަފާތު އެތައް ފަހަރެއްގެ މަތިން ނިލަންދޫގެ ވެރިކަމުގެ ދާއިރާގައި 15 ވަރަކަށް އަހަރު ޙަސަން ހަމީދު ހޭދަކޮށްފައި ވެއެވެ.

ޅެންވެރިކަމާއި ޘަގާފީ ކުޅިވަރުތައް

[އުނިއިތުރު ގެންނަވާ]

ޙަސަން ޙަމީދު އަކީ ޅެންވެރިއެކެވެ. މިގޮތުން އެކިއެކި މުނާސަބާތްތަކާއި ގުޅުވައިގެން ޅެމާއި ލަވަ ހައްދަވައި ފޮތްތަކުގެ ސިފައިގައި ޖަމާކުރައްވާފައި ވެއެވެ. ޙަސަން ޙަމީދު އަކީ ވަރަށް މޮޅަށް ބެރު ޖަހައި އުޅުއްވި ބޭފުޅެކެވެ. އޭނާގެ ދަރިންގެ ތެރެއިން ވެސް ގިނަ ކުދިންނަކީ މިހުނަރުގެ ވެރިންނެވެ. އަދި ޙަސަން ޙަމީދު ވަނީ ރަށުގެ ވަރަށްގިނަ ޒުވާނުންނަށް ބޮޑު ބެރު ޖެހުމުގެ ހުނަރު ދަސްކޮށްދީފައެވެ. މީގެ އިތުރުން ތާރަ ޖެހުމާއި، ޘަޤާފީ އެހެން ކުޅިވަރުތައް ވެސް ޙަސަން ޙަމީދު ދެނެލައްވައެވެ.

ޙަސަން ޙަމީދުގެ ޅެން ފޮތުން ޅެމެއް

[އުނިއިތުރު ގެންނަވާ]

