ކޮނޑުކަށި
Appearance
![](http://upload.wikimedia.org/wikipedia/commons/thumb/5/5a/Illu_pectoral_girdles.jpg/250px-Illu_pectoral_girdles.jpg)
ކޮނޑުކަށި(އިނގިރޭސި ބަހުން: Clavicle) އަކީ ލަގޮނޑި ވަޅާއި ކޮނޑު ހުޅާއި ދެމެދުގައިވާ ކަށިގަނޑެވެ. މިކަށިގަނޑަށް ކޮނޑު ކަށިގަނޑު ވެސް ކިއިދާނެއެވެ. އެއީ މިކަށިގަނޑު އިންނަނީ ކޮނޑު މަތީގައި ކަމަށްވާތީ އެވެ. ދިވެހިރާއްޖޭގެ ބައެއް ހިސާބުތަކުގައި މާރާކަށި ވެސް ކިޔައި އުޅެއެވެ. ކޮނޑު ކައްޓަކީ ކޮނޑުނުވަތަ ކޮނޑު ހުޅު އުފެދުމުގައި ވެސް ބައިވެރިވާ ކަށިގަނޑެކެވެ. ކޮނޑުކަށި ކަރާ ކައިރިން ޖެހިފައި އިންނަނީ މޭމަތީގެ ކަށިތައް ނުވަތަ އަރިކަށިތައް ގުޅިފައިވާ ސްޓާރނަމް ގައި ޖެހިފައެވެ. އަރިމަތިން އިންނަނީ ބޮބިފަޅި ކަށިގަނޑު ގައި ޖެހިފައެވެ. އެހެންކަމުން ކޮނޑުހުޅު އުފެދުމުގައި ވެސް މިކަށިގަނޑު ބައިވެރި ވެއެވެ.