Jump to content

ޖިހާދު

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން

ސިލްސިލާ މަޒުމޫނުތަކުގެ ތެރެއިން

އިސްލާމް


ޢަޤީދާ

 • ތައުހީދް
މުޙައްމަދުގެފާނު • ރަސޫލުންނާއި ނަބީން

ރުކުންތައް

ޝަހާދަތް • ނަމާދު
ރޯދަ • ޒަކާތް • ޙައްޖު

އަސްލުތައް އަދި ޝަރީޢާ

ޤުރުއާން • ސުންނަތް • ޙަދީޘް
ފިޤުހު • ޝަރީޢާ • ކަލާމް • ތަޞައްވުފް

ތާރީޚް އަދި ލީޑަރުން

ޘަޤާފަތް އަދިމުޖުތަމަޢު

ކިޔެވުން • ހައިވާނުން • ފަންނުވެރިކަން
ކަލަންޑަރު • ކުޑަކުދިން
ޤައުމުތައް • ޢީދު
މިސްކިތް • ފަލްސަފާ
ޢުލޫމް • އަންހެނުން
ސިޔާސަތު • ދަޢުވާ

އިސްލާމި ނެރު
 v  d  e 


ޖިހާދު، މިލަފްޒުގެ މާނައަށް ބަލާއިރު ބަހުގެ މާނައަކީ ކަމަކާއި މެދު އެމީހަކަށް ކުރެވެން އޮތް އެންމެ މަތީ މިންވަރަށް މަސައްކަތް ކުރުމެވެ. ނުވަތަ ތިމާގެ ދުޝްމަނަކާއި އެއްވެސް ޖެހިލުމެއް ނެތި ކުރިމަތިލުމެވެ.

އިސްލާމް ދީނުގައި ޖިހާދުގެ މާނަ

[އުނިއިތުރު ގެންނަވާ]

ޝަރީޢަތުގެ އިސްތިލާހުގައި ޖިހާދުގެ މާނައަކީ، މީހެއްގެ ވަރުގަދަކަމާއި ކުޅަދާނަކަން ތިމާ އީމާންވެގެން ހުރި ހައްޤުގޮތް ކުރިއެރުވުމުގައި (ﷲ ގެ ކަލިމަފުޅު މަތިވެރި ކުރުމުގައި) ހޭދަކުރުމެވެ. އެއީ ފުރާނައިގެ ގޮތުގައި ވިޔަސް، ފަސާދަ އާއި ނުބައި ކަންތައްތަކުން މީސްތަކުން ރައްކާތެރި ކުރުމުގައްޔާއި، ކެރިގެން ދުޝްމިނަކާއި ކުރިމަތި ލުމުގައްޔާއި، ތަފާތު އެކި ގޮތްގޮތުން (ސިޔާސީ ގޮތުންނާއި އަސްކަރީގޮތުން އަދި އިޖްތިމާޢީ ގޮތުން) ދުޝްމިނާ ނައްތާލުމާއި، އިސްލާމްދީނަށް ނަޞްރު ދިނުމެވެ. އެހެން ގޮތަކުން ދަންނަވަނީ ނަމަ ޖިހާދުގެ މާނައަކީ، އިންސާނާގެ މަތިން އިންސާނާގެ ވެރިކަން ފުހެލައި، އެއްކައުވަންތަ ﷲގެ ވެރިކަން ޤާއިމްކުރުމެވެ.

ޖިހާދުގެ ދަރަޖަތައް

[އުނިއިތުރު ގެންނަވާ]

އަލްއިމާމް އިބްނު ޤައްޔިމް އަލްޖައުޒިއްޔާ ވަނީ ޖިހާދު 13 ބަޔަށް ބައްސަވާފައެވެ. ވިދާޅުވިއެވެ.[1]

ފަހެ ޖިހާދު ބެހިގެންވަނީ 4 ބައަކަށެވެ. އެއީ ނަފްސުގެ ޖިހާދާއި، ޝައިޠާނާ އާއި ދެކޮޅަށް ކުރާ ޖިހާދާއި، ކާފަރުންނާއި ދެކޮޅަށް ކުރާ ޖިހާދާއި އަދި މުނާފިޤުންނާއި ދެކޮޅަށް ކުރާ ޖިހާދެވެ.

