އިނގިލި (ފިލްމް)

ވިކިޕީޑިއާ އިންވިކިޕީޑިއާ
އިނގިލި
ޑައިރެކްޓަރރަވީ ފާރޫގް
ޕްރޮޑިއުސަރމަހުދީ އަހުމަދު
ރަވީ ފާރޫގް
ހުސައިން މުނައްވަރު
ލިޔުންތެރިޔާމަހުދީ އަހުމަދު
Starringއިސްމާއިލް ރަޝީދު
އަބދުﷲ މުއާޒު
އަލީ ސޮފީހު
ޗިޅިޔާ މޫސާ މަނިކު
Music byމުހައްމަދު އިކްރާމް
Cinematographyހުސައިން މުނައްވަރު
ރިލީޒްކުރި ތާރީޚް
ކަނޑަނޭޅޭ
ދިގުމިން
75 މިނެޓް
ބަހުރުވަދިވެހި

އިނގިލި މިފިލްމަކީ 2007 ވަނަ އަހަރު ގައުމީ ކުރުވާހަކަ ލިޔުމުގެ މުބާރާތުގެ 16 އަހަރުގެ ބައިން އޭރު އެންމެ 14 އަހަރުގެ މުހައްމަދު ހައްސާނު ލިޔެފައިވާ 'ހޮޅުއަށީގެ އެކުވެރިޔާ' ގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ. ގައުމީ ފިލްމް އެވޯޑް އަދި މޯލްޑީވްސް ފިލްމް އެވޯޑްސް ލިބިފައިވާ މަހުދީ އަހުމަދު ލިޔެފައިވާ ސްކްރީންޕްލޭއަކަށް އިނގިލި ޑިރެކްޓްކޮށްފައިވަނީ ގައުމީ ފިލްމް އެވޯޑް ލިބިފައިވާ ރަވީ ފާރޫގްއެވެ. ފިލްމުގެ ތަރިންގެ ތެރޭގައި ގައުމީ ފިލްމް އެވޯޑް އަދި މޯލްޑިވްސް ފިލްމް އެވޯޑްސް ލިބިފައިވާ އިސްމާއިލް ރަޝީދުއާއި މޯލްޑިވްސް ފިލްމް އެވޯޑްސް ލިބިފައިވާ އަބްދުﷲ މުއާޒު ހިމެނެނީ ގާތްގަނޑަކަށް މިފިމުގެ މުޅި ދިގުމިނުގައި އެއްތަނަކުން ދިމާވާ ހަމައެކަނި ދެ ކަރެކްޓަރުންގެ ގޮތުގައެވެ. އިނގިލި ކެމެރާކޮށްފައިވަނީ ކްރިސްޓަލް އެވޯޑް ލިބިފައިވާ ހުސައިން މުނައްވަރެވެ. އަދި ކްރިސްޓަލް ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ލިބފައިވާ ޗިޅިޔާ މޫސާމަނިކު އާއި ބާސްކެޓްބޯޅައަށް މަޝްހޫރު އަލީ ސޮފީހުގެ ހާއްސަ ފެނިލިލުމެއް މިފިލްމުގައި ހިމެނެއެވެ.

ކުރުގޮތަކަށް މި ފިލްމުގައި ވާ ގޮތް[އުނިއިތުރު ގެންނަވާ]

އަޖުމަބެލުމުގެ ގޮތުން އުފައްދާ މި ސައިކޮލޮޖިކަލް ތުރިލާރގައި ފެނިގެންދާނީ ވާރޭވެހޭ ރެއެއްގައި ބަސްމަދު މީހަކު ހިޔާވަހިކަން ހޯދުމަށް ވަންނަ ހޮޅުއަށްޓެއްގައި ދިމާވާ ހާދިސާއެކެވެ. މިތަނުން މީނާއާއި ދިމާވާ ގޮތްނޭނގޭ މީހަކު މީނާއަށް ދޫކޮށްނުލެވޭވަރުގެ ނަމަވެސް ވަރަށް ނުރައްކާ ބެޓެއްކުރެއެވެ.

