ބެކްޓީރިޔާ

ވިކިޕީޑިއާ އިންވިކިޕީޑިއާ

ބެކްޓީރިޔާ (އިނގިރޭސި ބަހުން: Bacteria)އަކީ ލޮލަށް ނުފެންނަ ކުޑަކުޑަ ޖަރާސީމެކެވެ. މިއީ ޕްރޯކެރިއޮޓިކް އޯގަނިޒަމް އެކެވެ. މާނައަކީ ބެކްޓީރިޔާގައި ކުދި އޯގަނެލްސް އަދި ނިއުކްލިއަސް ތަތްވުމަށް ފަށަލައެއް ނުހުންނާނެ އެވެ. ބެކްޓީރިޔާ އަކީ އެންމެ ސެލްއެއް އެކުލެވޭ އޯގަނިޒަމް އެކެވެ. ތަފާތު ބައްޓަންތަކަށް ބެކްޓީރިޔާ ހުރެއެވެ. އެގޮތުން ވަށްކޮށް، ދިގުކޮށް، ކަތިކޮށް އަދި މިނޫން ގޮތްގޮތަށް ވެސް ބެކްޓީރިޔާ ހުރެއެވެ.

މާހައުލުގައިވާ ތަފާތު އެތަކެއް ތަނަކާއި، ތަކެތީގައި ބެކްޓީރިޔާ އުޅޭނެ އެވެ. ބެކްޓީރިޔާ ގެ ބައެއް ވައްތަރު ތަކުގެ އިންސާނުންނާއި، ޖަނަވާރުން އަދި ގަސްގަހާއި ގެއްސަށް ބަލިތައް ޖައްސައެވެ. ބައެއް ކަހަލަ ބެކްޓީރިޔާ ތަކުން ގެއްލުން ވާއިރު އަނެއްބައި ބެކްޓީރިޔާ ތަކުން ފައިދާ ވެސް ކުރާކަން ފާހަގަ ކުރަން ޖެހެއެވެ. ބިންގަނޑަކީ ގަސްގަހާގެހި ހެދުމަށް އެކަށޭނަ ތަނަކަށް ބެކްޓީރިޔާ ތަކާއި ނުލައި ނުވާނޭކަން ޔަގީނެވެ. އަދި ފަނާވެފައި ހުންނަ ތަކެތި ނެތިގެން ދިއުން ވެސް ބެކްޓީރިޔާ ވުޖޫދުނުވާނަމަ ލަސްވީހެވެ. ބައެއް ބެކްޓީރިޔާ ތަކަކީ، ކާތަކެތި، ކެމިކަލް އަދި ބޭސް އުފެއްދުމުގައި ވަރަށް ފުޅާ ދާއިރާއެއްގައި ބޭނުންކުރެވޭ އެއްޗެކެވެ.