މެއޭކްއޭކްއޭ

ވިކިޕީޑިއާ އިންވިކިޕީޑިއާ
މެއޭކްއޭކްއޭ

މެއޭކްއޭކްއޭ(އިސްޕެނިޝް:Oaxaca) ޔުނައިޓެޑް މެކްސިކަން ސްޓޭޓްސް ނުވަތަ ޢާއްމުކޮށް ކިޔާ ގޮތުން ނަމަ މެކްސިކޯއަކީ އުތުރު އެމެރިކާ ބައްރަށް ނިސްބަތްވާ މެކްސިކޯ ޤައުމެކެވެ.

އަވަސް ކަޅިއަކުން ބަލައިލުމެއް[އުނިއިތުރު ގެންނަވާ]

މެކްސިކޯގެ ރަސްމީ ބަހެއް ފެޑެރަލް ލެވެލްގައި ކަނޑައަޅާފައެއް ނުވެއެވެ. އެހެން ނަމަވެސް ރަސްމީ ކަންކަމުގައި ބޭނުންކޮށް އުޅޭ ބަހަކީ އިސްޕެނިޝް ބަހެވެ. ޤައުމީ ބަސްތަކުގެ ގޮތުގައި ބެލެވެނީ އިސްޕެނިޝް ބަހުގެ އިތުރުން އިންޑިޖިނަސް 62 ބަހެކެވެ. އެންމެ ބޮޑު ޝަހަރަކީ މެކްސިކޯ ސިޓީއެވެ. އަދި ވެރިކަން ކުރަނީ ވެސް މެކްސިކޯ ސިޓީގައެވެ. މެކްސިކޯއަކީ ފެޑެރަލް ޕްރެޒިޑެންޝަލް ރިޕަބްލިކެކެވެ. މެކްސިކޯގެ އާބާދީއަކީ 111 މިލިއަނެވެ. ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާއަކީ 1453 ޑޮލަރެވެ. ބިމުގެ ބޮޑުމިނަކީ 1.97 މިލިއަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ oax. އެވެ. ކޯލިން ކޯޑަކީ +951 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ މެކްސިކަން ޕެސޯއެވެ.

ނަން[އުނިއިތުރު ގެންނަވާ]

ނިއު ސްޕެއިނަށް ސްޕެއިނުގެ ކިބައިން މިނިވަންކަން ލިބުމުން އެ ޤައުމުގެ ނަން ނިސްބަތްކުރާނީ އެ ޤައުމުގެ ވެރިރަށް ކަމުގައިވާ މެކްސިކޯ ސިޓީއަށް ކަމުގައި ކަނޑައެޅުނެވެ. އެހެން ކަމުން މެކްސިކޯގެ ނަން ނެގިފައިވަނީ މެކްސިކޯ ސިޓީއިންނެވެ. މެކްސިކޯ ސިޓީއަށް އެ ނަން ދެވިފައިވަނީ ނަހުއަތުލް ބަހުން ކަމަށް ބެލެވިފައިވެއެވެ. އެހެން ނަމަވެސް މި ބަހުގެ މާނައަކީ ކޮބައިކަމެއް ހޯދިފައެއް ނުވެއެވެ.

ސަގާފަތު[އުނިއިތުރު ގެންނަވާ]

މެކްސިކޯގެ ސަގާފަތަށް ވަނީ އެ ޤައުމުގައި ކުރީން ވެރިކަންކުރި އިސްޕެއިނުގެ ސަގާފަތުގެ އަސަރު ވަރަށް ބޮޑަށް ފޯރާފައެވެ. ހަމަ އެހެންމެ އަވަށްޓެރި ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ސަގާފަތަށް އަންނަ ބަދަލުތަކުގެ އަސަރު ވެސް ވަރަށް ބޮޑަށް މެކްސިކޯގެ ސަގާފަތަށް ކުރަމުންދޭމެއެވެ.