ޕްރޮޑަކްޝަން[އުނިއިތުރު ގެންނަވާ]

2007 ވަނަ އަހަރުގެ ގައުމީ ކުރުވާހަކަ މުބާރާތުގެ 16 އަހަރުންދަށުގެ ބައި ޖަޖްކުރުމުގައި އޭރު 14 އަހަރުގެ މުހައްމަދު ހައްސާނު ލިޔެފައިވާ 'ހޮޅުއަށީގެ އެކުވެރިޔާ' އަޑުއެހުމަށްފަހު މިވާހަކަ ފިލްމެއްގެ ގޮތުގައި އުފެއްދިދާނެކަމަށް ސްކްރީންރައިޓަރ މަހުދީ އަހުމަދު އަށް ގަބޫލްކުރެވުނެވެ. ނަމަވެސް އެކަމަށް އަމަލީ ސިފަ ގެނެވުނީ އޭގެ އެއް އަހަރު ފަހުން އުއްމީދީ ޑައިރެކްޓަރ ރަވީ ފާރޫގާއި ވިދަމުން އަންނަ އެކްޓަރު އަބްދުﷲ މުއާޒުއާއި ދިމާވުމަށްފަހުގައެވެ. އެ ދެ ފަންނާނުންވެސް މިވާހަކައިގެ ކޮންސެޕްޓްގައި އެއް ވަގުތެއްގައި އެއް ތަނެއްގައި ހަމައެކަނި ދެ ކެރެކްޓަރ އުޅޭތީވެ ވަރަށް ގަޔާވިއެވެ.

މިކޮންސެޕްޓްގައި ވިޔަފާރީގެ ގޮތުން ކާމިޔާބު ނުވެދާނެ ސިފަތަށް ހުރުމުން ހަރަދުކުރާނެ ޕްރޮޑިއުސަރަކު ނުލިބުމުން، މިފިލްމު ޕްރޮޑިއުސްކުރަން ނިންމީ މަހުދީ އަހުމަދު އާއި ރަވީ ފާރޫގު އަދި އަބްދުﷲ މުއާޒެވެ. ފަހުން މުއާޒު ޕްރޮޑިއުސަރެއްގެ ގޮތުގައި ވަކިވުމުން، ފިލްމުގެ ޑިރެކްޓަރ އޮފް ފޮޓޮގްރަފީ ހުސައިން މުނައްވަރު ތިންވަނަ ޕްރޮޑިއުސަރެއްގެ ގޮތުގައި ގުޅުނެވެ.

27 ފެބްރުއަރީ 2009 ގައި މުހައްމަދު ހައްސާނުގެ އަތުން ވާހަކައިގެ ހުރިހާ ރައިޓްސްއެއް ގަނެވުނެވެ. ފިލްމުގެ ސްކްރީންޕްލޭ މަހުދީ ލިޔެ ނިންމާލީ އޭގެ ބާރަ ދުވަސް ފަހުންނެވެ.

ފިލްމުގެ ޝޫޓިންގެ ތައްޔާރީތަށް ވާންފެށީ 21 މާރޗް 2009 ވަނަ ދުވަހުން ފެށިގެންނެވެ. މިގޮތުން ފިލްމު ނެގުމަށް ހަމަޖެހުނު ލޮކޭޝަން، ކ. ގުޅީގައި މިފިލްމަށްޓަކައި ހާއްސަ ހޮޅުއައްޓެއް ތައްޔާރުކުރެވުނެވެ.

ފިލްމުގެ ޝޫޓިންގަށް 17 މެއި 2009 ގައި ޕްރޮޑަކްޝަން ޓީމް ކ. ގުޅިއަށް ފުރިއެވެ. ނަމަވެސް މޫސުން ގޯސްވުމާއި ތަފާތު އެހެނިހެން ސަބަބުތަކާހުރެ ފިލްމުގެ ޝޫޓިންގަށް ކަނޑައެޅި ފަސްދުވަހުގެ ބަދަލުގަ ޝޫޓިންގ ފަނަރަ ދުވަހަށް ދިގު ދެމިގެން ދިޔައެވެ. ޝޫޓިންގ ނިންމާލެވުނީ 31 މެއި 2009 ވަނަ ދުވަހުއެވެ.

މިފިލްމުގެ އެންޑް ކްރެޑިޓްސްގައި ލަވަޔެއް ހިމެނުމަށް 28 އޭޕްރިލް 2009 ގައި ޒުވާނުންގެ މެދުގައި ވަރަށް ބޮޑު މަޝްހޫރުކަމެއް ހޯދަފައިވާ މިއުޒިކް ބޭންޑް ޓްރެފިކް ޖޭމްއާއި ފިލްމުގެ ޕްރޮޑިއުސަރުން މަޝްވަރާކުރިއެވެ. ފިލްމުގެ ކޮންސެޕްޓް ކަމުގޮސްގެންނާއި ޒުވާނުންނަށް އަމާޒުކޮށްގެން ތައްޔާރުކުރާ ފިލްމަކަށްވާތީ، ލަވައެއް ހަދައިދިނުމަށް ޓްރެފިކް ޖޭމް ވަރަށް އުފަލާއެކު އެއްބަސްވިއެވެ. މިއީ މިގޮތުން ފިލްމަކަށް ޓްރެފިކް ޖޭމް ލަވައެއް ތައްޔާރުކުރާ ފުރަތަމަ ފަހަރެވެ. މިލަވައިގެ ނަމަކީ ފިލްމުގެ ނަމާއި އެއްގޮތަށް 'އިނގިލި' އެވެ. ޓްރެފިކް ޖޭމްގެ ލީޑަރު، ކަޔާނޯ އެންމެ ފުރަތަމަ މިލަވަޔަށް ދިން ނަމަކީ 'އިނގިލި ބުރި' އެވެ.

