އެޒިތުރޯމައިސިން
Appearance
އެޒިތުރޯމައިސިން(އިނގިރޭސި ބަހުން: Azithromycin) އަކީ މެކްރޯލައިޑް ގުރޫޕްގައި ހިމެނޭ އެންޓިބަޔޮޓިކް އެކެވެ. މިއީ ދުނިޔޭގައި އެންމެ ބާރަށް ވިކޭ އެއް އެންޓިބަޔޮޓިކް ކަމުގައި ވަނީ ފާހަގަ ކުރެވިފައެވެ. އެރިތްރޯމައިސިން އިން މި އެންޓިބަޔޮޓިކް އުފެދިފައިވާ ކަމުގައި ވިޔަސް އުފެއްދުމަށް ބޭނުންކުރެވިފައިވާ ކެމިކަލް އެރިތްރޯމައިސިން އާއި ތަފާތެވެ.
ތަފާތު އެތަކެއް ބަލިތަކެއް ނުވަތަ އިންފެކްޝަން ތަކަކަށް ފަރުވާ ކުރުމަށް އެޒިތްރޯމައިސިން ބޭނުންކޮށް އުޅެއެވެ. އޭގެ ތެރޭގައި ، ޓޮންސިލް ދުޅަވުން، ކަންފަތުގެ މެދުބައި ދުޅަވުން، އަރުތެރެ ހަލާކުވުން، އަޑުފޮށި ދުޅަވުން، ވައިނޮޅީގެ ކަފި ދުޅަވުން، ސައިނަސް، ނިއުމޯނިޔާ، އަދި ބައެއް ކަހަލަ ޖިންސީ ގުޅުމުގެ ޒަރީޢާއިން ފެތުރޭ ބަލިތައް ފަދަ ބަލިތައް ހިމެނެއެވެ.