ގުލްޝަންތަކުން ފަރިވާމަލުން، ޝުކުރޭ އަދާކުރެވޭނެނީ

ބުލްބުލްތަކާ މުނިޔާތަކުގެ، ރާގަށް ހަދައި ތުޙުފަތު ދެނީ


އެކުވެރިވިހާ އަޚްނާއި އުޚުތުން، އެކުއެކީ އެއްބަސް ވެގެން

އެކުވެވި މިރަށު އެންމެން ތިބުން، އަބަދަށްޓަކައި އެދިގެންވަނީ


އާލާވަމުން އައި ރޫހް، އެކުވެރިކަމުގެ ހިތްތައް ފަރިވަމުން

އާޒާދުކަން ލިބެވޭގޮތުން، ދެމެހެއްޓުމޭ އެދިގެންވަނީ


ޖާހިލުކަމާ ޒުލްމްގެ ދުވަސްތައް، ދައުރުވީގޮތް ހަނދުމަކޮށް

މާޒީގެ އެކުވެރިކަން އަލުން، އާލާކުރުން އެދިގެންވަނީ


ގައުމާ ވަޠަން އެދެވޭގޮތަށް، ތަހްޒީބުގައި ކުރިއަށް ދިއުން

ގައުމީ ދަރިންނަށް ވާޖިބެއް، ކަމުގައި ހެދުން ލާޒިމްވަނީ


މުސްކުޅި، ޅަ، މެދު ޢުމުރުގެ އަޚުން، އެކުވާނެހެން ޅެމުގާ އައުން

ހުސްހަށި ބަޔަށް ދާންދެން މިކަން، ދެމެހެއްޓުމަށް މިގޮވާލަނީ


ތެދުވެރި އަޚުންނާ އުޚުތުނަށް، ހެދުނާ ހަވީރުގެ މާތަކުން

އެކުލާ ގަތާ ރަންހާރުތައް، ވެދުމަށް އަރިސްކޮށް އަރުވަނީ


އައިހާ ރަބީޢީ މޫސުމެއް، ފާގަތިކަމާ އެކުވެރިކަމުން

ފައުޅާއެކީ ތިއަރިސްތަކަށް، ޝުކުރޭ މިދަންނަވަމުން ދަނީ


އެކުވެރި ވަފާތެރި މިތުރުނަށް، ދެގޮތެއް ނުވާ ވެދުމާ ސަލާމް

އެކުލާ ޅެމުން ތަކުރާރުކޮށް، މިޚިޔާލުތައް ނިންމާލަނީ

އަމިއްލަ ދިރިއުޅުން

[އުނިއިތުރު ގެންނަވާ]

ޙަސަން ޙަމީދު ގެ މަންމަ އަކީ ޙަލީމާ އެވެ. ބައްޕަ އަކީ އަހުމަދު އަލީ ( އައްމަދޭ ) އެވެ. ޙަސަން ޙަމީދުގެ ހުރި ހަމައެކަނި އެއްބަނޑު އެއްބަފާ ކޮއްކޮ ވަނީ ވަނީ ނިޔާވެފައެވެ. އޭނާ ނިޔާވީ ރަށަށް އަރުވާލި އާދަނު ކިޔާ މީހަކު އޭނާ ރޭޕްކޮށް މަރާލުމުންނެވެ. ޙަސަން ޙަމީދު އަހުމަދު ހަތަރު ކައިވެނިކޮށް އޭގެ ތެރެއިން ދެބަނޑަށް 18 ކުދިން ލިބިލެއްވި އިރު ދުނިޔޭގައި ތިއްބެވީ 14 ކުދިންނެވެ. ޙަސަން ޙަމީދު ފަދައިން އޭގެ ތެރެއިން ގިނަ ކުދިން ވެސް ތިއްބެވީ ސަރުކާރު ޚިދުމަތުގައެވެ. ރަށުގެ އެކިއެކި ދާއިރާތަކުގަޔާއި މާލޭގެ ތަފާތު ވަޒީފާތަކުގައި ޙަސަން ޙަމީދު އަށް ބައްޕަ އަދި ކާފަ ކިޔުއްވާ ކުދިންނާއި މީހުން އެބަތިއްބެވެ.

ޙަސަން ޙަމީދު ފުރަތަމަ ކައިވެނި ބައްލަވައިގަތީ ފ.ނިލަންދޫ ޢައިޝަތު އުމަރު މަނިކު(އުމަރުބޭގެ އައިޝާ މަނިކެ) އާއެވެ. އެކައިވެނިން ކުއްޖަކު ލިބިފައެއް ނުވެއެވެ. އެއަށްފަހު ދެން ކައިވެނި ބައްލަވައިގަތީ ޢައިޝަތު މޫސާ އާއެވެ. އެކައިވެނިން 7 ކުދިން ލިބި 4 ކުދިން ދުނިޔޭގައި އެބަތިބި އެވެ. ޙަސަން ޙަމީދު ގެ ކުދިންގެ ތެރެއިން ދޮއްޓަށް ތިބި 2 ފިރިހެން ކުދިންނާއި، 2 އަންހެން ކުދިންނަކީ އައިޝަތު މޫސާގެ ބަނޑުން ލިބިލެއްވި 4 ކުދިންނެވެ. ދެން ކައިވެނި ބައްލަވައި ގަތީ ދ.ހުޅުދެލީ ޚަދީޖާ މޫސާ އާއެވެ. އެކައިވެނިން ކުއްޖަކު ލިބިފައެއް ނުވެއެވެ. އެއަށްފަހު ކައިވެނި ބައްލަވައިގަތީ މިހާރުގެ އަނބިމީހާ މަރިޔަމް ޙުސައިން އާއެވެ. މަރިޔަމް ޙުސައިންގެ ފަރާތުން 11 ކުދިން ލިބި 10 ކުދިން ދުނިޔޭގައި އެބަތިބި އެވެ.

