މުޙައްމަދު ސަމާއީލް

ވިކިޕީޑިއާ އިންވިކިޕީޑިއާ
މުޙައްމަދު ސަމާއީލް

މުޙައްމަދު ސަމާއީލް އަކީ ދިވެހި ފިލްމީ ޑައިރެކްޓަރެކެވެ. ޕްރޮޑިއުސަރެކެވެ. އަދި ދިވެހި ފިލްމް ސްޓޫޑިއޯ މޫވީ ޕީޕަލް ގެ ވެރިފަރާތް ވެސް މެއެވެ.

ފިލްމީ ދާއިރާއަށް ވަނުން[އުނިއިތުރު ގެންނަވާ]

މުޙައްމަދު ސަމާއީލް ފިލްމީ ދާއިރާއަށް ވަދެފައިވަނީ ގާތްގަނޑަކަށް 1998 ހިސާބުގައެވެ. އެންމެ ކުރިއްސުރެ ސަމާއީލް އަކީ ޑައިރެކްޝަން އަދި ޕްރޮޑަކްޝަން ދާއިރާގައި މަސައްކަތް ކުރެއްވި ފަރާތެކެވެ. ފުރަތަމަ ޑައިރެކްޓްކުރި ފިލްމަކީ ފަރުދާ އެވެ.

މޫވީ ޕީޕަލް ގެ ނަމުގައި ސްޓޫޑިއޯއެއް އުފެއްދުން[އުނިއިތުރު ގެންނަވާ]

މުޙައްމަދު ސަމާއީލް ގެ އަމިއްލަ ފިލްމް ކުންފުނި މޫވީ ޕީޕަލް އުފެއްދީ 2003 ވަނަ އަހަރުގެ ފަހުކޮޅު ގައެވެ. 15000 ރުފިޔާގެ ކެޕިޓަލް އަކުން ފެށި މިސްޓޫޑިއޯ އިން ވަނީ ތަފާތު ޑްރާމާ ސިލްސިލާތަކާއި، ކުރު ފިލްމްތައް، ވީސީޑީ އަދި ވީޑިއޯ ލަވަތައް އުފައްދައި އާންމުކޮށްފައެވެ.

ޑައިރެކްޓްކޮށް، ޕްރޮޑިއުސްކުރި ފިލްމްތައް[އުނިއިތުރު ގެންނަވާ]

ޑްރާމާ ސިލްސިލާތައް[އުނިއިތުރު ގެންނަވާ]

  • ނޭހާ
  • ކެތްކުރީމޭ
  • ސާރާ
  • އުމުރަށްއެކީ އުޅެން ބުނެފާ
  • ނުދާށޭ ދޫކޮށްފާ ލޯބިވާ
  • ކައިވެނި
  • ހަނާ
  • ލޯބިން ހިތްފުރެނީ

ދިގު އަދި ކުރުފިލްމްތައް[އުނިއިތުރު ގެންނަވާ]

  • ފަރުދާ ( ޑައިރެކްޓަރ )
  • ކިސް - ޖަޒުބާތު ( ޕްރޮޑިއުސަރ )
  • މިޝަން 24 ( ޕްރޮޑިއުސަރ )
  • ލޯބިނުވިޔަސް ފިރުމާލަދީ ( ޕްރޮޑިއުސަރ )
  • މަގޭ ދަރިފުޅު

ހަދަމުންދާ ޑްރާމާ ސިލްސިލާތައް[އުނިއިތުރު ގެންނަވާ]

  • ނުލިބުނަސް
  • ހުވަފެނެއްނަމަ

އަދިވެސް ބައްލަވާ ލައްވާ[އުނިއިތުރު ގެންނަވާ]

އިތުރު ފާލަންތައް[އުނިއިތުރު ގެންނަވާ]