ސުލްޠާން ސަލިސް ކަލަމިންޖާ

ވިކިޕީޑިއާ އިންވިކިޕީޑިއާ
Jump to navigation Jump to search

ސުލްޠާން ސަލިސް ކަލަމިންޖާ އަކީ މީލާދީން 1293 ން 1302 އަށް ދިވެހިރާއްޖޭގެ ރަސްކަން ކުރެއްވި ރަދުންނެވެ. އެއީ ހިޖުރައިން 693 ން 701 އަށެވެ. މިރަދުން ރަސްކަމަށް އިސްވެ ވަޑައިގަތީ ހިޖުރައިން 693 ވަނަ އަހަރު އެވެ.ސުލްޠާން ސަލިސް ކަލަމިންޖާ ރަސްކަމަށް އިސްވެވަޑައިގަތީ ސުލްޠާން ޔޫސުފު ކަލަމިންޖާ (އެއްވަނަ) އަވަހާރަ ވުމުންނެވެ. ބައެއް ލިޔުންތަކުގައި މިރަދުންގެ ނަންފުޅުގެ ގޮތުގައި ސުލްޠާން ސަލިސް ކަލަމިންޖާ ލިޔެފައިވީ ނަމަވެސް، އަނެއްބައި ލިޔުންތަކުގައި ވަނީ މިރަދުންގެ ނަންފުޅެއް ތާރީޚަކުން އެނގޭކަށް ނެތް ކަމަށެވެ. މިރަދުންގެ ކޮލީ ނަންފުޅަކީ ސިރީ މީސުވަރަ މަހާރަދުންނެވެ. މިރަދުންނަކީ ސުލްޠާން ޔޫސުފު ކަލަމިންޖާ (އެއްވަނަ)ގެ ދަރިކަލުންނެވެ. މިރަދުން 7 އަހަރު ވާންދެން ދިވެހިރާއްޖޭގެ ރަސްކަން ކުރެއްވިއެވެ. އަވަހާރަވީ ހިޖުރައިން 701 ވަނަ އަހަރު އެވެ.


މަރުޖިޢުތައް[އުނިއިތުރު ގެންނަވާ]

  • ތަންގީޙު ކުރެވުނު ދިވެހިރާއްޖޭގެ ތާރީޚްގެ ތަންތަންކޮޅު - މުޙައްމަދު އަމީން
ކުރިން ހުންނެވީ:
ސުލްޠާން ޔޫސުފު ކަލަމިންޖާ (އެއްވަނަ)
ދިވެހިރާއްޖޭގެ ރަދުން
މީލާދީން ސާދަވަނަ ޤަރުނު
ފަހުން ވަޑައިގަތީ:<br./>ސުލްޠާން ދާއޫދު ކަލަމިންޖާ (އެއްވަނަ)