ޕޯސްޓް ޕްރޮޑަކްޝަން[އުނިއިތުރު ގެންނަވާ]

ފިލްމުގެ ޕޯސްޓްޕްރޮޑަކްޝަންގައި ރަފްކަޓަށްފަހު ފިލްމުގެ މަސައްކަތް މަޑުޖައްސާލަން ފިލްމުގެ ޕްރޮޑިއުސަރުން ނިންމިއެވެ. މިހެން އޮތުމަށްފަހު ފިލްމުގެ އަމަލީ މަސައްކަތް އަނެއްކާވެސް ފަށައިގަތީ 2012 ވަނަ އަހަރުއެވެ. އެއަހަރު ފިލްމު ރިލީޒްކުރަން ނިންމާފައިވަނިކޮށް އޮލިމްޕަސް ސިނަމާ މަރާމަތުކުރުމަށް ބަންދުކުރުމުން، ދިވެހި ހުރިހާ ފިލްމެއްގެ މަސައްކަތްތައް އަނެއްކާވެސް މަޑުޖައްސާލެވުނެވެ. ނަމަވެސް 2013 ގައި އޮލިމްޕަސް ސިނަމާ ފެންވަރު ރަނގަޅުކުރުމަށްފަހު ހުޅުވުމާއެކު އިނގިލި ރިލީޒްކުރެވުނީ 16 މެއި 2014 ވަނަ ދުވަހުގެ ރެއެވެ.

ޓެސްޓް ސްކްރީނިންގ[އުނިއިތުރު ގެންނަވާ]

މިއީ ދިވެހި ފިލްމެއް ރިލީޒްކުރުމުގެ ކުރިން ހޮވާލެވޭ ވަކި ބަޔަކަށް ފިލްމާމެދު ފާޑުކިޔުމަށް ފުރުސަތުދެވޭ ފުރަތަމަ ފަހަރެވެ. މިގޮތުން ފިލްމުގެ ޓެސްޓް ސްކްރީނިންގެއް ވަނީ ދެ ފަހަރަކު ބޭއްވިފައެވެ. އަދި ފިލްމު ރިލީޒް ކުރުމުގެ ކުރީން އިތުރު 2 ޓެސްޓް ސްކްރީނިންގ ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މިފިލުމު ބެލި ހުރިހާ ފަރާތްތަކެއްވެސް މުޅި ފިލްމުގައިހެން ހޮޅުއައްޓެއްގައި ހަމައެކަނި ދެ އެކްޓަރުން އުޅުނުކަމުގައިވިއަސް މިފިލްމު ހުށަހަޅާދީފައިވާގޮތް ފޫހިކަމެއްނެތި މުނިފޫހިފިލުވައިދީފައިވާލެއް ރަނގަޅުކަން ފާހަގަކޮށްފައިވެއެވެ. އަދި ފިލްމުގެ ދެ އެކްޓަރުންގެ މޮޅުކަމާއި ފިލްމުގެ ސްކްރީންޕްލޭ، ޑައިރެކްޝަން، ކެމެރާކުރުން އަދި މިއުޒިކްގެ މޮޅުކަންވެސް ފާހަގަކޮށްފައިވެއެވެ.

ފިލްމު ރިލީޒްކުރުން[އުނިއިތުރު ގެންނަވާ]

މިފިލްމު ރިލީޒްކުރެވުނީ 16 މެއި 2013 ވަނަ ދުވަހު އޮލިމްޕަސް ސްކްރީންގައި. އަދި ޖޫން މަހު ޝްވެކް ސިނަމާގައިވެސް މިފިލްމުވަނީ ދައްކާފައި. ވިޔަފާރީގެ ގޮތުން އެދެވޭ ކާމިޔާބެއް ނުލިބުނު ނަމަވެސް، މިފިލްމު ވެގެން ދިޔައީ ފިލްމު ބެލި އެންމެންގެ ފަރާތުން ތައުރީފް ލިބިގެން ދިޔަ ފިލްމަކަށް. ދުވަހު ނޫސް ހަވީރުގައި މިފިލްމުގެ ރިވިއުގައި ފިލްމަށް ވަނީ ފުރިހަމަ ތަރުހީބެއް ދީފައި. އެއާޓިކަލްގެ ލިންކް: [1] ބައްލަވާލައްވާ.