އުފަން ދަރިން

[އުނިއިތުރު ގެންނަވާ]

ޙަސަން ޙަމީދު ދަރިންގެ ތެރެއިން އެންމެ ދޮށީ ފިރިހެން ދަރިފުޅު މުޙައްމަދު ނަސީމް އަކީ ފ.އ.ތ.މ ގެ އެސިސްޓެންޓް ހެޑްމާސްޓަރެވެ. ޢަބުދުއް ލަތީފް ޙަމީދަކީ ނިލަންދޫ ކޯޓްގެ އެއް މެޖިސްޓްރޭޓް އެވެ. ޢަބުދުލް ޙަލީމް ޙަމީދު އާއި، ޢަބުދުލް މަޖީދު ޙަމީދު މަސައްކަތް ކުރަނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސް ގައެވެ. ޢާއިޝަތު ޙަމީދު ނިލަންދޫ އޮފީހުގައި މަސައްކަތްކުރާއިރު، ހަބީބާ ޙަމީދު މަސައްކަތްކުރައްވަނީ ނިލަންދޫ ކޯޓްގައެވެ. ޝާހިދާ ޙަމީދު އަތޮޅު އޮފީހުގައެވެ.

އިސްވެ ބުނެވުނީ ސަރުކާރުގައި ވަޒީފާ އަދާކުރައްވާ މީހުންގެ ވާހަކަ އެވެ. ސަރުކާރުގައި ނޫޅުނަސް ރަށަށް ބޭނުން ވަރަށް މުހިއްމު ވަޒީފާއެއްގައި ޙަސަން ޙަމީދުގެ ދަރިއެއްގެ ޚިދުމަތް ރަށަށް ލިބެއެވެ. ރަށުގައި ތިބި މަދު ފާމަސިސްޓުންގެ ތެރެއިން ޒަހިއްޔާ އަކީ ޙަސަން ޙަމީދު ގެ އުފަން ދަރިއެކެވެ. ޞިއްޙީ ދާއިރާގެ މިމުހިއްމު ވަޒީފާގައި ޒަހިއްޔާ އަދާކުރާ ރޯލަށް ޝުކުރު ޙައްގެވެ.

މުޅި ނިލަންދޫ ފަސްގަނޑަށް ބަލައިލި ނަމަވެސް ޢިލްމީ ކުދިންތަކެއް ތިބި ބަގީޗާގެ ކުދިންނަކީ ވެސް ޙަސަން ޙަމީދު އަށް ކާފަ ކިޔުއްވާ ކުދިންނެވެ. ވަކިވަކިން ނަން ފާހަގަ ނުކުރި ނަމަވެސް މިއިން ކޮންމެ ކުއްޖެއް ދަނީ ފަސްޖެހުމެއް ނެތި ސަރުކާރާއި ގައުމަށް ޚިދުމަތް ކުރަމުންނެވެ.

އުފަންދަރިންގެ ލިސްޓް

[އުނިއިތުރު ގެންނަވާ]
  • ހަފީޒާ ޙަމީދު
  • މުޙައްމަދު ނަސީމް - ފ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އެސިސްޓެންޓް ޕްރިންސިޕަލް
  • އިބްރާހީމް ނަސީމް -
  • ޝަފީގާ ޙަމީދު


  • ޢައިޝަތު ޙަމީދު - ސެކެޓްރީ - ފ.ނިލަންދޫ އޮފީސް
  • ޙަބީބާ ޙަމީދު - އ.ސެކެޓްރީ - ފ.ނިލަންދޫ ކޯޓް
  • ޢަބުދުއް ލަތީފް ޙަމީދު - ސީނިއަރ މެޖިސްޓްރޭޓް - ފ.ނިލަންދޫ ކޯޓް
  • ޢަބުދުލް މުޙުސިން ޙަމީދު - ރައްޔިތުން މަޖުލީހުގެ ފ.ނިލަންދޫ ދާއިރާގެ މެންބަރު


