ފ.އަތޮޅު ހޮސްޕިޓަލް

ވިކިޕީޑިއާ އިންވިކިޕީޑިއާ
Jump to navigation Jump to search

ފ.އަތޮޅު ހޮސްޕިޓަލް އަކީ ފ.ނިލަންދޫ ގައި ހުންނަ ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭ މަރުކަޒެކެވެ.

ތާރީޚް[އުނިއިތުރު ގެންނަވާ]

ނިލަންދޫގައި އެންމެ ފުރަތަމަ ޞިއްޙީ ޚިދުމަތް ދެމުން ގޮސްފައިވަނީ ދިވެހިބޭސްކުރާ އަމިއްލަ ފަރާތް ތަކުންނެވެ. ޢާއިލާގެ އެހީތެރިއެއްގެ ބެލުމުގެ ދަށުން ޞިއްޙީ ޚިދުމަތް ލިބެންފެށީ 1980 ވަނައަހަރުއެވެ. ރައްޔިތުންނަށް ބޭނުންވާ ޞިއްޙީ ޚިދުމަތް އެކަށީގެންވާ ގޮތަކަށް ރަށުން ލިބެން ނެތުމުން ޞިއްޙީ ޚިދުމަތް ހޯދުމަށް ރަށުން ބޭރަށް ދާންޖެހުމުން އެކަށީގެންވާ ގޮތަކަށް ޞިއްޙީ ޚިދުމަތް ރަށުން ލިބޭނޭގޮތް ހެދުމުގެ ގޮތުން ރައްޔިތުންގެ އަމިއްލަ ޚަރަދުގައި 1992 ވަނަ އަހަރު ޞިއްޙީ މަރުކަޒެއް ބިނާ ކުރުމުގެ މަސައްކަތް ފެށުނެވެ.

ޞިއްޙީ މަރުކަޒު ޢިމާރާތްކުރުމުގެ މަސައްކަތްނިމި 30 އޭޕްރީލް 1996 ގައި ޚިދުމަތްދޭންފެށި މިމަރުކަޒު ހުޅުއްވައިދެއްވީ އެ ތާރީޚުގައި ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލް ޖުމުހޫރިއްޔާ އަލްއުސްތާޛު މައުމޫނު ޢަބްދުލް ޤައްޔޫމެވެ. މިމަރުކަޒު ހުޅުވުމާއިއެކު ލަސްތަކެއްނުވެ ޑޮކްޓަރެއްގެ ޚިދުމަތް ލިބެން ފެށިއެވެ. އެހެން ކަމުން ކުރިން ޞިއްޙީޚިދުމަތް ލިބެމުން އައިވަރަށްވުރެ ރަނގަޅަށް ޚިދުމަތް ލިބެމުން ދިޔައެވެ. ޞިއްޙީމަރުކަޒު ބިނާކޮށްފައިވަނީ ކުރިން ރައްޔިތުންގެ ކާޑުގެ ހުރިތަނުގައެވެ. މިދެންނެވި ތަނުގައި ރައްޔިތުން ޢިމާރާތްކުރި ޞިއްޙީމަރުކަޒަކީ މިހާރު ނިލަންދޫ އޮފީސް ހިންގާ ނިލަންދޫ އަންހެނުންގެ މަރުކަޒު ޢިމާރާތެވެ.

ނިލަންދޫ ރައްޔިތުން ޢިމާރާތްކުރި ޞިއްޙީމަރުކަޒު 1998 ވަނަ އަހަރު ސަރުކާރުން ހިންގަވާ މަރުކަޒެއްގެ ގޮތުގައި ހަމަޖައްސަވައި ބޭނުންވާ މުވައްޒަފުން ހަމަޖައްސަވައި ދެއްވިއެވެ. ނިލަންދޫގައި ސަރުކާރުން އަލަށް ޢިމާރާތްކުރި ޞިއްޙީ މަރުކަޒުގައި ޞިއްޙީ ޚިދުމަތް ދޭން ފަށާފައިވަނީ 07 އޭޕްރީލް 2000 ގައެވެ. ރާއްޖޭގެ ކޮންމެ އަތޮޅެއްގައި އަތޮޅު ހޮސްޕިޓަލެއް ޤާއިމު ކުރުމަށް ސަރުކާރުން ހަމަޖެއްސެވުމާއި ގުޅިގެން ނިލަންދޫގައިހުރި ޞިއްޙީމަރުކަޒު 16 ޑިސެމްބަރ 2006 ގައި އަތޮޅު ހޮސްޕިޓަލަކަށް ސަރުކާރުން ބަދަލުކުރެއްވިއެވެ. މިއީ ރާއްޖޭގައި އެންމެ ފަހުން ހުޅުވުނު އަތޮޅު ހޮސްޕިޓަލެވެ.

