ފަންވަތް:History of/03
Appearance
- މާރޗް 1 - 1958 - ދިވެހިރާއްޖެ:- މިދުވަހު އޮތް ރައްޔިތުން މަޖުލީހުގެ ޖަލްސާގައި އިގިރޭސިންނާއި ދެމެދު ވެވިފައިވާ އައްޑޫ އާއި ބެހޭ އެގްރީމަންޓްގައި ސޮއިނުކުރުމަށް ފާސްވުން
- މާރޗް 5 - 1979 - ދިވެހިރާއްޖެ:- ހއ. ކެލާ މަދަރުސަތުއް ޝައިޚް އިބްރާހީމް އަށް ސަރުކާރުން އެހިދެއްވާ ގޮތަށް ހަމަޖެއްސުން
- މާރޗް 6 - 1979 - ދިވެހިރާއްޖެ:- ހދ. ނޮޅިވަރަންފަރު ޕްރައިމަރީ ސުކޫލް ހުޅުވައިދިނުން
- މާރޗް 12 - 1974 – ދިވެހިރާއްޖެ:- ދިވެހިރާއްޖެ އާއި އިންޑިޔާ އާއި ދެމެދު ބޮމްބޭ މާލޭ ލިންކް ހުޅުވުން
- މާރޗް 13 - 1959 - ދިވެހިރާއްޖެ:- ދިވެހި ސަރުކަރާއި އިދިކޮޅަށް އައްޑު އަތޮޅު، ހުވަދު އަތޮޅު އަދި ފުވައްމުލަކު ގަޑުބަޑުކޮށް ސަރުކާރެއް އުފެއްދުން. މިސަރުކާރުގެ ނަމަކީ ޔުނައިޓެޑް ސުވާދީބް އައިލެންޑްސް އެވެ.
- މާރޗް 21 - 1950 - ދިވެހިރާއްޖެ:- އިންޑިޔާގެ ހައިކޮމިޝަނަރ މިސްޓަރ ވީވީ ގިރީ މާލެއައުން. ފަހުން މީނާ އަކީ އިންޑިޔާގެ ރައީސެވެ.
- މާރޗް 22 - 1931 - ދިވެހިރާއްޖެ:- ގާނޫނު ހަދާ މަޖުލިސްގެ މެންބަރުން ފުރަތަމަ ފަހަރަށް އެއްވެ މަޖުލިސް ކުރާ ގެއްކަމަށް ގުޅަކުޅޭ ފަސްގަނޑުގެ އުތުރުން ހުރި އުސްގެ ( މިހާރުގެ ސިފައިންގެ ) ހަމަޖެއްސުން
- މާރޗް 29 - 1979 - ދިވެހިރާއްޖެ:- ދ.ކުޑަހުވަދޫ މަދަރުސަތުލް ޙުއްރިއްޔާ އަކީ ސަރުކާރުން އެހީވެދޭ ޕްރައިމަރީ ސުކޫލަކަށް ބަދަލުކުރުން
- މާރޗް 31 - 1925 -ދިވެހިރާއްޖެ:- ސުމުއްވުލް އަމީރުއިބްރާހީމް ދޮށިމޭނާ ކިލެގެފާނު އަވަހާރަވުމުގެ ސަބަބުން މާލޭ ބޮޑު ކޯއްޓޭ އަށް ބައިދަނޑިއަށް ފުރަތަމަ ފަހަރަށް ދިދަ ތިރިކުރުން