ދިމިޝްޤު

ވިކިޕީޑިއާ އިންވިކިޕީޑިއާ

ދިމިޝްޤަކީ ސޫރިޔާ ގެ ވެރިކަން ކުރާ ރަށެވެ. އަދި އެއްމެ ބޮޑު ޝަހަރެވެ.

ދިމިޝްޤު އޮންނަނީ ސޫރިޔާގެ ހުޅަގު ދެކުނު ބިތުގައެވެ. ކަނޑުގެ ސަތަހައަށްވުރެ 2130 ފޫޓު މަތީގައި އޮންނަ މިރަށަކީ މިހާރު ސޫރިޔާގެ ވެރިރަށެވެ.

ދިމިޝްޤު އަކީ އެންމެ ދުވަސްވީ އެއްރަށް ކަމުގައި ބެލެވެއެވެ. މީލާދީގެ 732 އަހަރު ކުރިން އާޝޫރީންގެ ބާރުދަށަށް ދިމިޝްގު ދިޔައެވެ. އެއީ އެދުވަސްވަރު ދިމިޝްޤު ގައި އޮތް އާރާމިޔާ އިންގެ ރަސްކަން ވެއްޓުމަށް ފަހުގައެވެ.

މީލާދީގެ 64އަހަރު ކުރިން ރޯމަނުން ދިމިޝްޤަށް ވެރިވުމާއި އެކު ކްރިސްޓިއަން ދީން ދިމިޝްޤު ގައި ފެތުރިގެން ދިޔައެވެ.

ހިޖުރައިން 14ވަނަ އަހަރު މުސްލިމުން ދިމިޝްގު ފަތަހަ ކުރިއެވެ. އެއަށް ފަހު މުޢާވިޔަތު ބިން އަބީ ސުފުޔާން ވެރިއަކަށް ހުންނަވައިގެން ދިމިޝްގު އިމާރާތް ކުރެއްވުމުގެ މަސައްކަތް ފެށުނެވެ. މި މަސައްކަތަށް 20އަހަރު ނެގިކަމުގައި ބުނެވެއެވެ.

އުމަވީ ދައުލަތުގެ ދުވަސްވަރު ވެރިރަށެއްގެ ގޮތުގައި ދިމިޝްގު ބޭނުން ކުރެވުނެވެ.

އުމަވީންނާއި، އައްބާސީންގެ ދުވަސްވަރަށްފަހު ޠޫލުންނާއި، ފާތިމީންގެ ބާރުގެ ދަށުގައި ވެސް ދިމިޝްގު އޮތެވެ. މީލާދީން 1260ވަނަ އަހަރު ޢުޘްމާނީން ދިމިޝްގު އަޅުވެތިކުރުމާއި އެކު ދިމިޝްގު އެމީހުންގެ ބާރުގެ ދަށަށް ދިޔައެވެ.

ޢުޘްމާނީންގެ ބާރުގެ ދަށުގައި މީލާދީން 1918ވަނަ އަހަރާއި ޖެހެންދެން ދިމިޝްގު ދެމިއޮތެވެ.

1920ވަނަ އަހަރު ފަރަންސޭސިން ދިމިޝްގު އަޅުވެތި ކުރުމަށް ފަހު ސޫރިޔާއިން މިނިވަންކަން އިޢުލާން ކުރަންދެން ދިމިޝްގު އޮތީ ފްރާންސްގެ ބާރުގެ ދަށުގައެވެ. ފްރާންސް ސިފައިން އެއްކޮށް ދިމިޝްގުއިން ފައިބައިގެން ދިޔައީ 1946 ވަނަ އަހަރުގެ ތެރޭގައި ސީރިޔާ މިނިވަން ދައުލަތެއްގެ ގޮތުގައި ހަމަޖެހިގެން ދިއުމާއި ގުޅިގެންނެވެ.

ދިމިޝްގުގައިވާ މުހިއްމު އާޘާރުތަކުގެ ތެރޭގައި އުމަވީ، އައްސުލްޠާނު ސަލީމު، ސުލައިމާނިއްޔާ، ބާޝޫރާ، ސަޤީފާ، މިނަންތައް ދެވިފައިވާ މިސްކިތްތައް ހިމެނެއެވެ. މީގެ އިތުރުން ބައެއް ފައްޅިތަކާއި، ބާޒާރު ތަކަކީ ވެސް ފާހަގަކޮށްލެވޭނެ އާޘާރުތަކެވެ.

މި މަޒުމޫނަކީ މުޅިން ފުރިހަމަ ވެފައިވާ މަޒުމޫނެއް ނޫނެވެ. މި މަޒުމޫނު ފުރިހަމަ ކޮށްދެއްވަން ބޭނުންފުޅު ނަމަ އިނގިރޭސި ވިކިޕީޑިއާ ގައި މި ޢުންވާނުގެ ދަށުން ލިޔެވިފައިވާ މަޒުމޫނު ބައްލަވައިގެން ތަރުޖަމާގެ ނުނިމި އޮތް ބައި ފުރިހަމަކޮށް ދެއްވާށެވެ. ކަނާތްފަރާތުގެ އަރިމަތީގައިވާ ފާލަންތަކުން އިނގިރޭސި ބަހުން އޮތް މަޒުމޫނަށް ވަޑައިގެންނެވޭނެއެވެ.