  • ޢަބުދުލް ޙަލީމް ޙަމީދު - ކޯޕްރަލް - އެމްއެންޑީއެފް
  • ޢަބުދުލް ޢަޒީޒް ޙަމީދު - މެޑިކަލް ޑޮކްޓަރެއް
  • ޝާހިދާ ޙަމީދު - ކޭޝިއަރ - ފ.އަތޮޅު ހޮސްޕިޓަލް


  • ޒަހިއްޔާ ޙަމީދު - ޖޫނިއަރ އެސިސްޓެންޓް ނާރސް - ފ.އަތޮޅު ހޮސްޕިޓަލް
  • ޢަބުދުލް މަޖީދު ޙަމީދު - ކޯޕްރަލް - އެމްއެންޑީއެފް
  • ނަސީމާ ޙަމީދު -

ފާހަގަކޮށްލެވޭ ބައެއް އުފަންދަރިން

[އުނިއިތުރު ގެންނަވާ]

މުޙައްމަދު ނަސީމް

[އުނިއިތުރު ގެންނަވާ]

މުޙައްމަދު ނަސީމް އަކީ ޙަސަން ޙަމީދުގެ ދޮށީ ފިރިހެން ބޭފުޅާ އެވެ. މުހައްމަދު ނަސީމަކީ ތަޢުލީމީ ދާއިރާގައި 20 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވައި ޕެންޝަން ޙާޞިލް ކުރައްވާފައިވާ ބޭފުޅެކެވެ. 5 ކުދިންގެ ބައްޕަ މުޙައްމަދު ނަސީމް މިހާރު އަދާކުރާ ވަޒީފާ އަކީ ފ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އެސިސްޓެންޓް ހެޑްމާސްޓަރު ކަމެވެ. މުޙައްމަދު ނަސީމް އަދާކުރި އެހެން ވަޒީފާތަކުގެ ތެރޭގައި މަޖީދިއްޔާ ސުކޫލްގެ މުދައްރިސްކަން، އަހުމަދިއްޔާ ސުކޫލްގެ މުދައްރިސްކަން، ހިމެނެއެވެ. މީގެ އިތުރުން ނަސީމް އަކީ ސްކައުޓް ލީޑަރެކެވެ.

ޢަބުދުއް ލަތީފް ޙަމީދު

[އުނިއިތުރު ގެންނަވާ]

ޢަބުދުއް ލަތީފް ޙަމީދު އަކީ މަރިޔަމް ހުސައިންގެ ބަނޑުން ޙަސަން ޙަމީދަށް ލިބިލެއްވެ ފުރަތަމަ ފިރިހެން ބޭފުޅާ އެވެ. 10 އަށްވުރެ ގިނަ ދުވަހު ސަރުކާރުގައި ހޭދަކުރައްވާފައިވާ އިރު މިހާރު ހުރީ ފ.އަތޮޅުގެ ސީނިއަރ މެޖިސްޓްރޭޓް ގެ މަގާމް ގައެވެ. މައުހަދުން ހިންގި މުހާމީ ކޯސް ފުރިހަމަ ކުރެއްވުމަށްފަހު ޝަރުޢީ ދާއިރާގައި މަސައްކަތްކުރައްވަން ފެއްޓެވި ޢަބުދުއް ލަތީފް ޙަމީދު ވަނީ ކުރިން މިނިސްޓްރީ އޮފް ޖަސްޓިސްގެ ސެކެޓްރީ ކަމާއި، ފ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ސެކެޓްރީކަން ވެސް ކޮށްފައެވެ. ލަތީފްގެ ތަޢުލީމީ މަރުހަލާ ފެށިގެން އައީ ނިލަންދޫ ސުކޫލުންނެވެ. އަދި އޭގެ ފަހުން ފ.އަތޮޅު ތަޢުލީމީ މަރުކަޒުގައި ތައުލީމް ޙާޞިލް ކޮށްފައި ވެއެވެ.

