ކެއްސުން

ވިކިޕީޑިއާ އިންވިކިޕީޑިއާ

ކެއްސުން(އިނގިރޭސި ބަހުން: Cough) އަކީ ނޭވާލާ ނިޒާމް އަށް ތަފާތު މާއްދާތައް ވަނުން މަނާޚުރުމަށް އުފައްދައިދޭ ދިފާޢީ ރިފްލެކްސް އެކެވެ. މާގިނައިން ކެއްސާނަމަ އެއީ ބައްޔެއްގެ އަލާމާތެކެވެ. ނޭވާލުމުގެ ޒަރީޢާއިން ފެތުރޭ ވަރަށް ގިނަ ބަލިތައް ފެތުރުމުގައި ކެއްސުން އަދި ކިނބިހި އެޅުން މުހިއްމު ދައުރެއް އަދާކުރެއެވެ. ސަބަބަކީ ކެއްސައި، ކިނބިހި އެޅުމުގެ ތެރޭގައި ވައިރަސް އަދި ބެކްޓީރިޔާ ފަދަ ޖަރާސީމް ތައް ހަށިގަނޑުން ބޭރުވެގެން ވައިގެ ތެރެއަށް ގޮސް، ކައިރީގައިވާ މީހުންގެ ނޭވާލުމުގެ ނިޒާމް އަށް ފަސޭހަކަމާއެކު ވަންނާތީ އެވެ.