ނެފްރޮޓިކް ސިންޑްރޯމް
ނެފްރޮޓިކް ސިންޑްރޯމް(އިނގިރޭސި ބަހުން: Nephrotic syndrome) އަކީ ގުރުދާއަށް ޖެހޭ ބައްޔެކެވެ. މިބަލިޖެހުމުން ހެދޭ ޓެސްޓްތަކުން އަންނަނިވި ކަންތައްތައް ފާހަގަ ކުރެވޭނެއެވެ.
- ކުޑަކަމުދާ ތަކެތީގައި ޕްރޮޓީން އިތުރުވުން
- ލޭގައި ޕްރޮޓީން މަދުވުން
- މުޅި ހަށިގަނޑު ފޮއްސިވެ ދުޅަވުން
- ލޭގައި ކޮލެސްޓްރޯލް ގިނަވުން
ނެފްރޮޓިކް ސިންޑްރޯމް ގައި އެންމެ ފުރަތަމަ ފާހަގަކުރެވޭނެ ކަމަކީ ލެބޯޓްރީ ޓެސްޓްތަކުން ކުޑަކަމުދާ ތަކެތީގައި އާދަޔާ ޚިލާފަށް ޕްރޮޓީން އިތުރުވެފައި ވުމެވެ.
ސަބަބުތައް
[އުނިއިތުރު ގެންނަވާ]- ޕްރައިމަރީ ގްލޯމެރިޔޫލޯ ނެފްރައިޓިސް
- ދިފާޢީ ނިޒާމް އަށް ޖެހޭ ބައެއް ބަލިތައް : މިސާލު: ސިސްޓެމިކް ލޫޕަސް އެރިތްމަޓޯސިސް
ބައެއް ކަހަލަ އިންފެކްޝަންތައް
[އުނިއިތުރު ގެންނަވާ]- އެއިޑްސް ބަލި
- ފުރަމޭ ދުޅަވުން : ހެޕަޓައިޓިސް ބީ، އަދި ހެޕަޓައިޓިސް ސީ
- ސިފިލިސް
- މެލޭރިޔާ
- ބިލްހާރުސިއޭސިސް
- އިންފެކްޓިވް އެންޑޯކާޑައިޓިސް
ބައެއް ކަހަލަ ވިހަތައް
[އުނިއިތުރު ގެންނަވާ]- ބައެއް މައުދަންތައް : ރަން ، އަދި ދިރޭ ރަހަ
- ބައެއް ބޭސްތައް : ކެޕްޓޮޕްރިލް، ޕެނިސިލަމިން
- ހިރޮއިން
މެޓަބޮލިކް ޑިޒީޒް
[އުނިއިތުރު ގެންނަވާ]- ޑައެބެޓިކް ނެފްރޮޕަތީ
- ރީނަލް އެމިލޯޑޯސިސް
ކެންސަރުގެ ބައެއް ބާވަތްތައް
[އުނިއިތުރު ގެންނަވާ]ހޮޖޯކިން ބަލި، އަދި ސޮލިޑް ޓިއުމަރ
ލޭހޮޅިތަކާ ގުޅުންހުރި ބައެއް ބަލިތައް
[އުނިއިތުރު ގެންނަވާ]- ރީނަލް ވެއިން ތްރޮމްބޯސިސް
- އިންފީރިއަރ ވީނާކެވާ ބެދުން
- ހިތުގެ ކަނާތް ފަރާތް ފޭލްވުން
- ޕެރިކާޑިއަލް އެފިއުޝަން
- ކޮންސްޓްރިކްޓިވް ޕެރިކާޑައިޓިސް
އަލާމާތްތައް
[އުނިއިތުރު ގެންނަވާ]ހަށިގަނޑު ފޮއްސިވެ ދުޅަވުން
[އުނިއިތުރު ގެންނަވާ]ނެފްރޮޓިކް ސިންޑްރޯމް އާއި ގުޅިގެން ހަށިގަނޑު ފޮއްސިވެ ދުޅަވަމުން އަންނާނީ މަޑުމަޑުންނެވެ. ބައެއް ފަހަރު ފޮއްސިވުން، ކުޑަވެފައި، އަނެއްކާ އިތުރުވުމަކީ ވެސް ވެދާނެ ގޮތެކެވެ. މިގޮތުން ފުރަތަމަ ފޮއްސިވާން ފަށަނީ ލޮލުގެ ވަށައިގެންވާ ހިސާބު އެވެ. އެއަށްފަހު މޫނެވެ. އަދި އޭގެ ފަހުން ޖިންސީ ގުނަވަނުގެ ވަށައިގެންވާ ސަރަހައްދު، ދެފަޔާއި ދެއަތް އަދި ފިދުމަސްގަނޑު ހިމެނޭ ހިސާބު ފޮއްސިވާގޮތް ވެއެވެ. އަދި ބައެއް ފަހަރު މުޅި ހަށިގަނޑު އެއްކޮށް ފޮއްސިވެ ދުޅަވުމަކީ ވެސް ވެދާނެ ގޮތެކެވެ. މިހާލަތުގައި ބަނޑު ފުފޭގޮތް ވެއެވެ. ބަނޑު ފުފެނީ އެތެރޭ ހަށީގެ ގުނަވަންތަކުގެ ވަށައިގެންލެވިފައިވާ ދުލިފަށަލަ ޕެރިޓޯނިއަމް ގައި ފެން ޖަމާވާގޮތް ވުމުންނެވެ. އަދި މިހާލަތުގައި ފުއްޕާމޭގެ ވަށައިގެންލެވިފައިވާ ދުލިފަށަލަ ޕްލޫރާ އަދި ހިތުގެ ވަށައިގެލެވިފައިވާ ދުލިފަށަލަ ޕެރިކާޑިއަމް ގައި ވެސް ފެންޖަމާވާގޮތް ވެއެވެ.