ޒަހިއްޔާ ޙަމީދު

[އުނިއިތުރު ގެންނަވާ]

ޒަހިއްޔާ ޙަމީދު އަކީ ފ.އަތޮޅު ހޮސްޕިޓަލް ގައި މަސައްކަތްކުރާ ޖޫނިއަރ އެސިސްޓެންޓް ނަރުހެކެވެ. އެޑްވާންސް ސެޓްފިކެޓް އިން ނާރސް އިން ފުރިހަމަ ކުރުމަށްފަހު ފ.އަތޮޅު ހޮސްޕިޓަލްގައި މަސައްކަތް ކުރަން ފެށުމުގެ ކުރިން ދެއަހަރެއްވަރު ރަށުގައި ހުރި ފާމަސީގައި ފާމަސިސްޓެއްގެ ހައިސިއްޔަތުން މަސައްކަތްކޮށްފައިވެއެވެ. އެއީ އޭގެ ކުރިން އެޑްވާންސް ސެޓްފިކެޓް އިން ފާމަސީ ކޯސް ފުރިހަމަކޮށްފައިވާތީ އެވެ. އެހެން ކަމުން ޒަހިއްޔާ އަކީ ނަރުހެކެވެ. އަދި ފާމަސިސްޓެންޓް އެއްވެސް މެއެވެ. މިހާރު ވެސް ނަރުހެއްގެ އިތުރުން އިތުރު ގަޑީގައި ފާމަސީ ގައި ޒަހިއްޔާ މަސައްކަތް ކުރެއެވެ.

ޑޭލައިޓް ކްލަބް

[އުނިއިތުރު ގެންނަވާ]

ޙަސަން ޙަމީދު އަކީ ފ.ނިލަންދޫގައި އުފެދިފައި އޮތް އެންމެ ދުވަސްވީ ޖަމްޢިއްޔާ ޑޭލައިޓް ކްލަބް ގެ އެއް ބާނީ އެވެ. މިޖަމްއިއްޔާ ވުޖޫދަށް އައުމުގައި އިސް ދައުރެއް އަދާކޮށްފައިވާ އެއް ފަރާތަކީ ވެސް ހަމަ ހަސަން ހަމީދު އެވެ. އަދި ތަފާތު ދުވަސްވަރު އެ ޖަމްޢިއްޔާ ހިންގުމުގައި ވެސް އިސް ދައުރެއް އަދާކޮށްފައިވާކަން ފާހަގަ ކުރެވެއެވެ. މިއަދު ޖަމްޢިއްޔާ ހިންގުމުގައި ޢަމަލީ ގޮތުން ބައިވެރި ނޫޅުއްވިޔަސް މުސްތަޝާރެއްގެ ގޮތުން ހަސަން ހަމީދުގެ ޚިދުމަތް ކްލަބަށް ދެއްވައެވެ. އަދި ކްލަބުން ރާވައި ހިންގާ ތަފާތު ކަންކަމުގައި ޚިޔާލު ދެއްވައި ކަންކުރަންވީ ގޮތް ބުނެދީ ހަދައެވެ. މިހާރު ވެސް އެކްލަބް ހިންގުމުގައި ހަސަން ހަމީދުގެ ބައެއް ދަރިންގެ ބައިވެރިވުން ވަރަށް ބޮޑުކަން ފާހަގަ ކުރެވެއެވެ.

އަލްފާޟިލް ޙަސަން ހަމީދު ނިޔާވެފައިވަނީ އުމުރުން 77 އަހަރުގައި 27 ޖެނުއަރީ 2014 ވީ ހޯމަ ދުވަހުގެ މެންދުރުގެ ވަގުތެއްގައެވެ. ވަޅުލެވިފައިވަނީ މާލޭ އާސަހަރާގައެވެ.