ނޭފަތް

ވިކިޕީޑިއާ އިންވިކިޕީޑިއާ
Human nose
Neus1.jpg
Human nose in profile
The nose of a Japanese man
Latin nasus
Artery sphenopalatine artery, greater palatine artery
Vein facial vein
Nerve external nasal nerve
Dorlands/Elsevier n_10/12578550


މިއީ ނޭވާލުމުގެ ނިޒާމްގައި ހިމެނޭ ގުނަވަނެކެވެ.ނޭފަތް ނުވަތަ (އިނގިރޭސި ބަހުން: Nose) އަކީ ނޭވާލާ ނިޒާމް ގެ ބައިތަކުގެ ތެރެއިން ހަށިގަނޑުން ބޭރަށް ފެންނަ އިންނަ ގުނަވަނެކެވެ. ނޭފަތުގެ ބައްޓަން ކަނޑައަޅައިދެނީ ނޭފަތުގެ ދަށުގައިވާ އެތްމޮއިޑް ކަށިކޮޅު(އިނގިރޭސި ބަހުން: Ethmoid bone) އަދި ނޭފަތުގެ ހިނދުރި ވަކިކުރުމަށް އިންނަ މަޑުކަށީގެ ފާރު(Nasal septum) އިންނެވެ. ނޭފަތް ހިމެނޭ ހިސާބު އެތެރޭގެ ލޭހޮޅިތައް ސިކުނޑީގައިވާ ލޭނާރު ފުންޏަކާއި ގުޅިފައި ވެއެވެ. މިކަމުގެ ސަބަބުން ނޭފަތުގެ އެތެރޭގެ ހިސާބުތަކުގައި އަށަގަންނަ އިންފެކްޝަން ބައެއް ފަހަރު ސިކުނޑިއަށް ފޯރާގޮތްވެއެވެ. މިބުނި ހިސާބަކީ ނޭފަތުގެ މަތިން ފެށިގެން ތިރިއަށް އަނގައިގެ ކަނަށެވެ. މިގޮތުން ކަނޑައެޅޭ ހިސާބަށް ޑޮކްޓަރުން މޫނުގެ ނުރައްކާތެރި ތިނެސްކަން(އިނގިރޭސި ބަހުން: Danger triangle of the face) އޭ ކިޔައެވެ.