Jump to content

ވިކިޕީޑިއާ:ހޮވާލެވިފައިވާ މަޒުމޫނު/އަރުޝީފު/2012

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން

< ވިކިޕީޑިއާ:ހޮވާލެވިފައިވާ މަޒުމޫނު/އަރުޝީފު

ސެޕްޓެމްބަރު 2012

[އުނިއިތުރު ގެންނަވާ]
މުހައްމަދު

މުޙައްމަދުގެފާނަކީ (ޢަރަބިބަހުން: محمد) މުސްލިމުންގެ ގާތުގައި ގެ ރަސޫލެކެވެ. ނަބީކަން ޚަތިމް ކުރެއްވި ކަލޭގެފަނެވެ. ހުޅަނގުގެ ތާރީޚު ޢިލްމުވެރިންގެ ގާތުގައި އެކަލޭގެފާނަކީ އިސްލާމީ ތާރީޚުގެ ބާނީއެވެ.

ގިނަ ތާރީޚީ ލިޔުން ތަކުން ހެކި ލިބޭ ގޮތުގައި މުޙައްމަދުގެފާނު އުފަންވެ ވަޑައިގަތީ މީލާދީން 571 ވަނަ އަހަރުގެ އެޕްރީލް މަހުގެ 20 ވަނަ އަށް ވީ ހޯމަ ދުވަހުއެވެ. މުޙައްމަދުގެފާނު އުފަންވެވަޑައިގަތީ ހޯމަ ދުވަހެއްގައިކަން ތާރީޚު ޢިލްމުވެރިން އިއްތިފާޤުވެއެވެ.

އެކަލޭގެފާނު އުފަންވެވަޑައިގަތުމުގެ ކުރީގައިބައްޕާފުޅު އަވަހާރަވެއްޖެއެވެ. އެހެންކަމުން މުޙައްމަދުގެފާނު އުފަންވެވަޑައިގަތީ ޔަތީމު ބޭފުޅެއްގެ ގޮތުގައެވެ. ޢުމުރުފުޅުން އެއްމެ 6 އަހަރުފުޅުގައި މަންމާފުޅު ވެސް އަވަހާރަވެއްޖެއެވެ. ދެން އެކަލޭގެފާނު ބެއްލެވުމުގެ ޒިއްމާ އުފުއްލަވަން ފެއްޓެވީ ކާފާފުޅެވެ. ޢުމުރުފުޅުން 8 އަހަރަށް އަޅައިގަތް އިރު ކާފާފުޅުވެސް އަވަހާރަވެއްޖެއެވެ. ދެން އެކަލޭގެފާނު ގެންގުޅުއްވީ ބޮޑުބޭބޭފުޅު އަބޫޠާލިބުގެފާނެވެ. މުޙައްމަދުގެފާނަށް ވަޙީ ބާވާލެއްވުނީ އެކަލޭގެފާނުގެ ޢުމުރުފުޅުން 40 އަހަރުގައެވެ. ޙިރާ ފަރުބަދައިގެ ހޮޙޮޅައިގެ ތެރޭގައި އިންނަވަނިކޮށެވެ. ފުރަތަމަ ބާވާލެއްވުނީ ޢަލަޤް ސޫރަތުގެ ފުރަތަމަ ފަސް އާޔަތެވެ. މީގެ ތިން އަހަރު ފަހުން އެކަލޭގެފާނު ފައުޅުގައި މީސްތަކުންނަށް ވަޙީ ވިދާޅުވެދެއްވައި ދީނަށް ގޮވައިލައްވަން ފެއްޓެވިއެވެ. އަދި އިތުރަށް...



