Jump to content

އަރުގެ ޓޮންސިލް

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން

އަރުގެ ޓޮންސިލް(އިނގިރޭސި ބަހުން: Pharyngeal tonsil)އަކީ ނޭފަތްގެ ފަހަތުން ނޭފަތާގުޅޭ އަރުތެރެގެ ފުރާޅުގައި އިންނަ ލިމްފޮއިޑް ޓިޝޫ ބޮޑިއެކެވެ.

އަރުގެ ޓޮންސިލް އަކީ ވެސް ދިފާޢީ ނިޒާމްގައި ބައިވެރިވާ ޓިޝޫ އެކެވެ. ހަށިގަނޑަށް ވަންނަ ބެކްޓީރިޔާ، ވައިރަސް ފަދަ ތަކެތި އަތުލައިގަތުމުގެ އިތުރުން އަރުގެ ޓޮންސިލް އިން ހަށިދަމަނަ(އިނގިރޭސި ބަހުން: Antibodies) ވެސް އުފައްދައެވެ. އަރުގެ ޓޮންސިލް އިންނަނީ ނޭފަތުގެ ފަހަތުން ކަމަށްވާތީ ނޭވަޔާއެކު ހަށިގަނޑަށް ވަންނަ ނުރައްކާތެރި މާއްދާތަކުން އަރުގެ ޓޮންސިލް ހަށިގަނޑު ރައްކާތެރި ކޮށްދެއެވެ. އުމުރުން ދުވަސްވާރަކަށް މިމަސައްކަތް އަރުގެ ޓޮންސިލް އިން ކުރާލެއް މަދުވެއެވެ. ސަބަބަކީ ބާލިޣުވާ ތަނާހެން ކަހަލަ ގޮތަކަށް އާންމު ގޮތެއްގައި އަރުގެ ޓޮންސިލް ހިދޭތީއެވެ. އެހެންކަމުން އަރުގެ ޓޮންސިލް ދުޅަވެ ބޮޑުވުން އުމުރުން ދުވަސްވީ ނުވަތަ ފުރާފުރިހަމަވެފައިވާ މީހުންނަށް ކުރިމައްޗެއް ނުވާނެއެވެ.

އަރުގެ ޓޮންސިލް ދުޅަވެއްޖެނަމަ ޕިންޕިން ބޯޅައެއް ވަރަށް ބޮޑުވެގެންދެއެވެ. އަދި ވައި ދައުރުކުރާމަގު އެއްކޮށް ބެދިގެން ދެއެވެ. ނަތީޖާއެއްގެ ގޮތުން ނޭވާލުމުގައި ހުރަސްތަކާއި ކުރިމަތި ލާންޖެހެއެވެ.

އަރުގެ ޓޮންސިލްގެ އެޕިތީލިއަމް ގައި ހުންނަނީ ސޫޑޯސްޓްރެޓިފައިޑް ކޮލަމްނާރ އެޕިތީލިއަމް(އިނގިރޭސި ބަހުން: Pseudo stratified columnar epithelium) އެވެ. މީގެ އިތުރުން ޓޮންސިލްގެ އެހެން ވައްތަރުތަކާއި ޚިލާފަށް އަރުގެ ޓޮންސިލް ގައި ކްރިޕްޓް(އިނގިރޭސި ބަހުން: Crypt) އެއް ނުހުންނާނެއެވެ.

  • ނޯޓް: އާންމު ގޮތެއްގައި ޓޮންސިލް އޭ ކިޔައިއުޅެނީ އަނގައިގެ ތެރެއިން ފަހަތުން ފެންނަން އިންނަ ޓޮންސިލް އަށެވެ .މިއީ ހަގީގަތުގައި ޓޮންސިލްގެ ވައްތަރުތަކުގެ ތެރެއިން ތަލީގެ ޓޮންސިލް އެވެ.