ލާއޯސް
Lao People's Democratic Republic ສາທາລະນະລັດ ປະຊາທິປະໄຕ ປະຊາຊົນລາວ Sathalanalat Paxathipatai Paxaxon Lao | |
|---|---|
މޮޓޯ: "ສັນຕິພາບ ເອກະລາດ ປະຊາທິປະໄຕ ເອກະພາບ ວັດທະນາຖາວອນ" "Peace, Independence, Democracy, Unity and Prosperity" | |
ގައުމީ ސަލާމް: Pheng Xat Lao | |
| ވެރިރަށް and largest city | Vientiane |
| ރަސްމީ ބަސްތައް | Lao |
| Official scripts | Lao script |
| ޑިމޮނިމް | Laotian, Lao |
| ސަރުކާރު | Socialist republic, Single-party communist state |
| Lt. Gen. Choummaly Sayasone | |
| Bounnhang Vorachith | |
| Bouasone Bouphavanh | |
| Thongsing Thammavong | |
| Khammi Sayavong | |
• Date | 19 July, 1949 |
ސަރަޙައްދު | |
• Total | 236,800 km2 (91,400 sq mi) (83rd) |
• Water (%) | 2 |
އާބާދީ | |
• 2009 estimate | 6,320,000[1] (101st) |
• 1995 census | 4,574,848 |
• Density | 26.7/km2 (69.2/sq mi) (177th) |
| ޖީޑީޕީ (ޕީޕީޕީ) | 2008 estimate |
• ޖުމްލަ | $13.310 billion[2] (129th) |
• ބޮލަކަށް ޖެހެނީ | $2,127[2] (137th) |
| ޖީޑީޕީ (nominal) | 2008 estimate |
• ޖުމްލަ | $5.374 billion[2] |
• ބޮލަކަށް ޖެހެނީ | $859[2] |
| ޖިނީ (2008) | 34.6 medium |
| އެޗްޑީއައި (2007) | Error: Invalid HDI value (133rd) |
| ފައިސާ | Kip (LAK) |
| ޓައިމް ޒޯން | ޔޫޓީސީ+7 |
| ޑްރައިވިންގ ސައިޑް | right |
| ކޯލް ކޯޑް | 856 |
| އައިއެސްއޯ 3166 ކޯޑް | LA |
| އިންޓަރނެޓް ޓީއެލްޑީ | .la |
ލާއޯސްއަކީ ދެކުނު އިރުމަތީ އޭޝިޔާއަށް ނިސްބަތްވާ ބިންބަންދު ޤައުމެކެވެ.
އަވަސް ކަޅިއަކުން ބަލައިލުމެއް
[އުނިއިތުރު ގެންނަވާ]ލާއޯސްގެ ރަސްމީ ބަހަކީ ލާާއޯ ބަހެވެ. އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ލާއޯޝަންސް ނުވަތަ ލާއޯސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ވިއެންޓިއާނެވެ. މި ޤައުމުގެ ވެރިރަށަކީ ވެސް މިއީއެވެ. މިއީ ސިންގަލް ޕާޓީ ކޮމިއުނިސްޓް ސްޓޭޓެކެވެ. ސޯޝަލިސްޓް ޖުމްހޫރިއްޔާއެކެވެ. ޤައުމުގެ އާބާދީއަކީ 6 މިލިއަނެވެ. އެހެންކަމާއެކު، މިއީ ދުނިޔޭގައި 104 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 236800 އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ la. އެވެ. ކޯލިން ކޯޑަކީ +856 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ކިޕެވެ.
ނަން
[އުނިއިތުރު ގެންނަވާ]ލާއޯ ބަހުން މި ޤައުުމަށް ކިޔާ ނަމަކީ “މެއުއަން ލާއޯ” އެވެ. މީގެ މާނައަކީ “ލާއޯއިންގެ ޤައުމު” މިއެވެ. “ލާއޯ” މި ނަމުގެ ފަހަތުގައި “ސް” ނުވަތަ “އެސް” އަކުރެއް އޮތެއް ކަމަކު އެއީ ވަންހަނާ އަޑެކެވެ. އެހެން ކަމުން ކިޔާނީ “ލާއޯ” މިހެންނެވެ.
ޖުޣުރާފީ
[އުނިއިތުރު ގެންނަވާ]ލާއޯގެ ހުޅަނގު އުތުރުގައި އޮންނަނީ ޗައިނާ އާއި ބަރުމާއެވެ. އިރުމަތީގައި އޮންނަނީ ވިއެޓްނާމެވެ. ދެކުނުގައި އޮންނަނީ ކެންބޯޑިޔާއެވެ. ހުޅަނގުގައި އޮންނަނީ ތައިލޭންޑެވެ.
