Jump to content

ކަންފަތް ދުޅަވުން (މެދުތެރެ)

ވިކިޕީޑިއާ އިންވިކިޕީޑިއާ

މެދުތެރޭ ކަންފަތް ދުޅަވުން (އިނގިރޭސި ބަހުން: Otitis Media)އަކީ ވަރަށް ގިނަ ކުޑަ ކުދިންނާއި ބޮޑެތި މީހުންނަށް ދިމާވާ މައްސަލަ އެކެވެ. އާންމު ގޮތެއްގައި މެދުތެރޭ ކަންފަތް ދުޅަވުން މެދުވެރިވަނީ ބެކްޓީރިޔާ ނުވަތަ ވައިރަސް އެއްގެ ސަބަބުންނެވެ. ނަމަވެސް ބައެއް ފަހަރު ހަށިގަނޑާ ނުގުޅޭ އެއްޗެއްގެ ސަބަބުން ވެސް މެދުތެރޭ ކަންފަތް ދުޅަވުން މެދުވެރިވެދާނެއެވެ. އެއްޗަކާއި ނުގުޅިގެން މިބަލި ޖެހިއްޖެނަމަ އެ ނުގުޅުނު މާއްދާއަކާއި ދުރުހެލިވުމުން ބަލި ރަގަޅުވެދެއެވެ. ވައިރަސްގެ ސަބަބުން މެދުތެރޭ ކަންފަތް ދުޅަވުން މެދުވެރިކުރުވަނީ ގިނަ ފަހަރު އަރިދަފުސް ރޯގާ ޖެހުމުންނެވެ. ސަބަބަކީ އަރިދަފުސް ރޯގާ އަކީ މައިގަނޑު ގޮތެއްގައި ވައިރަސް އެއްގެ ސަބަބުން ޖެހޭ ބައްޔަކަށް ވެފައި ވަރަށް ގިނަ ފަހަރު އަރިދަފުސް ރޯގާ އިތުރަށް ގޯސްވެ، އޭގެ އަސަރު އަރުތެރެ އާއި ކަންފަތާއި ހަމައަށް ފޯރާތީ އެވެ. ބެކްޓީރިޔާގެ ސަބަބުން މެދުތެރޭ ކަންފަތް ދުޅަވުން ކުރިމަތިވެއްޖެނަމަ ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި، ކަންފަތުގައި ރިހުން، ކަންފަތުން ދޮސްއައުން، ހުންއައުން، ކަންފަތުން ނުބައި ވަސްދުވުން ފަދަ ކަންތައްތައް ހިމެނެއެވެ. މިގޮތަށް ދިމާވެއްޖެނަމަ އެންޓިބަޔޮޓިކެއްގެ އެހީގައި ބައްޔަށް ފަރުވާ ލިބިގަނެވިދާނެއެވެ.