ފިރިހެންހަށީގެ ބޯ ދުޅަވުން

ވިކިޕީޑިއާ އިންވިކިޕީޑިއާ

ފިރިހެން ހަށީގެ ބޯ ދުޅަވުން(އިނގިރޭސި ބަހުން: Balanitis) އަކީ ފިރިހެން ހަށީގެ ކޮޅު ނުވަތަ ނުވަތަ ޚިތާނުކުރީމާ ޒަކަރުން ފާޅުވާ ހިސާބު ގައި އިންފްލެމޭޝަން އުފެދި ދުޅަވުމެވެ. ފިރިހެން ހަށީގެ ބޯ ދުޅަވުން ކުރިމަތި ކޮށްފާނެ ކަންތައްތަކުގެ ތެރޭގައި އެއްޗަކުން ޖެހި އަނިޔާވުން، ތަފާތު ޖަރާސީމް ތަކުގެ ސަބަބުން އިންފެކްޝަން އަށަގަތުން ހިމެނެއެވެ. އެގޮތުން ބެކްޓީރިޔާ، ވައިރަސް އަދި ފަންގަސް ތަކުގެ ސަބަބުން ވެސް އިންފެކްޝަން އުފެދޭކަން ފާހަގަ ކޮށްލަން ޖެހެއެވެ. އިންފެކްޝަން އުފެއްދި ޖަރާސީމުގެ ވައްތަރަކާއި ގުޅޭގޮތަށް ދެވޭ ފަރުވާ ތަފާތު ވެގެންދެއެވެ. ބައެއް ދިރާސާތަކުން ދައްކާގޮތުގައި ޚިތާނު ނުކުރާ މީހުންގެ މެދުގައި ފިރިހެން ހަށީގެ ބޯ ދުޅަވުން އާންމުވެފައި އަވަހެވެ.