ތާރީޚު
[އުނިއިތުރު ގެންނަވާ]ލާއޯއިން އެމީހުންގެ ތާރީޚު ގުޅުވާލާފައިވަނީ ލަންޚަންގް ދަރިކޮޅުގެ ރަސްކަމާއެވެ. އެއީ މީލާދީން 14 ވަނަ ޤަރުނުގައި އުފަންވި ރަސްކަމެކެވެ. މި ރަސްކަން މީލާދީން 18 ވަނަ ޤަރުނާ ހަމަޔަށް ކުރި އަރަމުން އައި ކަމުގައި ވިޔަސް، އެ ހިސާބުން ވަނީ ތިން ބަޔަކަށް ރަސްކަން ބައިވެގެން ގޮސްފައެވެ. މީލާދީން 19 ވަނަ ޤަރުނުގައި މީގެ ތެރެއިން ބޮޑު ސަރަޙައްދެއް އޮތީ ފަރަންސޭސީންގެ ޙިމާޔަތުގެ ދަށުގައި ފްރެންޗް އިންޑޯޗައިނާގެ ބައެއްގެ ގޮތުގައެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި ޖަޕާނު ސިފައިން ލާއޯ ހިފުމަށް ފަހު 1945 ގައި ލާއޯއިން އެ ޤައުމުގެ މިނިވަންކަން އިޢުލާން ކުރިއެވެ. އެހެން ނަމަވެސް ފަރަންސޭސި ވިލާތުން ލާއޯއަށް މިނިވަންކަން ދީފައިވަނީ 19 ޖުލައި 1949 ގައެވެ. ލާއޯއިން ވަނީ ވިއެޓްނާމް ހަނގުރާމައިގެ ތެރެއަށް ވެސް ވެއްދިފައެވެ. ލާއޯގެ އިރުމަތީ ބިތުގެ ސަރަޙައްދުތައް އޮތީ ހަނގުރާމައިގައި އުތުރު ވިއެޓްނާމާ އެއްކޮޅަށެވެ. އަދި އުތުރު ވިއެޓްނާމަކީ އަޚްވަންތަ ޤައުމެއް ކަމުގައި ވެސް އެމީހުން ކަނޑައެޅިއެވެ. ދެކުނު ވިއެޓްނާމާ ދެކޮޅަށް އުތުރު ވިއެޓްނާމުން ކުރި ހަނގުރާމައިގައި ލާއޯގެ ބިން ބޭނުން ކުރުމުގެ ހުއްދަވެސް ވަނީ ލާއޯއިން އުތުރު ވިއެޓްނާމަށް ދީފައެވެ. މީލާދީން 1975 ގައި ކޮމިއުނިސްޓް ޕަތޭ ލާއޯ އާއި ވިއެޓްނާމް ޕީޕަލްސް އާމީ ގުޅިގެން ރަޝިޔާގެ ސޯވިއެޓް ޔޫނިއަންގެ އެހީތެރިކަމާ އެކުގައި ލާއޯގައި އޮތް ޝާހީ ސަރުކާރު ވައްޓާލިއެވެ. 2 ޑިސެންބަރު 1975 ގައި ރަސްގެފާނު ސަވަންގ ވައްތަނައަށް ފިލާ ވަޑައިގަތުމަށް މަޖުބޫރު ކުރެވުނެވެ. އޭނާ އަވަހާރަވެފައިވަނީ ހައްޔަރުކޮށްފައި ހުއްޓައެވެ. ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް ލިބުމުން ޕަތޭ ލާއޯގެ ސަރުކާރުން ވަނީ އެ ޤައުމުގެ ނަމަކީ “ލާއޯ ޕީޕަލްސް ޑެމޮކްރެޓިކް ރިޕަބްލިކް” ކަމުގައި ހަމަޖެއްސިއެވެ. އަދި ވިއެޓްނާމުގެ ސިފައިންނަށް ލާއޯގައި ތިބެވޭނެ ހުއްދައިގެ އެއްބަސްވުމެއްގައި ދެ ޤައުމުން ސޮއިކުރިއެވެ. މި އެއްބަސްވުމުގައި ވާ ގޮތުން ލާއޯގެ ދިފާޢީ ކަންތައްތަކުގައި ވިއެޓްނާމް ސިފައިންނަށް ޙަރަކާތްތެރި ވެވޭނެއެވެ. 1970 ގެ އަހަރުތަކުގައި ވިއެޓްނާމުން ވަނީ ޗައިނާއެކު އޮންނަ ގުޅުން ކަނޑައިލުމަށް ލާއޯގެ ކިބައިން އެދިފައެވެ. ނަތީޖާއެއްގެ ގޮތުން ޗައިނާގެ އިތުރުން އެމެރިކާއާ ދެމެދު އޮތް ވިޔަފާރީގެ ގުޅުން ވެސް ކެނޑި ލާއޯ ވަރަށް ބޮޑަށް އެކަހެރިވެގެން ދިޔައެވެ.
ޑެމޮގްރަފިކްސް
[އުނިއިތުރު ގެންނަވާ]ލާއޯގެ އާބާދީގެ 69% މީހުންނަކީ ލާއޯ ނަސްލުގެ މީހުންނެވެ.
ސަގާފަތު
[އުނިއިތުރު ގެންނަވާ]“ލާއޯ” މީހުންގެ ސަގާފަތަށް އެންމެ ބޮޑު ނުފޫޒެއް ފޯރުވާފައިވަނީ ތޭރަވަދާ ބުޑިޒަމްއިންނެވެ.
އިޤްތިޞާދު
[އުނިއިތުރު ގެންނަވާ]ލާއޯގެ އިޤްތިޞާދު މައިގަނޑު ގޮތެއްގައި ބިނާވެފައި އޮންނަނީ އަވަށްޓެރި ޤައުމުތަކާއެކު ކުރާ ވިޔަފާރީގެ މައްޗަށެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 2127 ޑޮލަރެވެ.