އިލްޝާ މޯލްޑިވްސް ފިލްމް އެވޯރޑްސް 2014[އުނިއިތުރު ގެންނަވާ]

އޭޕްރިލް 29 ވަނަ ދުވަހުގެ ރޭ އޮލިމްޕަހުގައި ބޭއްވި އިލްޝާ މޯލްޑިވްސް ފިލްމް އެވޯޑްސް 2014 ގައި ނޮމިނޭޝަންގެ ގޮތުން 14 ނޮމިނޭޝަންއާއިއެކު އިނގިލި އޮތީ ދެވަނައިގަ އެވެ. ނަމަވެސް އެވޯޑް ހަފްލާ ނިމުނު އިރު އިނގިލިވަނީ ހަފްލާގެ އެންމެ ޝަރަފްވެރި ބެސްޓް ޕިކްޗަރ އެވޯޑްއާއި އެކު ޖުމްލަ 11 އެވޯޑް ހާސިލްކޮށް އެންމެން ހައިރާންކޮއްލާފައެވެ. ތިރީގައި އެވަނީ މިފިލްމަށް އެރޭ ލިބުނު އެވޯޑްތަކެވެ.

  • ބެސްޓް ޕިކްޗަރ
  • ބެސްޓް ޑައިރެކްޓަރ - ރަވީ ފާރޫޤް
  • ބެސްޓް އޮރިޖިނަލް ސްކްރީންޕްލޭ - މަހުދީ އަހުމަދު
  • ބެސްޓް އެކްޓަރ - އިސްމާއިލް ރަޝީދު
  • ބެސްޓް ސަޕޯޓިންގ އެކްޓަރ - އަބްދުﷲ މުއާޒު
  • ބެސްޓް ސިނެމަޓޮގްރަފީ - ހުސައިން މުނައްވަރު
  • ބެސްޓް މިއުޒިކް ސްކޯ - މުހަންމަދު އިކްރާމް
  • ބެސްޓް ސައުންޑް އެޑިޓިންގ - މުހަންމަދު އިކްރާމް
  • ބެސްޓް ސައުންޑް މިކްސިންގ - މުހަންމަދު އިކްރާމް
  • ބެސްޓް އާރޓް ޑައިރެކްޝަން - ރަވީ ފާރޫޤް މަހުދީ އަހުމަދު، ހުސައިން މުނައްވަރު
  • ބެސްޓް ނިއުކަމަރ މޭލް އެކްޓަރ - އަލީ ސޮފީހް ސާމިރު

ސާކް ފިލްމް ފެސްޓިވަލް 2014[އުނިއިތުރު ގެންނަވާ]

މެއި 20 ން 25 އަށް ކޮލޮމްބޯގައި ބޭއްވުނު ސާކް ފިލްމް ފެސްޓިވަލް 2014 ގައި މިފިލްމަށްވަނީ 2 އެވޯޑް ލިބިފައެވެ. މިއީ ދިވެހިރާއްޖޭގެ ތާރީޚުގައި މިހާތަނަށް ދިވެހި ފިލްމެއް ބައިނަލްއަގްވާމީ ފެންވަރުގައި ވަނައެއް ހާސިލްކުރި ފުރަތަމަ ފަހަރެވެ.

އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލް އޮފް އިންޑިއާ 2014[އުނިއިތުރު ގެންނަވާ]

ނޮވެމްބަރު 20 ން 30 އަށް ގޯވާގައި ބޭއްވުނު އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލް އޮފް އިންޑިއާ 2014 ގައި ސްކްރީންކުރުމަށް މިފިލްމު ވަނީ ހޮވިފައެވެ. ހުށަހަޅާ ފިލްމުތަކުގެ ތެރެއިން މިފެސްޓިވަލްގައި ސްކްރީންކުރުމަށް ހޮވެނީ ފެސްޓިވަލްގެ ވަކި ކޮމިޓީއަކުން ބަލައި ފެސްޓިވަލްގައި ދައްކާ ފެންވަރުގެ ފިލްމެއްކަން ކަނޑައެޅުމަށްފަހުގައެވެ. މިފެސްޓިވަލްއަށް ހޮވުނުކަމީ ދިވެހިރާއްޖެއަށްވެސް ލިބުނު ފަހުރެކެވެ.

އަދިވެސް ބައްލަވާ ލައްވާ[އުނިއިތުރު ގެންނަވާ]

އިތުރު ފާލަންތައް[އުނިއިތުރު ގެންނަވާ]