އޮކްޓޯބަރު 2012

[އުނިއިތުރު ގެންނަވާ]
މެލޭރިޔާ (އިނގިރޭސި ބަހުން: Malaria) އަކީ ޕްލަސްމޯޑިޔާ (އިނގިރޭސި ބަހުން: Plasmodia)ކިޔާ ޕަރަސައިޓް އެއްގެ ގުރޫޕަކުން ޖެހޭ ބައްޔެކެވެ. މިބަލި ފަތުރަނީ މަދިރީގެ ސަބަބުންނެވެ. މެލޭރިޔާ އަކީ ހޫނު ގައުމުތަކުގައި އުޅޭ މީހުންގެ މެދުގައި ވަރަށް އާންމު ބައްޔެކެވެ. އަހަރު 515 މިލިއަން މީހުންނަށް މިބަލި ޖެހޭކަމަށް އެންމެ ފަހުގެ ހިސާބުތަކުން ދައްކައެވެ. އަދި މެލޭރިޔާ އަކީ ފަގީރު ގައުމުތަކުގައި ވަރަށް ފަސޭހައިން ފެތުރޭ ބައްޔެކެވެ.

އަދި އިތުރަށް...



ނޮވެމްބަރު 2012

[އުނިއިތުރު ގެންނަވާ]

ކުޑަ ގޮހޮރު(އިނގިރޭސި ބަހުން: Small intestine) އަކީ ހަޖަމުކުރާ ނިޒާމްގައި ހިމެނޭ ގުނަވަނެކެވެ. މިގުނަވަން އޮންނަނީ އެތެރެހަށީގައި މައިދާ އާއި ބޮޑު ގޮހޮރު އާއި ދެމެދުގައެވެ. އެހެންކަމުން ކުޑަ ގޮހޮރު ފެށިފައި އިންނާނީ މައިދާ ނިމޭ ހިސާބުންނެވެ. އަދި ނިމިފައި އިންނާނީ ބޮޑު ގޮހޮރު ފެށޭ ހިސާބަށެވެ. އިންސާނުންގެ ކުޑަ ގޮހޮރުގެ ދިގުމިނުގައި ގާތްގަނޑަކަށް 7 މީޓަރު ނުވަތަ 21 ފޫޓް ހުރެއެވެ. ބައެއް އިލްމު ވެރިން ވިދާޅުވާ ގޮތުން ކުޑަ ގޮހޮރުގެ ދިގުމިނުގައި އެވްރެޖްގޮތެއްގައި ހުންނަނީ 7-4 މީޓަރާއި ދެމެދުގެ މިންވަރެކެވެ. އަދި އިތުރަށް



ޑިސެމްބަރު 2012

[އުނިއިތުރު ގެންނަވާ]
އައްޝައިޚުލް އުސްތާޛުލް މަރްހޫމް މުހަންމަދު ޖަމީލު ދީދީ
އައްޝައިޚުލް އުސްތާޛުލް މަރްހޫމް މުހަންމަދު ޖަމީލު ދީދީ

ދިވެހިރާއްޖޭގައިވެސް ތަފާތު އަދީބުން އުފެދިފައިވެއެވެ. މިގޮތުން އައްޝައިޚުލް އުސްތާޛުލް މަރްހޫމް މުހަންމަދު ޖަމީލު ދީދީ އަކީ ދިވެހި އަދަބީ ގުލްޝަނުގައި ހިމެނޭ މޮޅު އަދީބެކެވެ. އެމަނިކުފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 01 މޭއި 1915މ. ގައެވެ. އެމަނިކުފާނަކީ ދިވެހި ގައުމަށް ޢިލްމީ، ދީނީ، އަދި އަދަބީ ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ.

އިންސާނުން ފަޚްރުވެރިވާ އެތައް ސިފައެއް އެއްފަހަރާ އެއްކޮށްލައްވައިގެން ހުންނެވި އާދަޔާ ޚިލާފު ޝަޚްޞިއްޔަތެކެވެ. އަލްއުސްތާޛު މުޙައްމަދު ޖަމީލަކީ އަދީބެކެވެ. ޝާއިރެކެވެ. މުޞައްނިފެކެވެ. ޢާލިމެކެވެ. ލަވަ ކިޔުންތެރި އެކެވެ. މުފައްކިރެކެވެ. މުފައްސިރެކެވެ. މުދައްރިސެކެވެ. ވަރަށް މުރާލި އިދާރީ ހިންގުންތެރި އެކެވެ. އަދި އިތުރަށް...