ސުލްޠާން ޢަލީ ކަލަމިންޖާ (ތިންވަނަ)

ވިކިޕީޑިއާ އިންވިކިޕީޑިއާ
Jump to navigation Jump to search

ސުލްޠާން ޢަލީ ކަލަމިންޖާ (ތިންވަނަ) އަކީ މީލާދީން 1277 ން 1288 އަށް ދިވެހިރާއްޖޭގެ ރަސްކަން ކުރެއްވި ރަދުންނެވެ. އެއީ ހިޖުރައިން 676 ން 686 އަށެވެ. މިރަދުން ރަސްކަމަށް އިސްވެ ވަޑައިގަތީ ހިޖުރައިން 676 ވަނަ އަހަރު އެވެ. ސުލްޠާން ޢަލީ ކަލަމިންޖާ (ތިންވަނަ) ރަސްކަމަށް އިސްވެވަޑައިގަތީ ސުލްޠާން މުޙައްމަދު އައުދަ ކަލަމިންޖާ އަވަހާރަ ވުމުންނެވެ. މިރަދުންނަކީ ސުލްޠާން މުޙައްމަދު އައުދަ ކަލަމިންޖާގެ ދަރިކަލެކެވެ. މިރަދުންގެ ކޮލީ ނަންފުޅަކީ ސިރީ އަރީދީ ސުވަރަ މަހާރަދުންނެވެ. މިރަދުން 10 އަހަރު ވާންދެން ދިވެހިރާއްޖޭގެ ރަސްކަން ކުރެއްވިއެވެ. އަވަހާރަވީ ހިޖުރައިން 686 ވަނަ އަހަރު އެވެ.

މަރުޖިޢުތައް

  • ތަންގީޙު ކުރެވުނު ދިވެހިރާއްޖޭގެ ތާރީޚްގެ ތަންތަންކޮޅު - މުޙައްމަދު އަމީން
ކުރިން ހުންނެވީ:
ސުލްޠާން މުޙައްމަދު އައުދަ ކަލަމިންޖާ
ދިވެހިރާއްޖޭގެ ރަދުން
މީލާދީން ތޭރަވަނަ ޤަރުނު
ފަހުން ވަޑައިގަތީ:<br./>ސުލްޠާން ޔޫސުފު ކަލަމިންޖާ (އެއްވަނަ)