ގުންބަޅަ

ވިކިޕީޑިއާ އިންވިކިޕީޑިއާ
Jump to navigation Jump to search
ގުންބަޅަ

ގުންބަޅަ ނުވަތަ ކުންބަޅަ (އިނގިރޭސި ބަހުން: Herklotsichthys quadrimaculatus)ނުވަތަ (އިނގިރޭސި ބަހުން: Blue stripe herring)އަކީ ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގެ ފަޅުފަޅަށް އެކި މޫސުމުގައި ބައިބަޔަށް ވަންނަ މަހެކެވެ. ގުންބަޅަ، ތާވަޅަ، އަދި މުށި މަސް އެކުގައި އައިން ހަދައިގެން ފަޅުތެރޭގައި އުޅެއެވެ. ރަށްރަށުގެ ފަޅުތެރެއަށް ގުންބަޅަ ވަދެގެން އުޅޭއިރު ފަނި ހަނދި ކަހަލަ ބޮޑެތި މަސް ފަޅަށް ވަދެ ޙަމަލާ ދިނުމުން ކަވައިގަނެ ރަށްރަށުގެ ގޮނޑުދޮށް ތަކަށް ގިނަ އަދަދަކަށް އަރައެވެ. އަދި ދިރޭ ގުންބަޅަ އަޅައިގެން ހަނދީގެ ވައްތަރުތައް ބޭނުމަކީ ދިވެހިން ވަރަށް ޝައުގުވެރިކަމާއެކު ކޮށް އުޅޭ މަސްވެރިކަމެކެވެ.

ގުންބަޅަ އަކީ ކުޑަކޮށް ފަތިކޮށް ދިގުކޮށް ހުންނަ މަހެކެވެ. މަހުގެ ކަންފަތް ގަނޑު ހުންނަނީ އެހެނިހެން މަސްމަހާއި ޚިލާފަށް މަހުގެ ބަނޑުދަށް ފަރާތާއި ކައިރީގައެވެ. މަހުގެ ބަނޑު ދޮށުގައި ތޫނު ކައްޓެއް ހުރެއެވެ. މިމަސް އެންމެ ބޮޑުވަނީ 14 ސމ އަށެވެ. މަހުގެ މަތީބައިގެ ކުލައަކީ ފެހި ނޫކުލައެވެ. މަހުގެ އަރިމަތީ ކުލަ އަކީ ރިހި ކުލައެވެ. މަހުގެ ނިގޫފަތުގެ ކޮޅު ހުންނަނީ ކަޅު ކުލައިގައެވެ. ދޮށި އަޅައިގެންކުރާ ކަނޑުމަހުގެ މަސްވެރިކަމުގައި އެންވެރިކަން ތަނދު ދުވަސްވަރު އެމެއްގެ ގޮތުގައި ވެސް ގުންބަޅަ ބޭނުންކުރެއެވެ. ނަމަވެސް މިއީ ކަށި ގިނަ މަހެއް ކަމުން މަސްވެރިކަން ރަގަޅަށް ކާމިޔާބު ނުކުރެވޭ ކަމަށް ވެއެވެ. މަހުގެ އާންމު ކާނާ އަކީ ފަނި ފަކުސަ އެވެ.