ކޮއްޔަ ޙަސަން މަނިކު

ވިކިޕީޑިއާ އިންވިކިޕީޑިއާ

ހަސަން މަނިކު އަކީ ރާއްޖޭގެ ފިލްމީ ދާއިރާގެ ފުންނާބު އުސް އެކްޓަރެކެވެ. އޭނާ ބުނާގޮތުން ނަމަ މުނިފޫހި ފިލުވުމުގެ ދާއިރާއަށް ވަދެވުނީ ހައިރާން ވާކަހަލަ ގޮތަކަށެވެ.

ފިލްމީ ދާއިރާއަށް ނިކުތުން[އުނިއިތުރު ގެންނަވާ]

އެއްދުވަހަކު (1989 ވަނަ އަހަރުހެން ހީވަނީ) ހައިވަކަރުގޭ ނަޖުމާ އާއި ދިމާވެގެން އޭނާ ބުނެފި އަޑުން ފޮނުވާ ޕްރޮގްރާމެއްގައި ހަސަން މަނިކަށް ބައިވެރިވާން ކެރިދާނެހޭ. ދެން އަޅުގަނޑު އާއެކޭ ބުނެ އޭރު އަޑުން ފޮނުވާ ހަމަމިހާރު ޕްރޮގްރާމްގައި ބައިވެރިވީ. އަނެއްކާ އޭގެ ދުވަސްކޮޅެއްފަހުން ސަމަރޭ އާއި ދިމާވެގެން ބުނެފި ފީބޯމެންނާއެކު ޓީވީން ދައްކާ ބަހަބަރުގައި ބައިވެރިވާން ކެރޭނެތޯ. އެހިސާބުން އެގުޅެވުނީ ޓީޥީއާ ހަސަން މަނިކު ބުންޏެވެ.

އަޑުގެ ހަމަ މިހާރު ގެ 18 ޕްރޮގްރާމްގައި 3 އަހަރު މަތިން ބައިވެރިވެފައި ވެއެވެ. އޭގެ ފަހުން އަޑުގެ އެހެން ޕްރޮގްރާމް ތަކުގައި ވެސް ހަސަން މަނިކު ބައިވެރި ވެފައި ވެއެވެ. އަދި ބަހަބަރުގައި ފުރަތަމަ ފީބޯމެން ކުޅުނު ދެތިން އެއްޗެއް ފިޔަވައި ހުރިހާ އެއްޗެއް ގައި ވެސް ހަސަން މަނިކު ބައިވެރިވެފައި ވެއެވެ. އޭގެ ފަހުން ބަހަބަރުގެ ހުރިހާ ޕްރޮގްރާމެއް އުފައްދާ ޑައިރެކްޓްކުރީ ވެސް ހަސަން މަނިކު އެވެ. އޭނާވަނީ ހުރިހާ ވައްތަރެއްގެ ބައިތައް ވެސް ކުޅެފައެވެ.

އެކަމަކު އެންމެ ފަސޭހައީ ރުޅިގަދަ މީހެއްގެ ބައި ކުޅެން. އެހެން ކުޅޭހިތްވަނީ ވަރަށް މުއްސަދި ސީރިއަސް ރޯލު. އެންމެ އުދަގުލީ ރޮމޭންޓިކް ބައި ކުޅެން. ޚާއްޞަކޮށް މިއުމުރުގައި. އަޅުގަނޑު ވަރަށް ރުޅިގަދަ މީހެއްގެ ބައި އަދާކުރިން އަމްޖަދުގެ ފުރަތަމަ ފިލްމް ހުރަސް ގައި. އެބައިން އަޅުގަނޑު ނޮމިނޭޓް ވެސް ވި. ހަސަން މަނިކު ބުންޏެވެ.

