Jump to content

އާދަމްގެފާނު

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން

ސިލްސިލާ މަޒުމޫނުތަކުގެ ތެރެއިން

އިސްލާމް


ޢަޤީދާ

  ތައުހީދް
މުޙައްމަދުގެފާނު  ރަސޫލުންނާއި ނަބީން

ރުކުންތައް

ޝަހާދަތް  ނަމާދު
ރޯދަ  ޒަކާތް  ޙައްޖު

އަސްލުތައް އަދި ޝަރީޢާ

ޤުރުއާން  ސުންނަތް  ޙަދީޘް
ފިޤުހު  ޝަރީޢާ  ކަލާމް  ތަޞައްވުފް

ތާރީޚް އަދި ލީޑަރުން

ޘަޤާފަތް އަދިމުޖުތަމަޢު

ކިޔެވުން  ހައިވާނުން  ފަންނުވެރިކަން
ކަލަންޑަރު  ކުޑަކުދިން
ޤައުމުތައް  ޢީދު
މިސްކިތް  ފަލްސަފާ
ޢުލޫމް  އަންހެނުން
ސިޔާސަތު  ދަޢުވާ

އިސްލާމި ނެރު
 v  d  e 

އާދަމްގެފާނަކީ މި ބިމުގައި ދިރި އުޅޭ އިންސާނީ ނަސްލުގެ ފެށުން ކަމުގައި ގަބޫލު ކުރެވޭ ފަރާތެވެ. މުސްލިމުންގެ ގާތުގައި މިއީ ﷲ ގެ ނަބީއެކެވެ. ކީރިތި ޤުރުއާނުގައި އާދަމް ޢަލައިހިއްސަލާމްގެ ނަންފުޅު 25 ފަހަރު ވާރިދުވެފައި ވެއެވެ. އެކަލޭގެފާނީ، އެންމެހައި އާދަމްގެ ދަރިތަކުންގެ ބަފައިކަލުންނެވެ. އަދި އެކަލޭގެފާނީ އިންސާނީ ދަރިފަސްކޮޅުން ﷲތަޢާލާ މި ބިންމަތީ ޚަލްޤުކުރެއްވި ފުރަތަމަ އިންސާނާމެއެވެ.

ޤުރުއާނުގެ އާޔަތްތަކުގައި ބަޔާންވެފައި ވާގޮތުން އާދަމްގެފާނުގެ ފަރާތްޕުޅުން އިންސާނީ ނައުޢު ދެމިގެންދިއުމަށްޓަކައި، އަދި އެކަލޭގެފާނުގެ ހަޔާތުގެ ބައިވެރިއެއްގެ ގޮތުގައި ޙައްވާގެފާނު އުފެއްދެވިއެވެ. އަދި އެ ދެކަނބަލުން ދިރިއުޅުއްވުމަށް ސުވަރުގޭގެ ނިޢުމަތްތައް އެކުލެވިގެންވާ ބަގީޗާއެއް މިންވަރުކުރެއްވިއެވެ.

އާދަމްގެފާނާއި ޙައްވާގެފާނަށް ﷲދެއްވެވި ހުރިހާ ނިޢުމަތެއްގެ ބޭނުންކުރައްވަވައި، އުފާފާގަތިކަމާއެކު އުޅުއްވުމަށް ﷲ އިޒްނަ ދެއްވިއެވެ. އެއާއެކު ވަކި ޚާއްޞަ އެއްގަހަކާ ގާތްވެވަޑައިނުގަތުމަށާއި، އަދި އެ ގަހުން ފަރީއްނުކުޅުއްވުމަށް އެންގެވިއެވެ. އެ ދެ ކަނބަލުންގެ ހަޔާތްޕުޅުގައި ކުރިމަތިވެވަޑައިގަތް އެންމެ ބޮޑު އިމްތިޙާނަކަށް ވީ މި ގަހެވެ. އާދެ، މުޅި އިންސާނިއްޔަތުގެ މައްޗަށް ޢަދުއްވެއް ކަމުގައި ވީ އިބްލީސް، އާދަމްގެފާނާއި ޙައްވާގެފާނަށް ވަސްވާސްދީ، ﷲ ނަހީކުރެއްވި ގަހުން ފަރީއްކުޅުއްވުމަށް ހިތްވަރުދިނެވެ. އަދި އެ ގަހުން ފަރީއްކުޅުއްވައިފިނަމަ، މަލާއިކަތުންގެ ދަރަޖައަށް އެ ދެކަނބަލުންނަށް ވަޑައިގެންނެވޭނެކަމަށާއި، އަބަދަށް ދިރިތިއްބެވޭނެކަމަށް ބުނެ، އެ ދެކަނބަލުންގެ ޝައުޤުވެރިކަން އެ ގަހާއި ދިމާލަށް އަނބުރާލިއެވެ. އެންމެފަހުން، ﷲގެ އަމުރުފުޅު ހަނދުމަނެތި، އެ ގަހުގެ މޭވާއިން، އާދަމްގެފާނާއި ހައްވާގެފާނު ފަރީއްކުޅުއްވިއެވެ.

އިލާހީ އަމުރުފުޅާ ޚިލާފުވެވަޑައިގަތުމުގެ ނަތީޖާއަކީ، އާދަމްގެފާނާއި ޙައްވާގެފާނަށް ދެއްވިފައިވާ ނިޢުމަތްތަކުން އެ ދެކަނބަލުން މަޙްރޫމުވުމެވެ. އެހިސާބުން އިންތިހާ ދަރަޖައަށް ދެކަނބަލުން ހިތާމަކުރައްވައެވެ. އަދި ޚުޝޫޢަތްތެރިކަމާއިއެކު ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވާ، ފާފަ ފުއްސަވައިދެއްވުމަށް އެދިވަޑައިގަންނަވައެވެ.

ﷲ އެ ދެކަނބަލުންގެ ދުޢާ އިޖާބަކުރެއްވިއެވެ. އަދި ފާފަ ފުއްސަވައިދެއްވިއެވެ. އަދި ދުނިޔޭގެ ބިމުގައި ވަޒަންވެރިވުމަށް އެ ދެކަނަބަލުންނަށް އަމުރުކުރައްވައި، އިންސާނީ ދަރިފަސްކޮޅު ދެމެހެއްޓެވުމުގެ ސަބަބަކީ އެއީކަމުގައި ލެއްވިއެވެ.


Lua error in މޮޑިއުލް:Navbox at line 15: table index is nil.

[[Category:Islamic prophets]