ކްލަމީޑިއާ އިންފެކްޝަން

ވިކިޕީޑިއާ އިންވިކިޕީޑިއާ
ކްލަމީޑިއާ އިންފެކްޝަން ޖައްސާ ޖަރާސީމް

މިއީ ކްލަމީޑިއާ ޓްރެކޮމެޓިސް އޭ ކިޔާ ޖަރާސީމެއްގެ ސަބަބުން ޖިންސީ ގުނަވަނަން ޖެހޭ ބައްޔެކެވެ. މިބައްޔާމެދު ބެލެވިފައިވަނީ ހިމޭން ނުވަތަ މައިތިރި ބައްޔެއްގެ ގޮތުގައެވެ. އެއީ ބަލިޖެހޭ އަންހެނުންގެ ¾ އަދި ފިރިހެނުންގެ ½ މީހުންނަށް މިބަލީގެ އަލާމާތްތައް ނުފެނިދާތީ އެވެ. އަލާމާތްތައް ފެންނަނަމަ 3-1 ހަފްތާއާއި ދެމެދުގެ މުއްދަތެއްގެ ތެރޭގައި ފެންނަށް ފަށާނެއެވެ.

ކްލަމީޑިއާ އިންފެކްޝަން ޖެހުން[އުނިއިތުރު ގެންނަވާ]

  • ބަލިޖެހިފައިވާ މީހަކާއެކު އެއްވެސް ސިފައެއްގައި ޖިންސީ ގުޅުން ހިންގުން
  • ބަލިޖެހިފައިވާ މައިމީހާގެ ފަރާތުން ވިހެއުމުގެ ތެރޭގައި ކުޑަ ދަރިފުޅަށް ބަލިޖެހުން

އާންމުގޮތެއްގައި މިބަލީގެ ޖަރާސީމް ހަށިގަނޑަށް ވަންނަނީ ހަންގަނޑާއި އަދި ތެތް ދުލިފަށްތައް ހުރަސްކޮށެވެ.

ކްލަމީޑިއާ އިންފެކްޝަން ޖެހުމުން ފެނިދާނެ އަލާމާތްތައް[އުނިއިތުރު ގެންނަވާ]

ފިރިހެނުންނަށް ކްލަމީޑިއާ އިންފެކްޝަން ޖެހުން[އުނިއިތުރު ގެންނަވާ]

ފިރިހެނުންނަށް ކްލަމީޑިއާ އިންފެކްޝަން ޖެހުމުން ކުޑަކަމުދާ ހޮޅީގެ ކުރީބައި ހަލާކުވެ، އެހޮޅި ފިތޭގޮތް މެދުވެރި ވެއެވެ. އަދި ކުރިމަތި ފަރާތުން ދޮސް އެކުލެވޭ ފެން ނުވަތަ ދިޔަ އަންނަގޮތް ވެއެވެ. ކުޑަކަމުދާއިރު ރިއްސުން، އަދި ކުޑަކަމުދާ ދޮރުގެ ވަށައިގެންވާ ހިސާބުގައި ހިރުވައި ދިލަނެގުން ވެސް ކުރިމަތި ކުރުވައެވެ. އުރަވަޅި ދުޅަވެ، ތަދު އިހްސާސްވުން މަދުން ނަމަވެސް ދިމާވެއެވެ.

ކްލަމީޑިއާ އިންފެކްޝަން ޖެހިފައިވާ ފިރިހެނާގެ ޖިންސީ ގުނަވަން

އަންހެނުންނަށް ކްލަމީޑިއާ އިންފެކްޝަން ޖެހުން[އުނިއިތުރު ގެންނަވާ]

