މަނި ގުދަން ދުޅަވުން
Appearance
![](http://upload.wikimedia.org/wikipedia/commons/thumb/5/52/SOA-epididymites.jpg/220px-SOA-epididymites.jpg)
މަނި ގުދަން ދުޅަވުން (އިނގިރޭސި ބަހުން: Epididymitis)އަކީ އޮށް ގެ ފަހަތުގައި އިންނަ މަނި ރައްކާކޮށް ޚަޒާނާކޮށްދޭ މަނި ގުދަން ގައި އިންފްލެމޭޝަން އުފެދުމެވެ. ބައެއް ފަހަރު މިހާލަތުގައި އާދައިގެ ވަރަކަށް ރިހުން ހުރިނަމަވެސް އަނެއް ބައިފަހަރު ވަރަށް ބޮޑަށް ރިއްސުން ހުންނަކަން ފާހަގަ ކުރެވެއެވެ. އޮށް އެއެއްޗެއްގެ ތެރޭގައި ރައްކާކުރެވިފައިވާ އުރަވަޅި ގެ ކުލަ ރަތްވެ، އޭގައި ހޫނަކަމެއް އުފެދި، ދުޅަވުމަކީ ވެސް ވެދާނެ ގޮތެކެވެ. ކުއްލިއަކަށް އުރަވަޅި ގައި ރިހުން އުފައްދާ އެންމެ އާންމު ސަބަބަކީ މަނި ގުދަން ދުޅަވުން އެވެ. މަނި ގުދަން ދުޅަވުން ކުރިމަތިކުރުވާ އެންމެ އާންމު ސަބަބު ތަކުގެ ތެރޭގައި ޖިންސީ ގުޅުމުގެ ޒަރީޢާއިން ފެތުރޭ ބަލިތައް ކަމުގައިވާ ކްލަމީޑިއާ އިންފެކްޝަން އަދި ކިހުނުވުން ހިމެނެއެވެ.