މިހާރު އަތޮޅު ހޮސްޕިޓަލުން ޒަމާނީ ވަސީލަތްތަކާއިއެކު ޞިއްޙީ ޚިދުމަތް ލިބެން ހުރެއެވެ. އަތޮޅު ހޮސްޕިޓަލުގައި ލެބޯރޓްރީގެ ޚިދުމަތާއި، ލޭއަޅާދިނުމާއި، އެކްސްރޭގެ ޚިދުމަތާއި، ސްކޭނިންގެ ޚިދުމަތް އަދި ކުދި ބައެއް އޮޕަރޭޝަންތައް ކުރެވެން މިހާރު ހުރެއެވެ.

ފ.އަތޮޅު ހޮސްޕިޓަލް

ފ.އަތޮޅު ޞިއްޙީ މަރުކަޒު އަތޮޅު ހޮސްޕިޓަލަކަށް ބަދަލުކޮށް ރަސްމީ ގޮތުން ހުޅުވާފައިވަނީ 16 ޑިސެމްބަރު 2006 ގައި މިނިސްޓަރ އޮފް ހެލްތު އޮނަރަބަލް އަލްފާޟިލް އިލްޔާސް އިބްރާހީމް އެވެ.


ފޯރުކޮށްދެވޭ ޚިދުމަތްތައް[އުނިއިތުރު ގެންނަވާ]

މިހާރު ފ.އަތޮޅު ހޮސްޕިޓަލުން ދެވޭ ޚިދުމަތްތަކުގެ ތެރޭގައި ބަލިމީހުން ބެލުން، ބޭސް އަޅައިދިނުން، އެދުމަތިކޮށްގެން ފަރުވާ ދިނުން، ބައެއް ކަހަލަ ލެބޯޓަރީ ޓެސްޓްތައް ކުރުން، އެކްސްރޭ ނަގައިދިނުން ކުދިކުދި އޮޕަރޭޝަންތައް ކުރުން، މާބަނޑު މީހުން ގަވާޢިދުން ބަލައި ޗެކްކުރުން، ވެކްސިން ޕްރޮގްރާމް ހިންގުން،ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުމަށް ޕްރޮގްރާމްތައް ރާވައި ހިންގުން ފަދަ ކަންތައްތައް ހިމެނެއެވެ. އަމިއްލަ 2 ބޭސް ފިހާރަ ނިލަންދޫގައި ހިންގައެވެ. 2007ވަނަ އަހަރު އޮގަސްޓްމަހުގެ މައުލޫމާތު ތަކަށް ބަލާއިރު ފ.އަތޮޅު ހޮސްޕިޓަލްގައި 2 ހައުސް އޮފިސަރުން، އަންހެނުންގެ ބަލިތަކުގެ ޑަކްޓަރެއް އަދި ހޭނައްތާ ބަލިތަކުގެ ޑަކްޓަރެއް، މަސައްކަތް ކުރެއްވަމުން ދިޔައެވެ.

  • ބަލިމީހުން ބެލުން
  • ބޭސް އަޅައިދިނުން
  • އެދުމަތިކޮށްގެން ފަރުވާދިނުން
  • ބައެއް ލެބޯޓަރީ ޓެސްޓްތައް ހަދައިދިނުން
  • އެކްސްރޭ ނަގައިދިނުން
  • އީސީޖީ ހަދައި ދިނުން
  • ކުދި އޮޕަރޭޝަންތައްކުރުން


  • މާބަނޑު މީހުން ގަވައިދުން ބަލައި ޗެކްކުރުން
  • ސިޒޭރިއަން ހެދުމާއި ވިއްސުން
  • ސްކޭން ކޮށްދިނުން
  • ލޭއަޅައިދިނުން
  • ވެކްސިން ޕްރޮގްރާމް ހިންގުން
  • ޞިއްހީ ހޭލުންތެރިކަން އިތުރުކުރުމަށް ޕްރޮގްރާމްތައް ހިންގުން

އިތުރު ފާލަންތައް[އުނިއިތުރު ގެންނަވާ]