ނަފްސުގެ ޖިހާދު

[އުނިއިތުރު ގެންނަވާ]

އަލްއިމާމް އިބްނު ޤައްޔިމް އަލްޖައުޒިއްޔާ ވިދާޅުވިއެވެ.[1]

ފަގެ ނަފްސުގެ ޖިހާދުވެސް އެފަދައިން 4 ބައަކަށް ބެހިގެންވެއެވެ:

ފުރަތަމައީ: ① ހިދާޔަތާއި، ޙައްޤު ދީނުގެ ޢިލްމު ދެނެގަތުމުގައި ނަފްސާ ކުރާ ޖިހާދެވެ. އެ ޢިލްމަކީ، އެއާއި ލައިގެން މެނުވީ އެ ނަފްސަށް ކާމިޔާބުލިބުމެއް ނުވާ، އަދި ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަމެއްވެސް ނުވާ ޢިލްމެވެ. އަދި އެ ޢިލްމު ފާއިތުކޮށްފިމީހާ، ފަހެ އޭނާ ދެދުނިޔޭގައިވެސް އަބާއްޖަވެރިވެގެން ވެއެވެ.

ދެވަނައީ: ② (ހިދާޔަތާއި، ޙައްޤު ދީނުގެ) ޢިލްމު އެނގުމަށްފަހުގައި އެއަށް (އެދީނަށް) ޢަމަލުކުރުމުގައި ގަދައަޅައި މަސައްކަތްކުރުމެވެ. ޢަމަލަކާއި ނުލައި ހަމައެކަނި ޢިލްމެއް އެނގުމުން، އެއިން ގެއްލުމެއް ނުވިޔަސް، ފައިފާއެއް ވެސް އެއަކުން ނުކުރާނެއެވެ.

ތިންވަނައީ: ③ އެއަށް ދަޢުވަތުދިނުމާއި އެ ނޭނގޭ މީހުންނަށް އުނގަންނައިދިނުމުގައި ގަދައަޅައި މަސައްކަތް ކުރުމެވެ. އެހެންނޫނީ، އޭނާ ވާހުށީ ބަޔާންވެގެންވާ ތެދުމަގާއި ހިދާޔަތު اﷲ ބާވައިލެއްވުމަށްފަހުގައި އެ ވަންހަނާ ކުރާ މީހުންގެ ތެރެއިންނެވެ. އޭރުން އެ ޢިލްމަކުން އޭނާއަށް މަންފާއެއް ނުކުރާނެއެވެ. އަދި އެ ޢިލްމު، اﷲގެ ޢަޛާބުން އޭނާ ނަޖާއެއްވެސް ނުމެކުރާނޭމެއެވެ.

ހަތަރުވަނައީ: ④ اﷲގެ މަގަށް ދަޢުވަތުދިނުމުގައި ދިމާވެދާނޭ ދަތިތަކާއި، މީސްތަކުންގެ ފަރާތުން ކުރިމަތިވެދާނޭ ގެއްލުމަކަށް ކެތްތެރިވެ اﷲ އަށްޓަކައި އެ ހުރިހައި ކަމެއް އުފުލުމުގައި ގަދައަޅާ މަސައްކަތް ކުރުމެވެ

ދެންފަހެ މި ހަތަރު މަރާތީބު ފުރިހަމަ ވުމަށްފަހުގައި އޭނާ الربانيون ގެތެރެއިން ވެދާހުއްޓެވެ. އަދި ޢިލްމުވެރިޔާ އޭނާއަށް ޙައްޤު އެނގި އެއާއި އެއްގޮތަށް ޢަމަލުކޮށް އެ އުނގަންނައިދިނުމުން މެނުވީ އޭނާއަށް ރައްބާނީ އެކޭ ނަންދިނުން ޙައްޤުވެގެން ނުވާކަމަށް ސަލަފުންވަނީ އިޖްމާޢުވެވަޑައިގެންފައެވެ. ޢިލްމު ލިބިހުރެ އެއަށް ޢަމަލުކޮށް އެ އުނގަންނައިދޭ މީހާ، ފަހެ އުޑުތަކުގެ މަލަކޫތުގައި އޭނާގެ މަތިވެރިކަމުގެ ދަޢުވާ ކުރެވޭނެއެވެ.

ޝައިޠާނާއާ ކުރެވޭ ޖިހާދު

[އުނިއިތުރު ގެންނަވާ]

އަލްއިމާމް އިބްނު ޤައްޔިމް އަލްޖައުޒިއްޔާ ވިދާޅުވިއެވެ.[1]

ޖިހާދުއްޝައިޠާން އާއި މެދުގައި ދަންނާށެވެ. އެ ދެ މަރުތަބާއަކަށް ބެހިގެންވެއެވެ.

