ފަރިހި

ވިކިޕީޑިއާ އިންވިކިޕީޑިއާ
Jump to navigation Jump to search

ފަރިހި އަކީ ހަޖޫ ކިއުމާއި ސަމާސާގޮތް ހުންނަޅެމެވެ. އެއްދުވަސް ވަރެއްގައި ޅެމަށް ވެސް ފަރިހި މިހެން ކިޔައި އުޅުނެވެ. ފަރިހި އަކީ ދިވެހި ޅެމުގެ ހަތަރު ވަނަ ބާވަތެވެ. ނުވަތަ ފަރިހި އަކީ ހަޖޫ ކިއުމާއި ސަމާސާގޮތް ހުންނަޅެމެވެ. އެއްދުވަސް ވަރެއްގައި ޅެމަށް ވެސް ފަރިހި މިހެން ކިޔައި އުޅުނެވެ. އިސްފަސް ކަމުގެ ގޮތުން ބަލާއިރު ޅެމަށްވުރެ އިހީ ފަރިއްސެވެ. ޅެން ހަދަން ފެށުމުގެ ކުރިންވެސް ފަރިހި ކިޔައި އުޅޭކަމަށް ވެއެވެ.

ސިލްސިލާ ލިޔުންތަކުގެ ބައި

ދިވެހި ޅެމުގެ ބައިތައް

ޅެމުގެ ބައިތައް

ބަނދި
ކާ
ފަރިހި
ރައިވަރު
ޅެން
އަންބާ
ލަވަ

އައްސައްޔިދު ބޮޑުފެންވަޅުގޭ ސީދީ ބަޔާންކުރައްވާ ގޮތުގައި ފަރިއްސަކީ ޅެން ފަދައިން، ވައްތަރުވެސް ވަޒަންވެސް ވަކި މިވެނި އަދަދެއް ކަނޑައެޅިގެން ނޭގޭ ބާވަތެކެވެ. ސީދީ ދެކިލައްވާ ގޮތުން ކުރިން ދިވެހިން ކިޔަމުން އައި ކާ، ބަނދި، ރައިވަރު، މި 3 ބާވަތުގެ ޅެމުގެ ވަޒަނުން ނެއްޓިގެން ކިއިފައި ހުންނަ އެއްޗަކަށް ފަރިއްސޭ ކިޔައެވެ. ފަޟީލަތުއްޝައިޚުލް މަރްހޫމް ޙުސެއިން ޞަލާހުއްދީން ލިޔުއްވާފައިވާ ގޮތުގައި ފަރިއްސަކީ ދިވެހިންގެ މީހުންގެ ކަންފަތަށްއަރާ، ކަރާ ލަވަތަކުގެ ރާގަށް އެމީހުން ކިޔާން އުޅެފައި ހުންނަ، އެއްޗަކަށް ކިޔާ ނަމެކެވެ. އެއެއްޗެހި ހުރީ ވަރަށް ދެރަ ސަހަލު ގޮތެއްގައެވެ.

ފަރިއްސާ މެދު ނަޒަރު ހިންގާއިރު އެއީ ވަރަށް ކުރިއްސުރެ ދިވެހިން ކިޔައި އުޅުނު އެއްޗެއްކަން އެނގެއެވެ. ފަރިހީގައި ސަމާލުކަން ބޮޑަށް ދީފައި އޮންނަނީ ރާގަށެވެ. އެދުވަސްވަރެއްގައި އަވަށް އަވަށުގެ މީހުން ބޮޑުބެރު ޖަހާފައި، ކިޔާ ލަވަތަކުގެ ރާގަށް ފަރިހި ހަދައިގެން ކިޔައި އުޅެއެވެ. މައުޟޫއަށް ބަލާއިރު ހަޖޫ ކިޔުމާއި ސަމާސާ ކުރުމުގެ ގޮތް ވަރަށް ބޮޑަށް ފަރިހީގައި ފެންނާން ހުރެއެވެ.

ގިނައިން ފަރިހި ކިޔައި އުޅެނީ ފޫހިފިލުވުމުގެ ގޮތެއްގައެވެ. ކުދިން ޚިތާނުކޮށްގެން އުޅޭ ތަންތަނާއި، މީހުން ވިހައިގެން ތިބޭ ތަންތާގައި ހޭލައިގެން ތިބޭ ތިބުމުގައި ފޫހި ފިލުވާން ކުޅޭ ކުޅިވަރެއްގެ ގޮތުގައި ފަރިހި ކިޔައި އުޅެއެވެ. ރާގު ހަމަކުރުމަށް ފަރިހި ކިޔާއިރު ޖަހައި އުޅެނީ ޑަބިޔާ ފަތިގަނޑު ފަދަ ތަކެއްޗެވެ.

ފަރިހި ކިޔުމަށް ވަރަށް ކުޅަދާނަ ޅެންވެރީން ތިބެއެވެ. ފަރިއްސާމެދު ވިސްނާއިރު ހިންދުސްތާން ލަވައިގެ ރާގުރާގަށް ދިވެހިން ކިޔައި އުޅުނު އަވަށު ލަވައިގެ ރާގު ތަކަށް ކިޔާފައި ހުންނަ ފަރިހިތައް ހުރެއެވެ. އެހެންކަމުން ފަރިއްސަކީ އެގޮތަށް ކިޔާފައި ހުންނަ ޅެމޭ ދެންނެވިދާނެއެވެ.

ރިފަރެންސް[އުނިއިތުރު ގެންނަވާ]

  • ޅެމާއި ޅެންވެރިކަން - މަލަސް 11 - މުހައްމަދު ޖަމީލް - 1މާރޗް 1988 - ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒު