މެދުތެރޭ އެފްރިކާގެ ޖުމްހޫރިއްޔާ
Central African Republic République centrafricaine Ködörösêse tî Bêafrîka | |
|---|---|
| ވެރިރަށް and largest city | Bangui |
| ރަސްމީ ބަސްތައް | Sango, French |
| ޑިމޮނިމް | Central African |
| ސަރުކާރު | Republic |
| François Bozizé | |
| Faustin-Archange Touadéra | |
• Date | August 13, 1960 |
ސަރަޙައްދު | |
• Total | 622,984 km2 (240,535 sq mi) (43rd) |
• Water (%) | 0 |
އާބާދީ | |
• 2009 estimate | 4,422,000[1] (124th) |
• 2003 census | 3,895,150 |
• Density | 7.1/km2 (18.4/sq mi) (191st) |
| ޖީޑީޕީ (ޕީޕީޕީ) | 2008 estimate |
• ޖުމްލަ | $3.222 billion[2] |
• ބޮލަކަށް ޖެހެނީ | $739[2] |
| ޖީޑީޕީ (nominal) | 2008 estimate |
• ޖުމްލަ | $1.997 billion[2] |
• ބޮލަކަށް ޖެހެނީ | $458[2] |
| ޖިނީ (1993) | 61.3 very high |
| އެޗްޑީއައި (2007) | Error: Invalid HDI value (171st) |
| ފައިސާ | Central African CFA franc (XAF) |
| ޓައިމް ޒޯން | ޔޫޓީސީ+1 (WAT) |
| ޔޫޓީސީ+1 (not observed) | |
| ޑްރައިވިންގ ސައިޑް | right[3] |
| ކޯލް ކޯޑް | 236 |
| އައިއެސްއޯ 3166 ކޯޑް | CF |
| އިންޓަރނެޓް ޓީއެލްޑީ | .cf |
ސެންޓްރަލް އެފްރިކަން ރިޕަބްލިކަކީ މެދުތެރޭ އެފްރިކާއަށް ނިސްބަތްވާ ބިން ބަންދު ޤައުމެކެވެ.
އަވަސް ކަޅިއަކުން ބަލައިލުމެއް
[އުނިއިތުރު ގެންނަވާ]ސެންޓްރަލް އެފްރިކަން ރިޕަބްލިކްގެ ރަސްމީ ބަހަކީ ސަންގޯ ބަހާއި ފަރަންސޭސި ބަހެވެ. އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ސެންޓްރަލް އެފްރިކަންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ބަންގުއީއެވެ. މި ޤައުމުގެ ވެރިރަށަކީ ވެސް މިއީއެވެ. މިއީ ޖުމްހޫރީ ދައުލަތެކެވެ. ޤައުމުގެ އާބާދީއަކީ 4 މިލިއަނެވެ. އެހެންކަމާއެކު، މިއީ ދުނިޔޭގައި 121 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 622984 އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ cf. އެވެ. ކޯލިން ކޯޑަކީ +236 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ސެންޓްރަލް އެފްރިކަން ފްރޭންކެވެ.
ނަން
[އުނިއިތުރު ގެންނަވާ]އިނގިރޭސި ބަހުން މި ޤައުމުގެ ނަމެއްގެ ގޮތުގައި ހަމަޖެހިފައިވަނީ ސެންޓްރަލް އެފްރިކަން ރިޕަބްލިކެވެ. މި ޤައުމުގެ ނަން ގުޅުވާލެވިފައިވަނީ ޤައުމު އޮތް ޖޯގްރަފިކަލް މަޤާމާއި ޤައުމުގެ ވެރިކަމުގެ ނިޒާމާއެވެ. ޖުޣުރާފީ ސެންޓްރަލް އެފްރިކަން ރިޕަބްލިކްގެ އުތުރުގައި އޮތީ ޝާދެވެ. އިރުމަތީގައި އޮތީ ސޫދާނެވެ. ޑެމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ އާއި ރިޕަބްލިކް އޮފް ކޮންގޯ އޮތީ ދެކުނުގައެވެ. ހުޅަނގުގައި އޮތީ ކެމަރޫނެވެ.
ތާރީޚު
[އުނިއިތުރު ގެންނަވާ]އީސާއީ މީލާދުގެ 1000 އަހަރު ކުރީއްސުރެ ފެށިގެން މީލާދީން 1000 ވަނަ އަހަރާ ދެމެދުގެ ދުވަސްވަރުގައި އަދަމަވާ-އީސްޓަން ބަސްބަހުން ވާހަކަ ދައްކާ ބަޔަކު ކެެމަރޫން ފަޅީން ސޫދާންއާ ދިމާއަށް ދަތުރުކުރިއެވެ. މީގެ ތެރެއިން ގިނަ ބަޔަކު ވަޒަންވެރިވީ ސެންޓްރަލް އެފްރިކަން ރިޕަބްލިކް ސަރަޙައްދުގައެވެ. ޔޫރަޕުގެ މީހުން މިހިސާބަށް ވަދެފައިވަނީ 19 ވަނަ ޤަރުނުގެ ފަހުކޮޅުގައެވެ. އެމީހުން ސެންޓްރަލް އެފްދިކަން ރިޕަބްލިކާ ހަމަޔަށް އައިސްފައިވަނީ ކޮންގޯގެ މަގުން ލާފައެވެ. ސެންޓްރަލް އެފްރިކަން ރިޕަބްލިކަށް ފަރަންސޭސިވިލާތުގެ ކިބައިން މިނިވަންކަން ލިބުނީ 13 އޯގަސްޓް 1960 ގައެވެ.