ފުރަތަމައީ: ⑤ ތިމާގެ އީންމާތެރިކަން ނައްތާލުމަށްޓަކައި އަންނަ ޝުބުހާތުތަކާއި ޝައްކުތަކުން ދިފާޢުވެ އެކަންކަން ދުރަށް ޖައްސާލުމެވެ.

ދެވަނައީ: ⑥ ޝައިޠާނާ ވަސްވާސްދޭ ފާސިދު ކަންތައްތަކާއި ޝަހުވަތްތަކަށް ފުރަގަސްދީ އެއިން ދިފާޢުވުމެވެ.

ފަހެ އޭގެ ފުރަތަމަ ވައްތަރުގެ ޖިހާދާ ގުޅިގެން އަންނާނީ އީމާންކަމުގެ ޔަޤީންކަމެވެ. ދެވަނަ ވައްތަރު ޖިހާދާ ގުޅިގެން އަންނަނީ ކެތްތެރިކަމެވެ.

اﷲ تعلى ވަޙީކުރެއްވިއެވެ.

﴿ وَجَعَلْنَا مِنْهُمْ أَئِمَّةً يَهْدُونَ بِأَمْرِنَا لَمَّا صَبَرُوا وَكَانُوا بِآيَاتِنَا يُوقِنُونَ ﴾ السجدة: ٢٤

މާނައީ: "އަދި އެބައިމީހުން ކެތްތެރިވީހިނދު، ތިމަންއިލާހުގެ އަމުރުފުޅަށް ތެދުމަގު ދައްކަވާ އިމާމުންތަކެއް ތިމަންއިލާހު އެބައިމީހުންގެ ތެރެއިން ލެއްވީމެވެ. އަދި ތިމަންއިލާހުގެ އާޔަތްތަކާމެދު ޔަޤީންކުރާ ކަމުގައި އެބައިމީހުންވިއެވެ."

اﷲ އަންގަވަނީ ދީނުގައި އިމާމަތު (ވެރިކަން) ވާހުށީ ކެތްތެރިކަމާއި އީމާންކަމުގެ ޔަޤީންކަމާއި ލައިގެން ކަމަށެވެ. ކެތްތެރިކަމުން ޝަހުވަތްތައް ދުރުކޮށްދެއެވެ. އަދި އަދި ޔަޤީންކަމުން ޝައްކުތައް ދުރުކޮށްދެއެވެ.

ކާފަރުންނާއި މުނާފިޤުންނާ ކުރެވޭ ޖިހާދު

[އުނިއިތުރު ގެންނަވާ]

އަލްއިމާމް އިބްނު ޤައްޔިމް އަލްޖައުޒިއްޔާ ވިދާޅުވިއެވެ.[1]

ކާފަރުންނާއި މުނާފިޤުންނާއި ދެކޮޅަށް ކުރާޖިހާދުގައި ހަތަރު މަރާތިބު ވެއެވެ.

⑦ ހިތުންނާއި، ⑧ ދުލުންނާއި، ⑨ މުދަލުންނާއި، ⑩ ނަފްސުންނެވެ.

ކާފަރުންނާއި ޖިހާދުކުރުން ބޮޑަށް ޚާއްޞަވެގެންވަނީ އަތުންނެވެ. އަދި މުނާފިޤުނަނާއި ޖިހާދުކުރުން ބޮޑަށް ޚާއްޞަ ވެގެންވަނީ ދުލުން ކުރުމަށެވެ.

އަނިޔާވެރިންނާއި ބިދުޢަވެރިންނާއި މުންކަރާތުގެ އަހުލުވެރިންނާއި ދެކޮޅަށް ކުރާ ޖިހާދާއި މެދުގައި ދަންނާށެވެ! ފަހެ ފަ އެ ބެހިގެން ވަނީ 3 މަރުތަބާއަކަށެވެ.

ފުރަތަމައީ: ⑪ ކުޅަދާނަވެގެންވާނަމަ އަތުންނެވެ. އެކަމަށް ނުކުޅެދިއްޖެނަމަ (ދެވަނައަށް:) ⑫ ދުލުންނެވެ. އަދި އެކަމަށް ވެސް ނުކުޅެދިއްޖެ ނަމަ އޮތީ ⑬ ހިތުން ޖިހާދު ކުރުމެވެ. (އެބަހީ: އެހަމާއި ނުރުހުންތެރިވެ އެކަމަކީ ނުބައި ކަމެއްކަމުގައި ދެކުމުންނެވެ.)

  1. 1.0 1.1 1.2 1.3 زاد المعاد في هدي خير العباد (3/ 9)