ހަންގަނޑު ކުލަ މަޑުވެ، ދޮންފޫޑުވުން
[އުނިއިތުރު ގެންނަވާ]ހަންގަނޑުގެ ކުލަ މަޑުވެ ދޮންފޫޑުވާ ގޮތް ވެފައި ހުންނަނީ ހަށިގަނޑު ފޮއްސިވެ ދުޅަވުމުންނާއި، އަދި ލޭމަދުވުން ކުރިމަތިވެފައިވާ ތީއެވެ.
ހަޖަމުކުރާ ނިޒާމްއާއި ގުޅުންހުރި އުދަގޫތައް
[އުނިއިތުރު ގެންނަވާ]ނެފްރޮޓިކް ސިންޑްރޯމް އާއި ގުޅިގެން ހަޖަމުކުރާ ނިޒާމް އާއި ގުޅުންހުރި އުދަގޫތަކުގެ ގޮތުގައި ކުރިމަތިވާ ކަންތައްތަކުގެ ތެރޭގައި ކާހިތްނުވުން، މޭނުބައިކުރުން، ހޮނޑުލުން، އަދި ބޭރަށް ހިންގުން ފަދަ ކަންތައްތައް ހިމެނެއެވެ.
އެހެނިހެން ބައެއް އަލާމާތްތައް
[އުނިއިތުރު ގެންނަވާ]ނެފްރޮޓިކް ސިންޑްރޯމް އާއި ގުޅިގެން ކުރިމަތިވެދާނެ އެހެނިހެން ބައެއް އުދަގޫ ތަކުގެ ތެރޭގައި ޕެރޮޓިޑް ގްލޭންޑް ބޮޑުވުން، ނިޔަފަތި ހުދުވުން، ކަށިފީވުން، އަދި މަސްތަކުގެ ބާރުދެރަވުން ފަދަ ކަންތައްތައް ހިމެނެއެވެ.
ބަލީގައި ދިގުލައި ދިއުމުން ކުރިމަތިވެދާނެ އުދަގޫތައް
[އުނިއިތުރު ގެންނަވާ]- ފުއްޕާމޭ، ހަންގަނޑު އަދި ޕެރިޓޯނިއަމް ގައި އިންފެކްޝަން އުފެދުމަށް މަގުފަހިވުން
- ލޭމަދުވުން
- ލޭހޮޅިތައް ހަރުވުން : މިއީ ލޭގައި ކޮލެސްޓްރޯލް ގިނަވެ، ލޭހޮޅިތަކުގައި ހަރުލުމުންވާގޮތެކެވެ.
- ލޭހޮޅިތަކުގައި ތްރޮމްބަސް އުފެދުން
- ލޭގައި ޕޮޓޭސިއަމް މަދުވުން ، އަދި ލޭގައި ކެލްސިއަމް މަދުވުން
- ދޭތެރެ ދޭތެރެއިން ބަނޑުގައި ރިއްސުން
- ލޭދަށަށް ދިއުން ،އަދި ޝޮކްޖެހުން
- ލޭމައްޗަށް ދިއުން އަދި ގުރުދާ ފޭލްވުން
- ކާތަކެތި ހަށިގަނޑަށް ނުދެމުން
- ކަށި މަޑުވުން އަދި ކަށި ފީވުން
ޓެސްޓްތައް
[އުނިއިތުރު ގެންނަވާ]ކުޑަކަމުދާ ތަކެތި ތަޙްލީލްކުރުން
[އުނިއިތުރު ގެންނަވާ]ލޭގެ ޓެސްޓްތައް
[އުނިއިތުރު ގެންނަވާ]ލޭގައި ޕްރޮޓީން އެކުލެވޭ މިންވަރު ބެލުން: މިގޮތުން ބަލާ ބެލުމުގައި އަލްބިޔުމިން ގެ މިންވަރު ދަށްކަން ފާޙަގަ ކުރެވޭނެއެވެ. ލޭގައި ކޮލެސްޓްރޯލް އެކުލެވޭ މިންވަރު ބެލުން: މިގޮތުން ބަލާ ބެލުމުގައި ކޮލެސްޓްރޯލްގެ ވައްތަރުތައް ގިނަކަމަށް ފާހަގަ ކުރެވޭނެ އެވެ. ލޭގައި މަޢުދަންތައް އެކުލެވޭ މިންވަރު ބެލުން: މިގޮތުން ބަލާ ބެލުމުގައި ޕޮޓޭސިއަމް އަދި ކެލްސިއަމް ގެ މިންވަރު ދަށްކަން ފާހަގަ ކުރެވޭނެއެވެ. ލޭމަދުވުން ކުރިމަތިވެފައިވާކަން ފާހަގަ ކުރެވޭނެއެވެ. ގުރުދާގެ މަސައްކަތް ހިނގާނުހިގާ ގޮތް ބެލުމަށް ޓެސްޓް ކުރުން