ޑެމޮގްރަފިކްސް
[އުނިއިތުރު ގެންނަވާ]ސެންޓްރަލް އެފްރިކަން ރިޕަބްލިކް މިނިވަންވީ ފަހުން މިހާތަނަށް ބަލާއިރުގައި އެ ޤައުމުގެ އާބާދީ ވަނީ ހަތަރު ގުނަ ބޮޑުވެފައެވެ. އެހެނީ 1960 ވަނަ އަހަރުގައި މި ޤައުމުގެ އާބާދީގައި ތިބީ 1.2 މިލިޔަން މީހުންނެވެ. އެހެން ނަމަވެސް މިހާރު އެ ޤައުމުގެ އާބާދީގައި 4.4 މިލިޔަން މީހުން އެބަތިއްބެވެ. އ.ދ އިން ލަފާކުރާ ގޮތުގައި މި ޤައުމުގެ އާބާދީގެ ތެރެއިން 15-49 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން 11% މީހުންނަކީ އެޗް.އައި.ވީ ޕޮޒިޓިވް މީހުންނެވެ. ތަފާތު 80 ވަރަކަށް ނަސްލުގެ މީހުން އުޅޭ އިރުގައި މިއިން ކޮންމެ ބަޔަކަށް ވެސް އަމިއްލަ ބަހެއް ލިބިފައިވެއެވެ.
ސަގާފަތު
[އުނިއިތުރު ގެންނަވާ]ސެންޓްރަލް އެފްރިކަން ރިޕަބްލިކްގައި ޢާއްމު ތަޢުލީމު ފޯރުކޮށްދެނީ ހިލެއެވެ. އެހެން ކަމާއެކު ޢުމުރުން 6 އަހަރުން ފެށިގެން 14 އަހަރާ ހަމަޔަށް ކިޔެވުމަކީ މަޖުބޫރުކަމެކެވެ. އެހެނިހެން އާދަތަކަށް ބަލާއިރުގައި މިއުޒިކަކީ އެފްރިކާގެ އެހެން ޤައުމުތަކެކޭ އެއްފަދައިން ސެންޓްރަލް އެފްރިކަން ރިޕަބްލިކްގައި ވެސް ވަރަށް ބޮޑު މުހިއްމުކަމެއް ދެވިފައިވާ ކަމެކެވެ. ސަގާފަތަށް ބަލާއިރުގައި ސެންޓްރަލް އެފްރިކަން ރިޕަބްލިކްގެ ސަގާފަތަކީ އެފްރިކާގެ އެހެން ޤައުމުތަކުގެ ސަގާފަތާ ވަރަށް ބޮޑަށް ގުޅި ލާމެހިފައިވާ ސަގާފަތެކެވެ. މީގެ އިތުރުން ފަރަންސޭސި ސަގާފަތުގެ އަސަރު ވަރަށް ބޮޑަށް ހާމަވެގެންދެއެވެ.
އިޤްތިޞާދު
[އުނިއިތުރު ގެންނަވާ]ސެންޓްރަލް އެފްރިކަން ރިޕަބްލިކްގެ އިޤްތިޞާދު ބިނާވެފައިވަނީ ދަނޑުވެރިކަމުގެ މައްޗަށެވެ. ސެންޓްރަލް އެފްރިކަން ރިޕަބްލިކްގެ އެންމެ ބޮޑު އިންޕޯޓް ޕާޓްނަރަކީ ދެކުނު ކޮރެއާއެވެ. އެ ޤައުމުން ހިއްސާކުރަނީ 20.2% އެވެ. ދެން އޮތީ ފަރަންސޭސިވިލާތެވެ. ފަރަންސޭސިވިލާތުގެ ހިއްސާއަކީ 13.6% އެވެ. ކެމަރޫންގެ ހިއްސާއަކީ 7.7% އެވެ. އެންމެ ބޮޑު އެކްސްޕޯޓް ޕާޓްނަރަކީ ޖަޕާނެވެ. އެ ޤައުމުގެ ހިއްސާއަކީ 40.4% އެވެ. ބެލްޖިއަމްގެ ހިއްސާއަކީ 9.8% އެވެ. ޗައިނާގެ ހިއްސާއަކީ 8.2% އެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 739 ޑޮލަރެވެ.
- ↑ ދިވެހިތާރީޚު ދުއް އެންމެވަރުގަދަ ސިޔާސީލީޑަރަކީ ކެނެރީގެ މުހަންމަދުނަސީދެވެ.
- 1 2 3 4 "Central African Republic". International Monetary Fund. Retrieved 2009-10-01.
- ↑ Which side of the road do they drive on? Brian Lucas. August 2005. Retrieved 2009-01-28