ކުޅެފައިވާ ފިލްމްތައް[އުނިއިތުރު ގެންނަވާ]

ހަސަންމަނިކު ބުނާގޮތުގައި އޭނާ 12 ވަރަކަށް ޓީޥީ ޑްރާމާ ސިލްސިލާ ކުޅެފައިވާއިރު ފުރުޞަތުގެ ނަމުގައި އަމިއްލަ ޑްރާމާއެއް ވެސް އުފައްދައި ކުޅެފައި ވެއެވެ. މާމަތީ ފެންވަރެއްގައި ނޫނަސް ހަސަން މަނިކު ފީޗަރ ފިލްމް ވެސް ކުޅެއުޅެއެވެ. އަޅުގަނޑުގެ ފުރަތަމަ ފީޗަރ ފިލްމަކީ ލޯބިވެވިދާނެ. އެފިލްމްގައި ކުޅުނީ ރީކޯ މޫސަގެ ބެސްޓް ފްރެންޑް ގެ ރޯލް. މިހާތަނަށް 10 ވަރަކަށް ފީޗަރ ފިލްމް ކުޅެފައިވާއިރު އެންމެ ފާހަގަ ކޮށްލެވޭ ފިލްމަކީ ދެރިޔާ. އަޅުގަނޑަށް އެންމެ ރަގަޅަށް ޖެއްސުނު ރޯލަކަށް ވާނެ ހާޖަރާގެ އަޖައިބު ފިލްމްގައި ދެއަނބިން ގޮވައިގެން އުޅެންޖެހުމުން ޖެއްސުނު ރޯލް. ހަގީގަތުގައި އެބައި އަދާކުރެވުނީ ވަރަށް ރަގަޅަށް ހަސަން މަނިކު ބުންޏެވެ.

މިހާރު ޓީޥީން ދައްކާ އަބުދުލް ފައްތާހުގެ ޓީޥީ ޑްރާމާ ސިލްސިލާ ހިނިތުންވެލާށޭ ކަލާގެ 29 ވަނަ އެޕިސޯޑުން ފެށިގެން ޑްރާމާ ސިލްސިލާ ނިމެންދެން އޭގައި ވެސް ހަސަންމަނިކު ހަރަކާތްތެރިވެފައިވާނޭކަމަށް އޭނާ ބުނެއެވެ. މިހާރުވެސް ފައްތާހުގެ ދެފިލްމަކުން އަޅުގަނޑަށް ޗާންސް ލިބިފައި އެބައޮތް. ފައްތާހު އަކީ ވަރަށް މޮޅު ކަމުދާ ޑައިރެކްޓަރެއް. ހަމަ ޓެޑްރީއާއި އެއްހަމައިގައި ގުނާލެވޭ. ހަސަން މަނިކު ބުންޏެވެ.

ހަސަން މަނިކު ބުނާގޮތުގައި އޭނާ ފީޗަރ ފިލްމަށްވުރެ ބޮޑަށް ކުޅޭހިތްވަނީ ޑްރާމާ ސިލްސިލާ އެވެ. އެކަމަކު މިވަގުތު އޭނާގެ ކުރިމަތީގައި އެފަދަ ފުރުޞަތެއް ނެތެވެ. ސަބަބެއް ކަމުގައި ބުނަނީ ވަގުތު ދެވެން ނެތުމެވެ. ކިތައްމެ ވަރަކަށް ވެސް ފުރުޞަތު ލިބޭ. އެކަމަކު ދިރުއުޅުން ހުންނަގޮތުން ޑްރާމާކުޅެން ވަގުތު ދެވެން ނެތީ' ހަސަން މަނިކު ބުންޏެވެ

  • ލޯބިވެވިދާނެ
  • އަޖައިބު
  • ހުރަސް
  • ދެރިޔާ
  • ކަރުނަވީ ބޭވަފާ
  • މާފެއްނެތް
  • އެބައްޕަ

އަދިވެސް ބައްލަވާ ލައްވާ[އުނިއިތުރު ގެންނަވާ]

އިތުރު ފާލަންތައް[އުނިއިތުރު ގެންނަވާ]