ސުލްޠާން މުޙައްމަދު އައުދަ ކަލަމިންޖާ

ވިކިޕީޑިއާ އިންވިކިޕީޑިއާ

ސުލްޠާން މުޙައްމަދު އައުދަ ކަލަމިންޖާ އަކީ މީލާދީން 1267 ން 1278 އަށް ދިވެހިރާއްޖޭގެ ރަސްކަން ކުރެއްވި ރަދުންނެވެ. އެއީ ހިޖުރައިން 667 ން 676 އަށެވެ. މިރަދުން ރަސްކަމަށް އިސްވެ ވަޑައިގަތީ ހިޖުރައިން 667 ވަނަ އަހަރު އެވެ. ސުލްޠާން މުޙައްމަދު އައުދަ ކަލަމިންޖާ އަކީ ސުލްޠާން ވަޑީ ކަލަމިންޖާގެ ދަރިކަލެކެވެ. މިރަދުން ރަސްކަމަށް އިސްވެވަޑައިގަތީ ސުލްޠާން ކެއިމި ކަލަމިންޖާ އަވަހާރަ ވުމުންނެވެ. މިރަދުންގެ ކޮލީ ނަންފުޅަކީ ސިރީ އަރީދަ ސުވަރަ މަހާރަދުންނެވެ. މިރަދުން 9 އަހަރު ވާންދެން ދިވެހިރާއްޖޭގެ ރަސްކަން ކުރެއްވިއެވެ. އަވަހާރަވީ ހިޖުރައިން 676 ވަނަ އަހަރު އެވެ.

މަރުޖިޢުތައް[އުނިއިތުރު ގެންނަވާ]

  • ތަންގީޙު ކުރެވުނު ދިވެހިރާއްޖޭގެ ތާރީޚްގެ ތަންތަންކޮޅު - މުޙައްމަދު އަމީން
ކުރިން ހުންނެވީ:
ސުލްޠާން ކެއިމި ކަލަމިންޖާ
ދިވެހިރާއްޖޭގެ ރަދުން
މީލާދީން ތޭރަވަނަ ޤަރުނު
ފަހުން ވަޑައިގަތީ:<br./>ސުލްޠާން ޢަލީ ކަލަމިންޖާ (ތިންވަނަ)