ތާވަޅަ

ވިކިޕީޑިއާ އިންވިކިޕީޑިއާ
ތާވަޅަ

ތާވަޅަ(ސައިންޓިފިކް ނަން: Hypoatherina temmincki)ނުވަތަ (އިނގިރޭސި ބަހުން: Samoan silverside) އަކީ ވަރަށް ގިނައިން ފަޅުފަޅަށް ވަންނަ އެން މަހެކެވެ. ރާއްޖޭގެ ބައެއް ހިސާބުތަކުގައި އެންވެރިކަން ދަތިވީމާ ތާވަޅަ ދަމައިގެން މަހަށްގޮސް އުޅެއެވެ. ނަމަވެސް ގިނަ މަސްވެރިން ދެކޭގޮތުގައި ތާވަޅަ އަކީ މަސްވެރިކަމަށް ރަގަޅު އެމެއް ނޫނެވެ. ކެރަވަޅަ އަކީ ތާވަޅައިގެ ކުދި ޅަމަހެވެ.

މަހުގެ ކަންފަތް ގަނޑުގައި 14 އާއި 18 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. ތާވަޅަ އަކީ ހިމަކޮށް އޮންނަ ކުޑަމަހެކެވެ. އެންމެ ބޮޑުވަނީ 11 ސމ ކަމަށް ވިޔަސް އާންމުކޮށް ފެންނަ އެންމެ ބޮޑެތި މަހުގައި ހުންނަނި 7 ސމ އެވެ. މަހުގެ ހުޅުނބުތައް ތުނިވެފައި ބޮޑެއްޗެވެ. މަހުގެ ކާނާއަކީ ކަނޑުގައި އުޅޭ ކުދިފަނިފަކުސަ އެވެ. މަހުގެ މަތީބައިގެ ކުލައަކީ ފެހިކުލައެވެ. ބަނޑުދަށް ފަރާތުގެ ކުލައަކީ ރިހިކުލައެވެ. މަހުގެ ބޮލުން ފެށިގެން ނިގޫފަތާއި ހަމައަށް ކަޅުކުލައިގެ ފުޅާ ރޮނގެއް ހުރެއެވެ. މަހުގެ މަތީބައިގައި އާންމުގޮތެއްގައި ހުންނަނީ ކަޅުކުލައެވެ.

ތާވަޅަ ފަޅުތެރެއަށް ވަދެފައި އޮންނައިރު ތޮޅި އާއި ހަނދީގެ ބާވަތްތައް ކާނާ ޝިކާރަކުރުމަށް ތާވަޅަ އައިންތަކަށް ޙަމަލާދީ ހަދައެވެ. ތާވަޅަ ފަޅުތެރޭގައި ގުންބަޅަ، މުށި މަސް އަދި ހިތިބޯ އާއެކު އައިން ހަދައިގެން އުޅެއެވެ.