އަންހެނުންނަށް ކްލަމީޑިއާ އިންފެކްޝަން ޖެހުމުން ރަހިމުގެ ކަރު ހަލާކުވުން، ބިސް ދަތުރުކުރާ ހޮޅި ހަލާކުވުން، ކުޑަކަމުދާ ހޮޅި ހަލާކުވުން، އަދި ކުޑަކަމުދާއިރު ދިލަނެގުން ފަދަ ކަންތައްތައް މެދުވެރި ކުރުވައެވެ. ބިސް ދަތުރުކުރާ ހޮޅި އަށް އިންފެކްޝަން ވާޞިލްވުމުން ބައެއް މީހުންނަށް އެއްވެސް އަލާމާތެއް ނުވަތަ ނިޝާނެއް ނުފެނި ހިގައިދާނެއެވެ. އަނެއްބައި މީހުންނަށް ދަށްބަނޑުގައި ރިހުން، އުނަގަނޑާއި ހިސާބުން ބުރަކަށީގައި ރިހުން، ހުންއައުން، މޭނުބައިކުރުން، އަދި ޖިންސީ ގުޅުން ހިންގާއިރު ތަދުވުން ފަދަ ކަންތައްތައް މެދުވެރި ކުރުވައެވެ.

ކްލަމީޑިއާ އިންފެކްޝަން އާއި ގުޅިގެން ކުރިމަތިވެދާނެ އެހެނިހެން އުދަގޫތައް[އުނިއިތުރު ގެންނަވާ]

ފަރުވާ ނުކޮށް ދޫކޮށްލައިފިނަމަ ޕެލްވިކް އިންފްލެމޭޓަރީ ބަލި ކިޔާ ބައްޔެއް ޖެހެއެވެ. މިބަލި ޖެހެނީ އިންފެކްޝަން ރަހިމު އަދި ބިސްދަތުރުކުރާ ހޮޅި އަށް ވާޞިލްވުމުންނެވެ. ނަތީޖާއެއްގެ ގޮތުން މިބުނި ބައިތަކާއި އޭގެ ވަށައިގެންވާ ޓިޝޫތަކަށް ގެއްލުންދީ ހަލާކު ކޮށްލައެވެ. މިކަމުގެ ސަބަބުން ދިގު މުއްދަތަކަށް އުނަގަނޑު ހިމެނޭ ހިސާބުގައި ރިއްސުން، ރަހިމުން ބޭރުގައި ކުއްޖާ އަށަގަތުން، އަދި ދަރިން ނުލިބޭގޮތް މެދުވެރި ކުރުވައެވެ.

ފިރިހެނުންނަށް މިފަދަ އުދަގޫތައް ކުރިމަތިވާލެއް މަދެވެ. ޕްރޮސްޓޭޓް ގްލޭންޑް ދުޅަވުމުގެ އިތުރުން ބައެއް ފަަހަރު އެޕިޑިޑިމިސް އަށް ބަލީގެ އަސަރު ފޯރުމުން ހުންއައުން ފަދަ ކަންތައްތައް މެދުވެރި ކުރުވައެވެ. މަދުން ނަމަވެސް އެކަމުގެ ސަބަބުން ދަރިން ނުލިބޭގޮތް ވެއެވެ.

ކްލަމީޑިއާ ޓްރެކޮމެޓިސްގެ ސަބަބުން ޖެހެ އެހެން ބަލިތައް[އުނިއިތުރު ގެންނަވާ]

ކްލަމީޑިއާ އިންފެކްޝަން އިން ރައްކާތެރިވުން[އުނިއިތުރު ގެންނަވާ]

ކްލަމީޑިއާ އިންފެކްޝަން އިން ރައްކާތެރިވުމަށް އަންނަނިވި ކަންތައްތައް ކުރެވިދާނެއެވެ.

  • އިސްލާމީ ހަމަތަކާއި އުޞޫލްތަކާއި އެއްގޮތްވާގޮތުގެ މަތިން ޖިންސީ ގުޅުން ހިންގުން
  • ޖިންސީ ގުޅުން ހިންގާއިރު ހުރަސް ފަދަ ތަކެތި ބޭނުންކުރުން
  • ބަލި ޖެހިފައިވާނަމަ ރަގަޅުވަންދެން ޖިންސީ ގުޅުން ހިންގުމާއި ދުރުހެލިވުން
  • އަހަރަކު އެއްފަހަރު ކްލަމީޑިއާ އިންފެކްޝަން ޖެހިފައިވޭތޯ ބެލުމަށް ޓެސްޓް ކުރުން
  • ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑަކްޓަރެއްގެ އިރުޝާދާއި ލަފާހޯދުން